20 ސެޕްޓެމްބަރ

September 20, 2020 5
ރިސްކު ބޮޑު ސިކުނޑީގެ އޮޕަރޭޝަނެއް އައްޑޫގައި ކޮށްފި

ފުރާނަ އަށް ނުރައްކާވާވަރުގެ ރިސްކު ބޮޑު ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް، އޭޑީކޭ ހޮސްޕިޓަލުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގައި މިދިޔަ ހުކުރު ދުވަހު ކޮށްފި އެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ކުރި ސިކުނޑީގެ ފުރަތަމަ އޮޕަރޭޝަނެވެ.

18 ސެޕްޓެމްބަރ

September 18, 2020 15
އިސްކޮށް އުޅޭ 125 މީހެއްގެ ގައިން އެންޓިބޮޑީ ފެނުނު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ 3،000 އަށް ވުރެން ގިނަ މީހުން ޓެސްޓްކުރިއިރު އޭގެތެރެއިން 125 މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރި ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.

15 އޯގަސްޓް

August 15, 2020 28
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ފުރާ މީހުންނަށް އަވަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

06 އޯގަސްޓް

August 06, 2020 39
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި

ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮސް ފެސިލިޓީއަށް ގެންދިޔައިރު، ޕޮޒިޓިވް ނުވާ އެ ކުއްޖާގެ ދެ ބޭބެ ވެސް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2020 48
މަރުވިމީހާ ކޮވިޑް ޓެސްޓުކުރަން ހަފުތާއެއް ކުރިން އެދުނު

ކޮވިޑް-19 ގައި ރޭ މަރުވި މީހާ، މީގެ ހަފުތާއެއް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ގޮސް، އެ ބައްޔަށް ޓެސްޓު ކޮށްދޭން އެދުނު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

23 ޖުލައި

July 23, 2020 1
ޗައިނާއަށް ދާ މީހުން ކޮވިޑަށް ޓެސްޓްކުރަން އޭޑީކޭ

ރާއްޖެއިން ޗައިނާއަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

20 ޖުލައި

July 20, 2020 29
ނުރައްކާތެރި އޮޕަރޭޝަން ތާރީހުގެ ތެރެއަށް!

އުމުރުން އެންމެ 12 ދުވަސް ވީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ކަމަށް، މަރިޔަމް ޝިޔާނާ އާއި ހަސަން އަޒުނީމްއަށް ޑޮކްޓަރުން އެންގީ، ރޫޓިން ޗެކަޕަކަށް އައިޖީއެމްއެޗަށް ދިޔަ ދުވަހު އެވެ. ބަނޑުގައި އޮތް އިރު ވެސް އަދި ވިހޭ ފަހުން ވެސް އެއްވެސް ސިއްހީ މައްސަލައެއް ދިމާނުވެ ހުރެފައި، ރޫޓިން...

13 ޖުލައި

July 13, 2020 8
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި

ރާއްޖޭގެ ބޯޑަރު އަންނަ ބުދަ ދުވަހު އަލުން ހުޅުވައިލާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމުގެ ގޮތުން ސޮނެވާގެ ރިސޯޓުތަކުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓު ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

11 ޖުލައި

July 11, 2020 30
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

19 ޖޫން

June 19, 2020 14
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.

17 ޖޫން

June 17, 2020 4
ބަލިމީހުން ގެންދިއުމުގެ ހުއްދަ ގައުމުތަކުން އަދި ނުލިބޭ

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި އެކަމަކު ކޮވިޑް-19އާ ގުޅިގެން ނުފުރިފައި ތިބި ބަލި މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ގައުމަކުން އަދި ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

09 ޖޫން

June 09, 2020 14
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް

ކޮވިޑް-19 އަށް ޓެސްޓު ކުރަން އޭޑީކޭ ހޮސްޕިޓަލުން ނަގަނީ ވަރަށް ކުޑަ އަގެއް ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފި އެވެ.

June 09, 2020 7
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ކޮވިޑް-19 ގެ ސަބަބުން ކުއްލި ހާލަތަށް ގެނެސްފައި ވާއިރު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން އައިޖީއެމްއެޗުގައި ވެސް ޑިއުޓީ އަދާކޮށްދީފައިވާނެ ކަމަށް...

June 09, 2020 11
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ، އެ ބަލި ޖެހި ބަލީގެ އެންޓިބޮޑީ ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރާ ޓެސްޓަކީ މިވަގުތު ބަލި ފެތުރެމުން ދާއިރު މުހިންމު...

08 ޖޫން

June 08, 2020 11
ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ހޯދި އަދަދު ދަށަށް

ނޭވާލާ ނިޒާމުގެ ބަލިތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

02 ޖޫން

June 02, 2020 37
އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދޭނީ 675ރ. އަށް

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓެއް ހަދައިދެނީ 675ރ. އަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

29 މެއި

May 29, 2020 3
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ ހޭއަރައިފި

ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ ސާޖަރީ އަށް ފަހު އިއްޔެ ހޭ އަރައިފި ކަމަށާއި އޭނާ ހޭ ނާރާ ކަމަށް މައުލޫމާތު ދެވުނީ އެކަން އޭރު ނޭނގި އޮތުމުން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

28 މެއި

May 28, 2020 1
އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ހެއެއްނާރާ

ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ އަދިވެސް ހޭ ނާރާކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

May 28, 2020 39
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ފަރުވާ ދިނުން ލަސްވެ ދާދި ފަހުން ތިން ކުއްޖަކު މަރުވި މައްސަލަ ބަލައިދޭން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

25 މެއި

May 25, 2020 10
ސިއްހީ ހިދުމަތުގެ ކޮމިޝަނަރު އައްޔަން ނުކޮށް 4 އަހަރު

ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި "ކޮމިޝަނާ އޮފް އެޝުއަރެންސް" އައްޔަންކުރަން ގާނޫނަކުން ލާޒިމްކުރިތާ ހަތަރު އަހަރު ވީއިރު ވެސް އެ މަގާމަށް ބޭފުޅަކު...

May 25, 2020 39
ކޮވިޑް ޓެސްޓުތައް ހަދާނީ އުސޫލުގެ ތެރެއިން: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު ،އެކަން ކުރިއަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން...

23 މެއި

May 23, 2020 33
ފަރުވާ ލަސްވި ކަމަށް ފަހުން އެއްބަސްވި: އާއިލާ

އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން މީގެ ދެ ދުވަސް ކުރިން މަރުވި ކަމަށް ތުހުމަތު ކުރެވޭ ތުއްތު ކުއްޖާ އަށް ފަރުވާ ދިނުން ލަސްވި ކަމަށް، އެ ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން ފަހުން...

May 23, 2020 32
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އާސަންދަ މެދުވެރިކޮށް، އެ ހިދުމަތަށް ސަރުކާރުން އަގު ދައްކާނެ ކަމަށް ނެޝަނަލް...

22 މެއި

May 22, 2020 30
ކުއްޖާ މަރުވީ ފަރުވާ ދޭން ފެށި ފަހުން: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން އެންމެ ދެ މަހުގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާއެއް ނުލިބި މަރުވި ކަމަށް ފަތުރާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

21 މެއި

May 21, 2020 8
އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރަންފަށާނެ

އަންނަ ހަފުތާ ފެށޭ ހިސާބުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އިއްޔެ ވިދާޅުވެއްޖެ އެވެ.