ވިލިމާލެ އާއި ތިލައްފުއްޓާ ދެމެދު ދަތުރުކުރި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް މިރޭ ހިނގައި، ގެއްލުންތަކެއް ވެއްޖެ އެވެ. 

ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށަް ގެއްލުމެއް ނުވާ ކަމަށެވެ.

ނަމަވެސް، ދެ ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ބުންޏެވެ. 

އެނގިފައިވާ އެކްސިޑެންޓުވި އެއް ލޯންޗަކީ މާލެ އާއި ކ. މާފުއްޓާ ދެމެދު ދަތުރުކުރާ އެސްކޭޕް ލޯންޗެވެ. އެކްސިޑެންޓް ހިނގީ އެސްކޭޕް ލޯންޗުގެ ފަހަތުކޮޅުގައި އެހެން ލޯންޗަކުން ޖެހިގެން ކަމަށްވެ އެވެ. 

ފުލުހުން ބުނީ، އެ ތަނުން އެއް ލޯންޗުގައި 21 މީހުން އަދި އަނެއް ލޯންޗުގައި ދެ މީހަކު ތިބި ކަމަށެވެ.

"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.