ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު އަނެއްކާ ވެސް ރާއްޖެއަށް ލިބިއްޖެ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
25 ނޮވެމްބަރ 2024 - 06:25
ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ރާއްޖެއިން ފަސް ވަނަ ފަހަރަށް ހޯދައިފި އެވެ.
މިއީ ވިދި ވިދިގެން އެ އެވޯޑު ރާއްޖެއަށް ލިބުނު ފަސް ވަނަ ފަހަރެވެ. އެ އެވޯޑުގެ އިތުރުން ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ.
ޕޯޗުގަލްގެ މެޑީރާގައި ބޭއްވި އެ ހަފްލާގައި އެވޯޑާ ހަވާލުވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
މިއަހަރު ކުރީ ކޮޅު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް މުހިންމު އެވޯޑުތަކެއް ލިބިފަ އެވެ. އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި އޮތް އެ އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.
ފައިސަލް ވިދާޅުވީ، އެ ފަދަ ޝަރަފުވެރި އެވޯޑުތައް ރާއްޖެއަށް ލިބެނީ، ޓޫރިޒަމް ދާއިރާގެ ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެފަދަ އެވޯޑުތަކާ އެކު ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް އިތުރަށް ފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފްކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ. ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސީނު
25 November 2024
އެހެންވިޔަސް ހެޔޮ. ގައުމުގަ ލާރިއެއް ނެތް. ޑޮލަރު ކޮޅު ބޮޑުންނަށް.
ސޭކުބެ
25 November 2024
މިހާރަކަށް އައިސް މިހުންނަ ކޮމެންޓުތައް ކިޔާލީމާ ހިތަށްއަރަނީ ރާއްޖޭގެ ޓޫރިޒަމް ހަމަ އެއްކޮށް ދައުލަތުގެ އެއްޗަކަށް ހަދައި މިކަމުގައި ޤުރުބާންވި އަމިއްލަ ފަރުދުން ބިކަކޮށްލަން ސަރުކާރުން އަވަސްވެގަންނަންވެއްޖޭ. ރައްޔިތުންނަށް ޑޮލަރު ނުލިބެނީ ރިސޯޓް ސައުދާގަރުންނާހެދިކަމަށްދެކޭ ރައްޔިތުން ދުވަހުން ދުވަހަށްދަނީ ގިނަވަމުން. ޓުރިޒަމް އިންޑަސްޓްރީއަކީ ހަމައެކަނި އަމިއްލަ ފަރާތްތަކުން ބިނާކޮށް ތަރައްގީކުރި ސިނާއަތެއްކަން ހަދާންނެތިއްޖެ.
ކިރުސައި
25 November 2024
ބޮޓުންތައް ކެކިއަރަނީ، ސުރުޚީވެސް ނުކިޔާ. ބަލަ ވިދިވިދިގެން 5 ވަނަ ފަހަރަށޭ. އަހަރަކު އެއްފަހަރު ކުރާކަމެއް.
1818
25 November 2024
"ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ލިބުނަސް ކްރެޑިޑްތައް ހުރީ “ކޮވިޑް” ޖެހިފައި، އަދި ކުދި ވިޔަފާރިވެރިންގެ ބިލްތަށް ހުރީ ވެސް ފިނޭންސް މިނިސްޓްރީ ތެރެއިން ކޮވިޑް ޖެހިފައި!
ކަށިކޮލި
25 November 2024
ޓޫރިސްޓުންނަށް ތި އެވޯޑުއިނގެނީ ހުޅުލެއިން ފެންނަ ނަންބޯޑުގަ ތިވާހަކަ ލިޔެފައޮތީމަ. ތީ ބަޔަކު ދަންނައެއްޗެއްނޫން.
އައްބުޑޭ
25 November 2024
ކޮމެންޓް ކުދިންކޮޅު ހާދަ ސަރުކާރޭ ދޯ.
ސަންސަންވާވާ
25 November 2024
އެވޯޑެއް ބަލާވެސް 4-5 މީހުން… ޔަގީނުންވެސް ދާނެ މަދުވެގެން ބައި މިލިއަން ރުފިޔާ. މިހާ ހާލުގަ އުޅޭއިރު މިވަރު ވަރތްތޯ؟؟
އިމާދުﷲ
25 November 2024
މިދިޔަ އެއްވެސް ސަރުކާރުން ނުކުރާ މަސައްކަތް މިސަރުކާރުން މިދަނީ ކުރަމުން. މިހެންވެ ހަމަ ޖެހިގެން އުފަލުން މިތިބީ.
ނޫހް އިބްރާޙިމް
25 November 2024
ޓޫރިޒަމް ދާއިރާވެސް ކުރިޔަށް. އިގްތިސާދުވެސް މަޑުމަޑުން ކުރިޔަށް. އުފާވެރި ދުވަސްތަކެއް!
ސިއްބަތް އަޒީޒް
25 November 2024
އޭރުވެސް މަށަށް ޔަގީންވި މިސަރުކާރުން އަނެއްކާވެސް މިކަން ދިފާއު ކުރާނެ ކަމޭ. ނަތީޖާ ނެރެ ޓޫރިޒަމް ދާއިރާ ކުރި އަރުވާނެޔޭ