މިއަހަރުގެ އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ އިންޓޭކުތަކުގައި މެލޭޝިއާއަށް ކިޔަވަން ދާ ދަރިވަރުންނަށް ހާއްސަކޮށް، މެލޭޝިއާގެ ހައި ކޮމިޝަނާ ގުޅިގެން ޒެޑެކްސް ސްޓަޑީ އެބްރޯޑުން ހާއްސަ ޕްރީ-ޑިޕާޗާ ޕްރޮގުރާމެއް ބާއްވައިފި އެވެ.
'އެކު އެކީގައި' ނަމުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މެލޭޝިއާގެ އެކި ޔުނިވާސިޓީތަކުގައި ކިޔަވަން އެންރޯލްކޮށްފައިވާ 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. މިއީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށް މެލޭޝިއާއަށް ބަދަލުވާއިރު، ފަސޭހައިން ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ބޭނުންވާނެ މުހިންމު މައުލޫމާތު ފޯރުކޮށްދިން ސެޝަނެކެވެ.
އެ ސެޝަނުގައި މެލޭޝިއާގެ އިމިގްރޭޝަން ޕްރޮސީޖާ އާއި ޓިއުޝަން ފީ ޕޭމަންޓް ޕްރޮސެސް ކުރިއަށް ދާނެ ގޮތާއި މެލޭޝިއާއަށް ދިއުމަށް ފަހު ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ވަނީ ދީފަ އެވެ. އަދި ފަންޑު މެނޭޖްކުރުމާއި މެޑިކަލް ސްކްރީނިން އަށް ބޭނުންވާނެ މައުލޫމާތު ވެސް ދަރިވަރުންނަށް ދިނެވެ.
ރާއްޖެއިން މެލޭޝިއާއަށް ކިޔެވުމަށް ބަދަލުވާއިރު، ދަރިވަރުންގެ އެ ޓްރާންސިޝަނަކީ ފަސޭހަ ބަދަލަކަށް ހަދައި ދިނުމުގެ ގޮތުން ޒެޑެކްސްއިން ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގައި ދަރިވަރުންނަށް ބޭނުންތެރި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީފައި ވާނެ ކަމަށް އެ އޭޖެންސީން ބުންޏެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ރާއްޖޭގެ ޕްރިމިއާ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކަށް ފޮނުވުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ޔުނިވާސިޓީ ޕްލޭސްމަންޓް ހޯދުމަށް ބޭނުންވާ ސަޕޯޓާއި ކިޔަވަން ދިއުމަށް ވިސާ ނެގުމުގައި ބޭނުންވާ އެހީތެރިކަމާއި ސްޓޫޑެންޓް ލޯން ހޯދުމުގައި ބޭނުންވާ ގައިޑެންސް ފޯރުކޮށްދެ އެވެ.