މޯލްޑިވިއަން އިން ޗައިނާއަށް ދާން މިރޭ ދަތުރު ކުރާ ފަސިންޖަރެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު
21 ޖެނުއަރީ 2025 - 23:46
މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، ޗައިނާއަށް ފުރަތަމަ ދަތުރުގައި ޗެންގްޑޫއަށް މިރޭ ދަތުރު ފަށައިފި އެވެ.
އެ އެއާލައިނުން ބުނީ، މިރޭ ޗެންގްޑޫއަށް ފްލައިޓު ނައްޓާލި އިރު، ރާއްޖެއަށް އެ ސިޓީން އަންނަން ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުން އަންނަ ކަމަށެވެ.
މިހާތަނަށް 70 ޕަސެންޓު ޖާގަ ފުރިފައިވާ އިރު، ފުލް ފްލައިޓެއް އެޅޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިރޭ ދަތުރު ކުރާ ފްލައިޓުން ކޮންމެވެސް ވަރަކަށް ފަސިންޖަރުން ދަތުރު ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަން އިން ކުރާ ޗައިނާ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އުފެދޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
މޯލްޑިވިއަން އިން މި މަހުގެ ކުރީ ކޮޅު ގެންނަ އެއާބަސް އޭ330 މަތިންދާ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫއަށް ދިއުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ދޭ ކައުންޓަރުތައް -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.
އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ ބޯޓެއް މިއަހަރުގެ ފަހުކޮޅުގައި ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 January 2025
ޔޫއެލް އައްޑުއަށް ދަތުރުކުރާ ދުވަހާއި އެއްދުވަހެއްގައި، މޯލްޑިވިއަންގެ އައްޑޫ ޗައިނާގެ ޝެޑިއުލްދަތުރުކުރީމާ، ޗައިނާއިން ކޮލަމްބޯއަށް އަދި ކޮލަމްބޯއިން ޗައިނާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އައްޑޫގައި ޓްރާންސިޓްވެފައި މިދޭތެރޭގައި ދަތުރުކުރެވޭނެ. މީގެ ސަބަބުން މާލެ-ގަން ސިލޯނު ދަތުރުކުރުމަށް ކޯޑްޝެއަރ ބޭނުންކުރަން މޯލްޑިވިއަނަށް މަގުފަހިވާނެ. މީގެސަބަބުން ޗައިނާގެ މަންޒިލްތަކާއި، ގޭން ، މާލެ އަދި ކޮލަމްބޯ ވައިގެމަގުން ރަގަޅަށް ގުޅާލެވޭނެ.
މޮޑަފްް
22 January 2025
ހަގީގަތަކީ މިކޮޅުން ދިޔައީ ހައެއްކަ ޕެސެންޖަރުންނާއެކު ހުސް ބޯޓެއްކަން. ދެން އެކޮޅުން 70 ޕަސެންޓް ފުލްވިޔަސް އަދި ކަމަކު ނުދޭ. ތީގެ ދަތުރަކަށް ލައްކައެއްހާ ޑޮލަރު ޚަރަދުވާ ކަމަށްވޭ.
އޮނަރަބްލް އަފީފު ދީދީ
22 January 2025
މޯލްޑިވިއަން އަދި ސްރީލަންކަން ގުޅިގެން މަތީގައިދެންނެވިގޮތަށް (ޗައިނާ، ގޭން، މާލެ، ކޮލަންބޯ) މިސެކްޓަރ ތަކުގެ ދަތުރުކުރަން ފައްޓައިފިނަމަ، ޔޫއެލް ކޮލަމްބޯ ގޭން ދަތުރު އޮންނަ ދުވަހު މޯލްޑިވިއަން މާލެ-ގޭން-ޗައިނާ ދަތުރު ތަކުގައި ދެ އެއަރލައިނުންވެސް މިސަރަޙައްދުގެ ރިސޯޓް ތަކަށް އަންނަ މީހުން އުފުލާދިނުމަށް ގޭން އެއަރޕޯޓާއި ޑޮމެސްޓިކް އެއަރޕޯޓް ކަނެކްޓިވިޓީ ހަމަޖައްސާދީގެންވެސް މޯލްޑިވިއަނަށް ރަނގަޅު އާމްދަނީ އެއް ލިބޭނެ. ކީއްވެ މިކަން ނުކުރާންވީ؟!
މާނުބެ
22 January 2025
މަބުނީ، މިކުދިންން ހާދާފޫހިވެފަ ތިބިވައްތަރުޖަހައޭ ؟
ސުޕާރީ
22 January 2025
ތި ފްލްއިޓުން ގަރުދިޔައާ ބަތް ކާންލިބޭނެބާ. ހެނދުނުގެ ނާސްތާއަށް މަސްހުންޏާރޮށި ރަނގަޅުވާނެ. އެކަންކަން ފުތިހަމަ ކޮއްދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރަށް ދަނަނަވަން. ޝުކުރިއްޔާ.
މަބުނީ...
22 January 2025
ހާދަ މާޔޫސް ފޮޓޯ އެކޭ ދޯ؟
އަމީނު.
22 January 2025
އަސްލުވެސް. އެއަރލައިންގެ ކުދިންގެ ބޯ އެއްފަރާތަކަށް އަރިއަޅާލާފައި ތިބި އިރު އެތަނުގައި ހުރި ޗައިނާ އަންހެންކުއްޖާގެ ބޯ ހުރިގޮތް ބަލާލުމުން ނަފުސަށް އިބުބާރު އޮތްކަން ހާމަވޭ.
ވާހިދު މޫސާ
22 January 2025
ވަރަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ. ހަގީގަތުގައިވެސް ގައުމަށް ވަރަށް ފައިދާ ހުރި ކަމެއް
ނާހިލްް ނައީމް
22 January 2025
ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަކަމުގެ ހެޔޮ ފާލެއް ފެނިގެން މިދަނީ
މުސްތަފާ ހަލީމް
22 January 2025
ބަޔަކު ބުނި މިކަންވެސް ފެއިލްއޭ ވާނީ. 70 ޕަސެންޓް މިހާރުވެސް ފުރިފަ. އިންޝާﷲ ކާމިޔާބް ވާނެ
ލިހާޒް އަލީ
22 January 2025
މުޅި އިކޮނޮމީ ބަދަލްކޮށް ބުންވަރު ޖައްސާނެ ވަރުގެ މުހިއްމު ފެށުމެއް މިއީ. ދެން ފަށަންވީ ބަންގްލަދޭޝްއަށްވެސް.
ހުސްނުހީނާ
22 January 2025
މިހާރު މިގައުމުގަ ކަންތައްތައް ހިނގާ މަގުންނަމަ، ތިކަމުން އިކޮނޮމީއަށް ވާނެ ފައިދާއެއް ނުފެނޭ. ފުރަތަމަ ކަމަކީ 'ބްރޭނޑް ނިއު' ބޯޓެކޭ ކިޔައިގެން ހެދީ ދޮގު. 14 އަހަރު ބޭނުން ކޮށްފައިވާ ބޯޓެއް ތިއީ. އަނެއްކަމަކީ ތިކަމުން ލިބޭ ހުރިހާ ލާރިއެއް ވަންނާނީ ބޮޑުންގެ ޖީބަށް!