14 އެޕްރީލް 2025 - 16:15
ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން ގަންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެފަދަ ކަންކަމުގެ ހެކި ވެސް އެބަހުރި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިިމް ވިދާޅުވީ، ފުލުހުންގެ ޕޮލްކޯއާ ގުޅޭ މައްސަލަ ބެލިއިރު ވެސް އެ ފަދަ ކަން ކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ތަހުގީގު ކުރިއިރު، ފާހަގަވި އެއް ކަމަކީ ޕޮލްކޯ އިން ފައިސާ ނެގި ގޮތަށް ހުޅުމާލެ އިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދީފައި ބިމެއް ގަނެފައިވާ ކަން ކަމަށެވެ. އެކަން ކުރީ ޕޮލްކޯގެ އެއް ޑިރެކްޓަރަކު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެ ބިން ފަހުން އެހެން ފަރާތަކަށް ވިއްކާލިކަން ވެސް އެބައޮތް އެނގެން. ވިއްކާލީ ވެސް ވަރަށް ކުޑަ އަގެއްގައި ޓެކްސް ނުދައްކާ ގޮތަށް. ފަނަރަ މިލިއަން ރުފިޔާ އަށް ގަތް އެއްޗެއް 12 މިލިއަން ރުފިޔާ އަށް ވިއްކާލީ،" ފަހަކަށް އައިސް ކޮރަޕްޝަންގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އިސްކޮށް އުޅުއްވާ ނާޒިމް ވިދާޅުވި އެވެ.
"އެ ބިލް އަންނަޖެހެނީ ސަރުކާރުގެ ފަރާތުން. އަޅުގަނޑުމެން މިހާރު ބަންޑާރަ ނައިބަށް ދަންނަވާފައިވާނެ އެ ބިލް މިމަހުގެ ނިޔަލަށް މަޖިލީހަށް ފޮނުވަން. އޭރުން އަޅުގަނޑުމެން މެއި 15 ގެ ކުރިން ޗުއްޓީއަށް ދިއުމުގެ ކުރިން ވުޖޫދަށް ގެނެސްފި ނަމަ، މިދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުން ނުހައްގުން ހޯދާފައިވާ ފައިސާއަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދަން މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނުހައްގުން ލިބޭ ފައިސާ ބޭނުން ކޮށްގެން މުދާ ގަންނައިރު މިކަމުގެ އަސްލަށް ވާސިލް ވެވެން އޮތީ އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ނިންމައިގެން ކަމަށެވެ.
"އެ ބިލް އަންނަން ޖެހެނީ ސަރުކާރުގެ ފަރާތުން. އަޅުގަނޑުމެން މިހާރު ބަންޑާރަ ނައިބަށް ދަންނަވާފައިވާނެ އެ ބިލް މި މަހުގެ ނިޔަލަށް މަޖިލީހަށް ފޮނުވަން. އޭރުން އަޅުގަނޑުމެން މެއި 15 ގެ ކުރިން ޗުއްޓީ އަށް ދިއުމުގެ ކުރިން [ބިލް] ވުޖޫދަށް ގެނެސްފި ނަމަ މިދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުން ނުހައްގުން ހޯދާފައިވާ ފައިސާ އަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދަން މަގުފަހިވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންޑިއާގެ ރެނާޓަސް ކުންފުނިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ގިނަ އަދަދެއްގެ ފްލެޓްތައް ވެސް އެފަދަ ގޮތްގޮތަށް ގަނެފައިވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ހެކިތައް ވެސް މިހާރު އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރެނާޓަސްގެ ފްލެޓްތަކާއި ޕެންޓް ހައުސްތައް އެކި ފަރާތްތަކުން ނުހައްގު ފައިސާ އިން ގަނެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
15 April 2025
ނުހައްގުން ހޯދާ ފައިސާއިން ކުރާ ކަންކަން ވަރަށް ރަނގަޅަށް ނާޒިމް ދަންނާނެ.
ބުރަތޭރީ
15 April 2025
ތިޔަބުނާ ޑިރެކްޓަރެއްގެ ނަން ބުނަން ޖެހިލުންވަނީ ކީއްވެތޯ. ނުހައްގު ފައިސާއިން ބިމާ ފްލެޓްގަތަސް ތިޔަބޭފުޅުން އެތަން އަތުލުމަށް އެއްވެސް މަސައްކަތެއްނުކުރޭ. ސަބަބަކީ އެކަން ގުޅިފައިވަނީ މެމްބަރުންނާ، ސަރުކާރު ތަކުގެ އިސްވެރިންނަށް ކަމަށްވާތީ. ހުރިހާ ބާރެއް އޮވެމެ އެތަންތަނުގެ ފައިދާ ނަގަމުންދާ މީހުނަނަށް އެއްވެސް ކަމެއްނުކުރޭ،
ޖުމާ 2025
15 April 2025
ފުލުހުންގެ މަތީފަންތީގެ ވެރިންގެ މެދުގައި މިފަދަކަންކަން ވަރަށް އާންމު ބޭރުގައުމުތަކުން ގައުމީ ސަލާމަތާ ގުޅޭ،އިންޓެލިޖެންސާގުޅޭ ކަންކަމުގަ ދޭފަންޑުތަށް އަމިއްލަ އެކަުންޓުތަކަށްލައި ދައުލަތުގެ މާލިއްޔަތަށް ނުވައްދަިއ އެފަދަމީހުން އަމިއްލަބޭނުންތަކަށް ބޭނުންކުރާވާޙަކަ އަބަދުވެސް އަޑުއިވޭ މިހާރުވެސް ރަނގަޅަށް މިކަންކަން އޯޑިޓްކޮށްލަބަލަ މަޖުލީހުންވިއަސް އޭސީސީ އިންވިޔަސް ސެކިޔުރިޓީއޭ ކިޔާފަ ނިވާފަތްގަނޑެއްޖަހައިގެން ކިތަންމެ ފަންޑެއް ކާލާފަ ހުންނާނީ
އިބްރާހީމް ކިލެގެފާނު
15 April 2025
އެކަން ހުއްޓުވަންޏާ ބޭންކިންގް ނިޒާމުގެ ބޭރުން ސީދާ ޑިވެލޮޕަރ އަށް ނަގުދު ފައިސާއިން ފައިސާ ބަލައިގަތުން ހުއްޓުވާ!
ބަބޫ
15 April 2025
ދުވަހަކުވެސް ލާރިލިބޭ މަސައްކަތެއް ނުކޮށް ސްޕޯޓްސް ކާތުތަކާ ފިޝިން ލޯންޗްތައް ގެންގުޅޭމީހުންވެސް މަދެއްނޫން
ހުސެއިން ހަލީމް
15 April 2025
ސަލާމަތީ ތިޔަކަަހަލަ މަސައްކަތް ކުރާ މުއައްސަސާތައް ވިޔަފާރިކުރުމުން ދުރުކޮށް އެމީހުންގެ ގާނޫނީ ޒިންމާ އަދާކުރެވޭގޮތަށް ސަރުކާތރުން އެބަޖެހޭ ހަދަން. ގާނޫން ވެސް ބަދަލުކޮށް ސިފައިންނާއި ފުލުހުން ކުންފުނިހަދައިގެން އެތާގެ އެންމެ އިސް އޮފިސަރުން ޑައިރެކްޓަރުނަށް ލައިގެން ވިޔަފާރި ނުކުރެވޭގޮތަށް ހަދަން އެބަޖެހޭ. އެމީހުންނަށް ރައްޔިތުން ގެ ފައިސާއިން އެހާބޮޑު މުސާރައެއްދޭ ބަޔަކު ކޮން ވިޔަފާރިއެއް ކުރާކަށް
ސޫޖީ
15 April 2025
ހުރިހާބާރެއްއޮވެމެ ފަސްއަހަރު ފޮނިބައިސާ ކެނޑުމުގަ ދުއްވާލަނީ... ބަލަ ކީއްވެތަ ފިޔަވަޅު ނޭޅެނީ..
ޓިނު
15 April 2025
ހުރިހާ ބާރާ އާރެއްއޮވެމެ ކޮންވާހަކައެއްތި ދައްކަނީ ، ތިތަންތަނާއި ތަކެތި ނަގާބަލަ.
ހުސްވަ
14 April 2025
ހަމަ ހަނދާންވަނީ މަގުބައްތިތަކުގެ މަތީން. އެކަން ހީވަނީ ހަމަ ނުހިގާކަމެއްހެން
އާސްކިންގ ފޮއަ ފުރެންޑް
14 April 2025
އެންމެން ހެޕީ ވެސް ތީގަ ހިމެނޭތަ