30 ޖެނުއަރީ

January 30, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޝޫޓިން ފަށައިފި އެވެ.

23 ޖެނުއަރީ

January 23, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓީ ސީރީޒްއާ ގުޅިގެން ޑައިރެކްޓަރު އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

January 23, 2019
އަކްޝޭ ކުމާރު ރަސްކަލެއްގެ ރޯލަށް

އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ރޯލް ފިލްމެއްގައި ކުޅެން އަކްޝޭ ކުމާރު ސޮއިކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2019 30
މަ ހޭނެތިދާނޭ: ކޮޕީއެއްކަން އެނގުނީ އަދި ކިރިޔާ؟

ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އާއި އަހުމަދު ގިޔާސްގެ މަޝްހޫރު ވީޑިއޯ ލަވަ "މަ ހޭނެތިދާނޭ" އާ ބެހޭ ގޮތުން މިހާރު ދެކެވެނީ އެހެން ވާހަކައެކެވެ. މި ލަވަޔަށް ބޮޑު މަގުބޫލުކަމެއް ލިބުނު އިރު، މިއީ ޝިރާނީގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މިއީ ޝީރާނީ ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ ވެސް މެ އެވެ.

20 ޖެނުއަރީ

January 20, 2019 2
އަކްޝޭއާ އެކު ކެޓްރީނާއެއް ނޫން

އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފަކީ އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަގުބޫލު ސްކްރީން ޖޯޑެކެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނީ 2010 ގައި ފަރާ ހާން ގެނެސް ދިން "ތީސް މާރް ހާން" އެވެ.

12 ޖެނުއަރީ

January 12, 2019 1
އިޝްތިހާރުތަކުން ބޮޑު އާމްދަނީއެއް ވިރާޓާއި ދީޕިކާ އަށް

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން މިދިޔަ އަހަރު ބްރޭންޑްތައް އެންޑޯޒްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބަތަލާ ދީޕިކާ ޕަދްކޯން އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ ކަމަށް ޑަފް އެންޑް ފެލްޕުން ބުނެފި އެވެ.

07 ޖެނުއަރީ

January 07, 2019
ރޯހިތު ޝެޓީ ދެން ހަދާނީ "ސޫރިޔާވަންޝީ"

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސިމްބާ" އަށް ފަހު، ޑައިރެކްޓަރު ރޯހިތު ޝެޓީ ދެން ހަދާނީ "ސޫރިޔާވަންޝީ" ކިޔާ ފިލްމެއް ކަމަށާއި އެ ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2018
ބޮލީވުޑްގެ ފަންނާނުންތަކެއް މޯދީއާ ބައްދަލުކޮށްފި

ފިލްމީ ދާއިރާގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮލީވުޑްގެ ފަންނާނުންތަކެއް ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބުދަ ދުވަހު ބައްދަލުކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ބެލުންތެރިން އެންމެ ހައިރާންކޮށްލި އެއް ހިޓް ކަމަށްވާ ހޮރޯ ކޮމެޑީ "އިސްތިރީ" އަށް ފަހު، އެ ފިލްމުގެ ޓީމުން އަނެއްކާ ވެސް ހަމަ މި ޖޯންރާގެ ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

05 ޑިސެމްބަރ

December 05, 2018
ފަސް ދުވަހުގެ ތެރޭ "2.0" އަށް 100 ކްރޯޑް

އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި، ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް އިންޑިއާ އިން ހޯދައިފި އެވެ.

02 ޑިސެމްބަރ

December 02, 2018
ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް

އަންނަ އަހަރު ސިނަމާތަކަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. ސަބަބަކީ 2009 ގައި ރިލީޒް ކުރި "ކަމްބަކްތު އިޝްގް" އަށް ފަހު އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ ޖޯޑު އަލުން ސްކްރީނަށް އަންނާތީ އެވެ.

01 ޑިސެމްބަރ

December 01, 2018
ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް

ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުން ބެލުންތެރިން ބަލައިގެންފައިވާ ޓައިގާ ޝްރޮފް ޖިމެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2018 1
ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް

ސަލްމާން ހާން ބޮލީވުޑަށް ނެރެ ދިން ނަމަވެސް ޒަރީން ހާނަކީ މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދުނު ބަތަލާއެއް ނޫނެވެ. ސަލްމާނާ އެކު 2010 އިން، ފިލްމު "ވީރު" އިން ތައާރަފުވި ބަތަލާ އަށް މިހާތަނަށް މާ ރަނގަޅު ފިލްމުތަކަކުން ފުރުސަތެއް ވެސް ނުލިބެ އެވެ. އަނެއްކޮޅުން މާ މަޝްހޫރު އެކްޓަރަކާ އެކު މަސައްކަތް ކުރާކަށް ވެސް ނުލިބެ އެވެ.

27 ނޮވެމްބަރ

November 27, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރޯހިތު ޝެޓީގެ ފިލްމެއްގައި އަކްޝޭ ކުމާރު އަދި މިހާތަނަކަށް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ދެން މާ ލަސްތަކެއް ނުވެ ފެނިދާނެ އެވެ.

26 ނޮވެމްބަރ

November 26, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސައިފް އަލީ ހާން ދާދި ފަހުން އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމު "ޖަވާނި ޖާނެމަން" ގެ މަސައްކަތް ފަށަން މިހާރު އަންނަނީ އެންމެ ފަހުގެ...

November 26, 2018 1
ރިލީޒް ނުކުރަނީސް "2.0" ހަރަދުން ބައެއް ހޯދައިފި

ބޮޑު ބަޖެޓަކުން ހަދައި މި މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނު މާލީ ދަތިކަމާ އެކު،...

25 ނޮވެމްބަރ

November 25, 2018
"މިޝަން މަންގަލް" ގެ ދިފާއުގައި ބަލްކީ ނުކުމެއްޖެ

އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހަދާ ފިލްމު "މިޝަން މަންގަލް" އަކީ އޮރިޖިނަލް ސްކްރިޕްޓެއް ކަމަށާއި އެއަށް އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވާ ކޯ-ޕްރޮޑިއުސަރު އާރް ބަލްކީ ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2018
"މިޝަން މަންގަލް" ގެ ސްކްރިޕްޓަށް މީހަކު ދައުވާކުރަނީ

އަކްޝޭ ކުމާރުގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމު "މިޝަން މަންގަލް" އަކީ އެމެރިކާގައި ދިރިއުޅޭ ރާދާ ބަރަދުވާޖް ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސްކްރިޕްޓަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ބުނެ އޭގެ މަސައްކަތް ހުއްޓުވައި ދޭން އެދި އޭނާ ބޮމްބޭ ހައި...

20 ނޮވެމްބަރ

November 20, 2018
ރަޖްނީކާންތަށް ފަހު އަކްޝޭ، ކަމާލް ހަސަންއާ އެކު

ސައުތުގެ ސުޕަސްޓާރު ރަޖްނީކާންތާ އެކު "2.0" ގައި މަސައްކަތް ކުރުމަށް ފަހު، އަކްޝޭ ކުމާރު އަނެއްކާވެސް ސައުތުގެ އިތުރު ސުޕަސްޓާރެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ. މި ފަހަރު ކަމާލް ހަސަންގެ ފިލްމަކަށެވެ.

19 ނޮވެމްބަރ

November 19, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ހިންދީ ސިނަމާ އަށް ލޯބިކުރާ މީހުންނަށް މި މަހުގެ 29 ވަނަ ދުވަސް ވެގެން ދާނީ ބޮޑު ދުވަހަކަށެވެ. ސަބަބަކީ ވަރުގަދަ ދެ ސުޕަޓާރުން ފެނިގެންދާ، ބޮޑު ފިލްމެއް ސިނަމާ އަށް އަންނާތީ އެވެ. އެއީ އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު "2.0" އެވެ. މިއީ 543 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

16 ނޮވެމްބަރ

November 16, 2018
ވިދިޔާގެ ފިރިމީހާގެ ރޯލަށް ސަންޖޭ

މިހާރު ވެސް ގިނަ ތަރިންތަކެއް ސޮއިކޮށްފައިވާ އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" ގެ ރޯލަކަށް ސަންޖޭ ކަޕޫރު ވެސް ސޮއިކޮށްފި އެވެ.

15 ނޮވެމްބަރ

November 15, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު އޮގަސްޓް 15 ވެގެން ދިޔައީ އަކްޝޭ ކުމާރާއި ޖޯން އަބްރަހަމް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔަ ދުވަހަކަށެވެ. އެކަމަކު ފާހަގަ ކުރަން ޖެހޭ ކަމަކީ، ދެ އެކްޓަރުންގެ ފިލްމުތައް ވެސް އެއް ދުވަހެއްގައި ރިލީޒްކޮށްގެން ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވެސް ހޯދި ކަމެވެ.