ސިއްހަތަށް ރައްކާތެރި ގޮތުގައި ކުކުޅު ކޮށައި ވިއްކަން ޔުނައިޓަޑް ފުޑް ސަޕްލައިސް (ޔޫއެފްއެސް) އިން ފަށައިފި އެވެ.

ކުކުޅު ކޮށައިދިނުމަކީ މާލޭގެ ބޮޑެތި ބައެއް ފިހާރަތަކުން ވެސް ދެމުން އަންނަ ޚިދުމަތެކެވެ. އެހެން ނަމަވެސް އެކަން ކުރަމުން އަންނަނީ ކޮންމެ ފިހާރައެއްގައި ހުންނަ އެންމެ މެޝިނަކުންްނެވެ. އެހެންވެ، އެތައް ބައިވަރު ކުކުޅެއް އެއިން ކޮށާއިރު އެއީ ސިއްހަތަަށް އެންމެ ރައްކާތެރި ގޮތެއް ނޫނެވެ.

ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އެތެެރެކުރާ އެއް ކުންފުނި، ޔޫއެފްއެސްގެ މެނޭޖިން ޑިރެކްޓަރު އާތިފް ޝަކޫރު ވިދާޅުވީ މި ހިދުމަތް އެ ކުންފުނިން ދެނީ ހުޅުމާލޭގައި އެކަމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި ކަމަށެވެ.

ސިއްހަތަށް ރައްކާތެރި ގޮތުގައި ކުކުޅު ކޮށައިދިނުމުގެ ހިދުމަތް ޔުނައިޓެޑް ފުޑްސް އިން ދެނީ: މިތަން ހުންނަނީ ހުޅުމާލޭގައި. -- ފޮޓޯ: ޔުނައިޓެޑް ފުޑްސް
ސިއްހަތަށް ރައްކާތެރި ގޮތުގައި ކުކުޅު ކޮށައިދިނުމުގެ ހިދުމަތް ޔުނައިޓެޑް ފުޑްސް އިން ދެނީ: މިތަން ހުންނަނީ ހުޅުމާލޭގައި. -- ފޮޓޯ: ޔުނައިޓެޑް ފުޑްސް

މިތަނަކީ، އާތިފް ވިދާޅުވި ގޮތުގައި، ސާފުތާހިރުކަމުގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފިނި ކޮޓަރިއެކެވެ. މި ތަނުގައި ބޭނުން ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، ދަބަރު ނުޖަހާ ސްޓީލުން ހަދާފައިވާ މެޝިނާއި ފަރުނީޗަރެވެ.

"މި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނީ މާސްކު އަޅައި، އަންގި ލައްވައި އޭޕްރަން ލާފައި. ފޯރުކޮށްދޭ ހިދުމަތަކީ ސިއްހަތަށް އެންމެ ރައްކާތެރި ހިދުމަތް ކަމުގެ ޔަގީން ކަން އަޅުގަނޑުމެން ދެން،" އޭނާ ވިދާޅުވިި އެވެ.

ފިނި ކުރި ކުކުޅު ނުވަތަ ބީފް ކޮށައި، ޕެކް ކުރުމަށް ފަހު އެ މަސް ތާޒާކޮށް ބެހެއްޓުމަށް އަލުން ފިނި ކުރެ އެވެ. މި ގޮތަށް ކޮށާ ކުކުޅު ޔޫއެފްއެސް އިން ލިބެން ހުންނާނެ އެވެ.