މަޖީދީ މަގުގައި ހުންނަ އުރީދޫގެ މައި އޮފީސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ޖޫން 2023 - 13:42
އުރީދޫއިން އީދަށް ހާއްސަ އޮފާތަކަކާއި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫ އިން އީދު ޗުއްޓީއަށް ހާއްސަކޮށް ތައާރަފްކުރި "ބޮޑު ޗުއްޓީ ޕެކް" އަކީ 150ރ. އަށް 100 ޖީބީ ޑޭޓާ، ފަސް ދުވަހަށް ލިބޭ އޮފާއެކެވެ. މި އޮފާ އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެ އެވެ.
✨Bodu Chuttee Pack aai eku 100GB, 5 dhuvahah enme MVR150 ah! 🤩🥳
— Ooredoo Maldives (@OoredooMaldives) June 22, 2023
Eid bandhu stream kohlaa, game kulhelaa, data ginain beynun kuran jehey kankamah varah furihama pack eh. Bandhutherey dhathuru dhaa beyfulhunnah ves hama habeys! 📷
Activate kollumah 👉… pic.twitter.com/6GqqhLxhUn
އުރީދޫ އިން ސުޕަނެޓް، ފަސޭހަ އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ކަސްޓަމަރުންނާއި އަޕްގްރޭޑު ކުރާ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގާނެ އެވެ. އެ ލަކީޑްރޯއިން ހޮވޭ ތިން ކަސްޓަމަރަކަށް އައިފޯން 14 ޕްރޯއެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy