ފިނޭންސް މިނިސްޓަރު ޒަމީރު އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވަނީ.
31 އޮކްޓޯބަރ 2024 - 13:21
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ އާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުުރު އަދަދެކެވެ. މި އަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 64 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު، މިއީ މިދިޔަ އަހަރު އެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓު ވެސް 18 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓުގައި ވަނީ ޕީއެސްއައިޕީގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. ބޭންކުތައް މެދުވެރިކޮށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޭން ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
• ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ
• އާމްދަނީ: 39.8 ބިލިއަން ރުފިޔާ
• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޚްލާސްތިރިކަމެއްނެތް
31 October 2024
ޑެފިސިޓް ފޫބައްދާނެ ގޮތެއްނެތި ކިހިނެތް ތިޔަބަޖެޓް ޑެލިވާކުރަނީ. ހުސް ރައްޔިތުންނަށް ދަޅަދެއްކުން. އިޚްލާސްތެރިކަމެއްނެތް ސިޔާސީ ހުވަފެންދެއްކުންނޫން ކަމެއްނެތް.
އަލިބެއްޔާގެ
31 October 2024
ތީހަމަ ހިޔާލީ އަދަދު ތަކެއް. މިއަހަރު ބަޖެޓްގައި ވެސް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީ ލިބޭނެކަމަށް އޮތް ލިބުނީ އެންމެ 350 މިލިއަން ވަރު.. ތިބަޖެޓް ގައި ޖަހާފައިވާ ލޯނާއި ހިލޭ އެހީ ލިބުމަކީ މިވަގުތު ދުނިޔެ އޮތް ހާލަތުން މުސްތަހީލު ކަމެއް.
ބަޖެޓް
31 October 2024
މީ ވެހިކަލްގައި އިސްޓިކާ ޖަހައިގެންނާއި އާންމުން ޖޫރިމަނާކޮށްގެން ލިބޭނެ ފައިސާވެސް ހިމަނައިގެން ހަދާފައިއޮތް ބަޖެޓެއްތަ؟ ދައުލަތުގެ ޚަރަދުތައް ކުޑަކުރާތަން ފެންނާނީ ކޮންދުވަހަކުންބާ؟ ނުވާނެ މިކަމެއް.
ދަގޭ
31 October 2024
ކޮބާ ލަދު؟
1818
31 October 2024
ތި “ފެހި ސިގްނަލް” އާއި “ބިލިއަން” ނޫން އެއްޗެއް ނުކިޔާ! ހެއްވާކަމަކީ، މި ސަރުކާރު އޮތީ “ބިލިއަނުން” ދަރަނިވެރި ވެފައި!
ކޮސްމެޓީކް1
31 October 2024
58 ބިލިއަންގެ އާމްދަނީ ލިބޭނެ ސަބަބުވެރި އެއްވެސް ގޮތެއް ފެންނަން އަދި ނެތްއިރު އަދި ދައުލަތުގެ ދަރަނި ކޮންމެ ދުވަހަކު އިތުރުވަމުންދާއިރު އޮތްކަމަށް ދައުލަތާއި ދައުލަތުގެ ކުންފުނިތަކެގެ އިސްރާފްތައްކުޑަކުރަން ޖުމްލަކޮށް ނަތީޖާނެރެވޭނެ ފިޔަވަޅުތަކެއްނާޅާ ހަމަ އަދަތުކެއް ޖަހައިގެން މަޖިލިހުން ބަޖެޓް ފާސްކުރުންވާނީ ހާލަތު އިތުރަށް ގޯސްކުރުމަށް އެޅޭ ފިޔަވަޅަކަށް
ކަލާމު
31 October 2024
ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ހުށަހެޅި ފުރަތަމ ބަޖެޓުގަވެސް ޑެފިސިޓް ކުޑަ. މިއަކީ ފާހަގަ ކުރަން ޖެހޭކަމެއް. ޑެފިސިޓް ދައްކޮށްގެން އިގްތިސޯދު ހަމައަކަށް އެޅުވޭނީ
ވިގަނި ހުޝާންޓެ
31 October 2024
ބަރާބަރު އެކައްޗެއްވެސް ކުޑަ ކުރާނެ ކަމެއްނެތް. ކުޑަ ވެގެން މިހާރުވެސް މިއުޅެނީ ކޮޅަކަށް ނުކަނޑާތީ.
ހާލިދު މުހައްމަދު
31 October 2024
ބާރާބަރު. ފުރިހަމަ ބަޖަޓެއް. މިޔާއެއް ގިނަ ކަންކަމަށް ހައްލު ލިބިގެން ދާނެ
ރަޝީދާ ޔޫސުފް
31 October 2024
މިސަރުކާރުގެ ބަޖެޓްގައި ވާ ކަންކަން ވަރަށް ފުރިހަމަ، އުއްމީދަކީ މިދިޔަ ވެރިކަމުގަ ބަޖެޓަށް ހެދިގޮތަށަ ނުހަދާނެ ކަމަށް.
މިއައު
31 October 2024
އެހެންވެދޯ ހަރަދު ކުރި ގޮތް ނޭނގޭ ބޮޑު އަދަދެއް މިއުޅެނީ