ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/މިހާރު
09 އޮކްޓޯބަރ 2024 - 16:31
ޑިޖިޓަލް އިގްތިސާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ، އިންޑިއާ އަކީ އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރަމުން އަންނަ ގައުމެއް ކަމަށާއި އެއީ މި ސަރަހައްދުގައި ޓެކްނޮލޮޖީ ދާއިރާގެ ލީޑަރު ކަމަށެވެ. ރާއްޖެއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ގެނެސް، ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުލަތު ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި ހުރި ޑިޖިޓަލް ދާއިރާގެ ފުރުސަތުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ފުޅާ ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވަން. ރާއްޖެއިން އިންވެސްޓަރުންނަށް ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުންކޮށް ޒުވާން މަސައްކަތު އާބާދީގެ ބޭނުން ހިފޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/މިހާރު
ރައީސް ވިދާޅުވީ، އިންޑިއާއާ ޖެހިގެން ރާއްޖެ އޮތުމުން، އެއީ އެގައުމުގެ އިންވެސްޓަރުންނަށް ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެންނަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ދެގައުމުގެ ޒަމާންވީ ގުޅުމާއި އެއްގޮތް ސަގާފަތާއި އާދަކާދަތަކުގެ ސަބަބުން ވެސް އިންވެސްޓަރުންނަށް އައިސް ހިދުމަތްތައް ފުޅާކުރަން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގައި ހުރި ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުންކޮށްގެން ރާއްޖޭގެ ޑިޖިޓަލް ދާއިރާ ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި "ރޫޕޭ" ކާޑު ބޭނުން ކުރެވެން ފެށުމަކީ އެކަމުގެ ފެށުމެއް ކަމަށެވެ.
އިންޑިއާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ބައިވެރިވި ބައެއް ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ --- ފޮޓޯ/މިހާރު
އެމަނިކުފާނު ވިދާޅުވީ، ތައުލީމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އަދި ސިއްހީ ދާއިރާގައި ގިނަ ފުރުސަތަކެއް ހޯދިދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް އެމަނިކުފާނު ގޮވާއްލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
09 October 2024
މަދުނިޔެއަށް އިއިރު ހުރީ މައުމޫން، ދެން އަންނި އައިބާރުގަ އުފުރައިގެން ދިޔައީ. އެޔަށް ފަހު އައީ މާކަށް ތާކުންތާކު ޖެހޭ ބައެއްނޫން. ބަހަށްވުރެ މުއިޒުގެ ގަދަ އަމަލު. އެއީ މަށަށް ކަމުދާ ކަހަލަ ވެރިން. އެތައްކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާތަން އެބަ ފެނޭ. އާ ސަކަރާތްކަންކަންވެސް ހުންނާނެ. ޕާޓީއެއްގެ މީހެއްނޫން މަމީ އެކަމު މަގޭ ވޯޓް މުއިއްޒުއަށް މިހެންކިރިޔަށް ގެންދާ ކަމަށްވާނަމަ.
ސިމްޕޯ 2
09 October 2024
ތިކަން ހާސިލު ކުރެވޭނީ މީހުން ބިނާ ކޮށްގެން ކަމަށް ފެނޭ. މިހާރުވެސް ހިސާބުން ފާސްވާ މިންވަރު 50% އަށްވުރެ ދަށް. ހިސާބާއި ލޮޖިކް ބޭނުންކޮށްގެން ވިސްނުން ހިންގަން އެނގެނީ މަދު ބަޔަކަށް. މި ކަން ރަނގަޅުކޮށްގެން އައިޓީ، ޕްރޮގްރާމިންގ، އޭއައި އަދި ޓެކްނޮލޮޖީގައި ކުރިއަރައިދާނީ. މިއީ ފަށަން ޖެހޭ ހިސާބު. ބޭރު މީހުން ގެނެސް މިތަނުގައި ތިބެގެން ޕްރޮގްރާމެއް ލިޔުނީއޭ ކިޔާފައި ރާއްޖޭގަ ހުރި ދިވެއްސަކަށް ވާ ފައިދާއެއް ނޯވޭ. މިކަމާ ފުންކޮށް ވިސްނާން އެބަޖެހޭ
ސިމްޕޯ 1
09 October 2024
ތިއީ ވަރަށް އެމްބިޝަސް ޓާގެޓެއް، ރާއްޖޭގެ ސިޔާސީން ވަރަށް އެމްބިޝަސް ޓާގެޓްތައް ގެންގުޅޭނެ. އެކަން ހާސިލުކުރަން ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނުއެއް ބުނާނެ. އެކަން ހާސިލު ކުރުމަށް އަންނަ އަހަރާއި ކުރިއަށް ތިން އަހަރު ނިމޭ އިރު ވާނެ ކަންކަމާއި، 5 އަހަރު ނިމޭއިރު ކުރާނެ ކަންކަން ބަޔާން ކުރަންވާނެ. ނަމަވެސް ސިޔާސީން މި ވާހަކަ ނުދައްކާނެ.
ފޮނިފޮނިޓައްޕު ކުމާރު
09 October 2024
ދެން މިވީ 2030 ހާ ހަމައަށް މީނައަށް ވެރިކަންދޭން. ނުވާނެ ތިކަމެއް.
އަނެއްވައުދު
09 October 2024
އެގާރަމަހާ ކައިރިވީއިރު ވައުދުތައް ވީތަނެއްނޭންގެ. އަދިވެސް އާވައުދުވަނީ؟