އއ. ރަސްދޫ ކޯޓު ކުރިމަތީގައި ހުދު ޖަނގިޔަލެއް ދަމާފައި ހުއްޓާ އެ ޖަނގިޔާ ފުލުހުން ނަގައިގެން ދަނިކޮށް ފުލުހުން އަތުން އެ ޖަނގިޔާ ފޭރިގަތް މީހާ ކުށްވެރިވާ ކަމަށް ނިންމައި، އޭނާ 8،000ރ. އިން ޖޫރިމަނާކޮށް، ރަސްދޫ ކޯޓުން ހުކުމްކޮށްފި އެވެ.
އެރަށު ޑީޑީނައިޓް އަހުމަދު ކަމާލު ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ 8،000ރ. އިން ޖޫރިމަނާކޮށް މިއަދު ހުކުމްކުރީ ސެޕްޓެމްބަރު، 2013 ގައި އެރަށު ކޯޓު ކުރިމަތީގައި ހުދު ޖަނގިޔަލެއް ބަޔަކު ދަމާފައި ހުއްޓާ އެ ޖަނގިޔާ ފުލުހުން ނަގައިގެން ދަނިކޮށް ފުލުހުން އަތުން އޭތި ފޭރިގަތް މައްސަލައިގަ އެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ ޖަނގިޔާ އެވިޑެންސް ބޭގަށް ލައިގެން ދަނިކޮށް ފުލުހުން އަތުން ކަމާލު އެ ބޭގް ފޭރިގެންފައިވާ ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާ ކުށްވެރިވާ ކަމަށާއި އަދަބެއްގެ ގޮތުން 8،000ރ. އިން އޭނާ ޖޫރިމަނާކޮށް ތިން މަސް ތެރޭގައި އެ ފައިސާ ދައްކަން ހުކުމުގައިވަނީ އަންގައިފަ އެވެ.