ރިޝްވާން "މިހާރު" އަށް ދެއވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
25 އެޕްރީލް 2025 - 11:06
މި އަހަރު ނިމޭއިރު އެމްޕީއެލްއަކީ ފައިދާ ނެރޭ ކުންފުންޏަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ރިޝްވާން މިދިޔަ ހަފުތާގައި ވިދާޅުވީ، މިދިޔަ އަހަރު އެމްޕީއެލްގެ ފައިދާ ހުރީ 75 މިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ކުރިން އެއީ 200 މިލިއަން ރުފިޔާގެ ފައިދާ ވެސް ހޯދަމުން އަންނަ ކުންފުންޏެކެވެ. އެހެންވެ މި ވަގުތު މާލީ ހާލަތު އޮތީ އެހާ ރަނގަޅަށް ނޫން ކަމަށް މި އަހަރުގެ ފެބްރުއަރީ 5 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރިޝްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކުންފުނީގެ ހާލަތު އެހާ ބޮޑަށް ދަށްވެފައިވަނީ، ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރުމާ ގުޅިގެން ކުރަން ޖެހޭ ހަރަދުތައް އިތުރުވުމުންނެވެ. އެކަމަކު މި އަހަރުން ފެށިގެން އެ ހާލަތު ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރިޝްވާން ވިދާޅުވި އެވެ.
"އާ ޕޯޓުގެ މަސައްކަތާއި ޕްރޮޖެކްޓްތައް މަޑުމަޑުން ފެށޭ ހިސާބުން ތިން ޑިޖިޓް ފިގާއަކަށް އެކަން ބަދަލު ކުރެވޭނެ. އަޅުގަނޑުމެން ވިސްނަމުން ދަނީ މިހާރު ނިންމާފައި ހިސާބު ކުރާ އިރު އެ ފައިދާ އަޅުގަނޑުމެން ކުރާނީ ތިން ޑިޖިޓްގެ ފިގާއެއްގައި،" އޭނާ ވިދާޅުވި އެވެ.
ރިޝްވާން ވިދާޅުވީ، މިވަގުތު ކުންފުނީގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކޮށް، އޮޕަރޭޝަން ފެށުން ކަމަށެވެ. އެއާ އެކު، މިވަގުތު އެމްޕީއެލްގެ ދަށުގައި ހުރި އަތޮޅުތެރޭގެ ޕޯޓުތަކުގެ ހިދުމަތް ވެސް ފުޅާކުރަން އިސްކަން ދޭނެ ކަަމަށް ވިދާޅުވި އެވެ. އެހެންވެ، އާ ކަންކަން ކުރުމުގެ ބަދަލުގައި، ހުރި ހިދުމަތްތައް ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
25 April 2025
ދޮޅު އަހަރެއްހާ ދުވަހުން ސިޔާސީ ބޭނުމަށް ވެއްދި، ދިހައެއް، ސަތޭކައެއްނޫން ހާހެއްހާ މީހުންގެ ޕޭރޯލަށް ކަނޑާ މާ ބޮޑު އެއްޗެއް ލިބޭނެތަ؟ ތިޔަ ކުރަން އުޅެނީ ކުކުޅު ބިސް އެޅުމުގެ ކުރިން، ބިސް ގުނުންކަހަލަ ކަމެއް ކަންނޭގެ!
ހޮސްޕިޓަލޭ
25 April 2025
ރިޝްވާން ސަރ މެންގެ މިލިޓަރީ ގޮތްގަނޑު ހުންނާނެ. އެހެން ނަމަވެސް ނަތީޖާ ނެރޭނެ. އައި.ޖީ.އެމް.އެޗް ހިންގި އިރު އެކަން ފެނިފަ ވަނީ. ދެންވެސް އެކަން ކުރާނެ.
އެމްސް
25 April 2025
މާނައަކީ ޢާއްމު ރަޢިއްޔަތުންނަށް މުދާ އިންތިހާއަށް އަގުބޮޑު ވާނެ . . . !
ޙސބސބބbw
25 April 2025
ރައްޔިތުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ގެންނަ އެއްޗެތިން ތިހާ ބޮޑު ފައިދާއެއްް ނެގުމަކީ ރައްތިތުމްސެކއ ތިޔަވާލޯބި
ޢަލްޓިކޯ
25 April 2025
ފައިދާގެ ވާހަކަޔާ ގެއްލުނުގެ ވާހަކަ ރައްޔިތުން މިހާރު އަޑުއަހަން ބޭނުންވާ ވާހަކައެއްނޫން 5އަހަރު ނުނިމިގެން މިތިބެނީ..މާދަން އަރާ ބުނެފާނެ 100 މިލިޔަން ގެއްލުމޭވެސް އާރާއި ބާރުގަ ތޮޅިޔަށް ރައްޔިތުންގެ5 އަހަރު ބޭކާރުވީ..މޮޅުވާހަކަދައްކާގެން ވެރިކަން ލިބިއްޖެ ދެންނެއް ތި ވާހަކަ އަޑު އަހާނެ ބަޔެއް
ދ.ކުޑަހުވަދޫ
25 April 2025
ކޮން އިރަކު ތޯ ދ.ކުޑަހުވަދޫހައި އަޅަން ރިޝްވާން ސޮއިކުރި ކޮމާޝަލް ހާބަރުގެ އަމަލީ މަސައްކަތް ފެށޭނީ؟