ހިޔާ ފްލެޓްތަކެއް: އެ ފްލެޓްތަކުގައި ލިފްޓް ހަރުކުރަން އިތުރު 278 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެޗްޑީސީން ބުނޭ --- ފޮޓޯ/މިހާރު
04 ޑިސެމްބަރ 2024 - 13:31
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ ލިފްޓް ހަރުކުރުމުގެ ޕްރޮޖްކެޓް މިހާރު ކުރިއަށް ގެންދާއިރު، ކޮންމެ ޓަވަރަކު ދެ ލިފްޓް ހަރުކުރަންޖެހޭ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމެނި ނަމަވެސް ފަހުން އެ އަދަދު ވަނީ 100 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީގައި ބައިވެރިވި ބައެއް މަޖިލީސް މެންބަރުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ލިފްޓު ހަރުކުރުމުގެ ޕްރޮޖެކްޓް މި އަހަރުގެ ފެބްރުއަރީ މަހު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ. ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓްތަކުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެން ހުރީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.
ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. ހިޔާގެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.
ލިފްޓު ހަރުކުރުމަށް ހޭދަވާ އަދަދު ހޯދުމަށް އެޗްޑީސީ އަށް ކުރިން އާރްޓީއައި ހުށަހެޅުމުން އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް އެޗްޑީސީން ކުރިން އަންގާފައިވެ އެވެ. އެކަމަކު، އޭރު ވެސް އެއީ ބަޖެޓުގައި ޖަހާފައިވާ އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއައްބެ
05 December 2024
ތިޔަތަނުގައި ލިލްފްޓް ހަރުނުކޮށް އާ އިމާރާތެއް އަޅާވަރުގެ ޚަރަދެއް ތިޔަކުރަނީ ކޮންބޭނުމަކުތޯ? ލިފްޓް މަދުވެ އުނދަގުލިއްޔާ ތިޔަތަނުގައި ނޫޅެ ފަސޭހަތަނަކަށް ދާނީ.
އަލި
05 December 2024
ތިވަރު އިމާތުގަ ތިހާ މަދުން ލިފްޓް ލުން ތީ ޔާންޓެގެ ބޯ ގަޅިކަން
އެޅިމީހާ
06 December 2024
އެޕާޓްމަންޓެއްގަ 3، 4 މީހަކު އުޅެން ހެދި ތަނެއްގަ 15 މީހުން އުޅުން، ތަނަށް ނުތަކާވަރަށް މީހުން ގިނަކުރުން އެއީ ތަން ހެދި މީހާގެ މައްސަލައެއްތަ ނޫނީ އުޅޭ މީހުންގެ މައްސަލައެއްތަ؟
ސުވާލުޔަކެއް
05 December 2024
އިތުރު ލިފްޓު ހަރުކުރަންޖެހުނީ ކީއްވެ؟ ހިޔާ ފުލެޓުތައް އެޅީ ކޮންބައެއް؟ އޭރު އެތާނގައި އުޅޭނީ ކޮންބައެއްކަން އެނގިފައި ނެތީތަ؟ ގޯސްކޮށް ހިނގާފައި އޮތްކަމެއް ވާނަމަ އެކަމުގައި ޒިންމާވާންޖެހޭނީ ކާކު؟
ސުވާލުކޮށްބަލަ
06 December 2024
އެތަން ޑިޒައިންކޮށްފަ ހުރި ގޮތުންވެސް އެނގޭ އެއީ އެއް އެޕާޓްމަންޓްގަ ދިހަބާރަ މީހުން އުޅެން ހުރި ތަނެއް ނޫންކަން. ތަނަށް ހިސާބަށްވުރެ ގިނައިން މީހުން ގެންގޮސްގެން އުޅޭ މީހުންގެ ޒިންމާއެއް ނެތްދޯ
ރައްޔިތުންން
05 December 2024
މިއީ ހަމަ މިދަނޑި ވަޅުގައި ކުރަން އެންމެ ރަނގަޅު ކަންތައްތޯއޭ ހިތަށް އަރާ، އެއްވެސް ވަރަކަށް ވިސްނާނުލާ މިދަނޑިވަޅުގަ ސަރުކާރުން މިހާ ބޮޑު ހޭދައެއް ދެވަނަ ފަހަރަށް ހިޔާ ފުލެޓު ތަކަށް ކުރަން ނިންމުމުން ސަރުކާރު ފެއިލްވެ ވެރިމީހާ އަށް ކޮންޓްރޯލް ގެއްލެމުންދާކަން އެބަ ހާމަވޭ، ތި ފައިސާގައި ތި އަށްވުރެ މުހިންމު އެހެން ކަންތައްތައް ރައްޔިތުންނަށް ކޮށްދެވޭތޯ ބެލިއްޔާ މާ ރަނގަޅެއް ނުންތޯ، ނޫންނަމަ ދަރަނި އަދާކުރުމަށް ތި ފައިސާ ބޭނުން ކުރުންވެސް މާއައުލާ
ހިޔާ
04 December 2024
ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. ހިޔާ މީހުންގެ ވޯޓު ހޯދަން ޖެހި މަޅިއެއްގެ ސަބަބުން ހުރިހާ ރައްޔިތުން އަގު އަދާ ކުރަންޖެހޭތަ؟ ރައްޔިތުންގެ ބަޖެޓުން 278މ ނުޖެހޭނެ ހަރަދުކުރަން. 2 ކޮޓަރި އެޕާޓްމަންޓް މާކެޓުގަ 16 ހާސް ހިޔާ މީހުންނަށް ދެ ކޮޓަރި 4000. ކޮޓަރިއެއް 2000 އަށް. އަނެއްކާ ކުލިވެސް ދައްކަނީއެއްނު. އަދި އެހެންމީހުންނަށް ބޮޑު އަގުގަ ކުއްޔަށް ދީފަ.
ހިޔާވަހިނެތްމީހާ
04 December 2024
ހިޔާ މީ ސަރުކާރުން ބަޔަކަށް އިންކަމް ސޯސް އަކަށް ދީފަ ހުރި ތަނެެއް. ކުލި ނުދައްކަ އަދި އެހެން ބަޔަކަށް ކުއްޔަށް ދީފަ.
ސައި
04 December 2024
މިތަން އެޕްރޫވް ކުރިއިރު އެޗްޑީސީގަ ތިބި ވެރިންގެ މައްސަލަ ބަލަންޖެހޭ. މިތަން ޕްލޭންކޮށް ތަރައްގީ ކުރި މީހުންގެ އިހުމާލު ނޫން ދެން ކޮންކަމެއް މިއީ ؟
އަލިމްގ
05 December 2024
ތިތަން ހެދީ މިހާރުގެ ވެރިޔަކައް ހުރި ބޭފުޅާ
ކޮފީ
06 December 2024
ޕްލޭންކޮށް ތަރައްގީކުރި ގޮތަށްތަ މީހުންތައް އެތާ ދިރިއުޅެން ފެށީ؟ އެތަނުގަ އުޅޭ މީހުންގެ އެއްވެސް ޒިންމާއެއް ނެތްދޯ؟ ނުގަވައިދުން ކުއްޔަށްދޭ މީހުންގެ ޒިންމާއެއް ނެތްދޯ. އަނގަޔަށް ލާ ލާ އޮތް ކާއެތިކޮޅުން ގެއްލުން ލިބިދާނެތީ އޭގަވެސް ގޮސް ހިފަހައްޓަންޖެހެނީ ސަރުކާރުންބާ؟
އާދަންރަމީޒުބަޑޭ
04 December 2024
މިތަންތަން އިމާރާތްކުރި އިރު މިކަން ކަމަށް ވިސްނާލިނަމަ ކިހާ ރަނގަޅު ވީސްދޯ؟؟
ރަށުމީހާގެ
05 December 2024
ވިސްނާފައޭ އޮތީ، ތި އީ ސޯޝަން ހައުސިންގެ ސްޓޭންޑަޑަށް ހަދާފައިވާ ތަނެއް ، އެ ތަނަށް މަހުޖަނުން ވަނީމަ މި މައްސަލަ ނިކުމެގެން މިއުޅެނީ.
ސަލީމު އިދުރީސް
04 December 2024
އެންމެއް އެއްތަނަ ޖަމާކޮއް ޓަވަރު ތަކެއްގަ ދިއުޅެން ދިމާކުރުމަކީ ވަކި ހަރަދު ކުޑަ ނިޒާމެއްނޫން ތި އިމާރާތްތަކާ ލިފުޓުތައް ދާނީ ބާވަމުން ސަރުކާރުން ފުލެޓު އާޅާ ދުވަހަކުވެސް ނުނިމޭނެ! އަމިއަލަ ފަރާތްތަކުން ފުލެޓު އެޅީމަ ލޯނު ކަވަރުކުރަން އަގުދެއްކޭވަރު އަގެއްގަ ފުލެޓު ކުއްޔައް ހިފޭ ވަރު ތަނަވަސްކަން ރައްތުންގެ ކިބާގަ ނެތިނީމަ ވާނީ ބަނގުރޫޓު
ހާލުފޮޅިފޮޅި
04 December 2024
ތިތާ ހަރުކުރަންވީ ލިފްޓެއް ނޫން ... ވެރި ފަރާތް ނޫޅެ ކުއްޔަށް ދީފަހުރި ހުރި ހުރިހާ ތަނެއް އަދި ކުލި ނުދައްކާ ހުރިހާ ތަނެއް ހުސްކޮށް ލިސްޓް ތަރުތީބުން ކުލި ދައްކައިގެން ތިތާ ދިރިއުޅެން ތިބި މީހުނަށް ދޭންވީ . . .