ޔަމަންގެ ހޫތީ ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާތަކަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު ފެށުން ގަޑިއިރަކަށް ލަސްވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާގެ ލަނޑު ލިސްޓް  980 އިން މައްޗަށް ގެންގޮސްފި އެވެ.

އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި އުޒްބެކިސްތާނުގައި ނެފްޗީ ފަރްގާނާއާ ދެކޮޅަށް ރިޔާޟުގެ އަލް އަައްވަލް ޕާކުގައި ނަސްރުން ކުޅުނު ޗު ފެށުން ލަސްކުރީ، ސައޫދީ ސިވިލް ޑިފެންސުން ސެކިއުރިޓީ އެލާޓް ނެރުމާ ގުޅިގެންނެވެ. 

ހޫތީން ދިން ދެ މިސައިލް ހަމަލާއެއް ވައިގެ ތެރޭގައި އޮއްވައި ސައޫދީ އަސްކަރީ ކޯލިޝަނުން ވަނީ އޭގެ ނުރައްކާ ކަނޑުވާލާފަ އެވެ.  މެޗު ފެށުމުގެ ކުރިން ރިޔާޟު ތެރެއިން ތިން ގޮވުމެއްގެ އަޑު އިވިގެންދިޔަ އެވެ.  ނަމަވެސް ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ މެޗު ފެށެންދެން ސަފުތަކުގައި މަޑުކޮށްފަ އެވެ.

އެ މެޗު ގަޑިއެއްހާއިރަށް ފަސްކުރަން ޖެހުނެވެ.

ސަލާމަތީ ކަންކަން ކަށަވަރުވުމަށް ފަހު ފެށި މެޗުގެ ފުރަތަމަ ހާފުގައި އާންޖެލޯ ގޭބްރިއެލް ނަސްރަށް ލީޑު ނަގައިދީފައިވަނިކޮށް، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ހާފު ނިމެން އުޅެނިކޮށް އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.

މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ނަސްރަށް ގުޅުނު ފަހުން ރޮނާލްޑޯ އެޓީމަށް ޖަހައިދިން 134 ވަނަ ލަނޑެވެ. އަދި އޭނާގެ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު ވަނީ 981 އަށް އަރުވާފަ އެވެ. 

ދެވަނަ ހާފު ފެށިގެން ނެފްޗީގެ އަލީޝާ އޮޑިލޯވް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި އެވެ. ބައިކޮޅަށް ވަން އެ ލަނޑާ އެކު 3-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑަކީ ނެފްޗީގެ އަންވަރްޖޮން ޣޯފުރޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ ސެޕްޓެމްބަރު 15 ގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަލް އައިން އަތުން 4-0 އިން ބަލިވި މެޗަށްފަހު، ނަސްރުގެ އާ ކޯޗު އާންޖީ ޕޮސްޓެކޯގްލޫގެ އިރުޝާދުގެ ދަށުން އެޓީމު އޭޝިއާގެ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.

އީރާނުގެ މަދަދުލިބޭ ހޫތީން ވަނީ ފަހަކަށް އައިސް ސައޫދީއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކުގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.