27 އެޕްރީލް 2025 - 09:17
ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ މިންވަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުމާ ގުޅިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެ ބޭންކުން މި މަހު ނެރުނު އެންމެ ފަހުގެ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު ޓޫރިޒަމަށް އައި ކުރިއެރުން މި އަހަރަށް ވެސް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.
ވެލާނާ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ މެދެއްހާ ތަނެއްގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށް ބެލެވޭއިރު، އާ ޓާމިނަލާ އެކު، ޓޫރިޒަމަށް އައި ކުރިއެރުން ދެމެހެއްޓޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު، މި އަހަރުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވޭ ނިސްބަތް 5.7 ޕަސެންޓުގައި ހުރި އިރު، އަންނަ އަހަރު އެ ނިސްބަތް 5.3 ޕަސެންޓު އަދި 2027 ގައި 4.7 ގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަންދާޒާތަކަށް ވުރެ އިތުރަށް، އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނެކަމަށް ބަލާފައިވަނީ، ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ޓޫރިޒަމް ރަނގަޅުވެފައިވާތީ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އަންދާޒާތަކަށް ވުރެ ރަނގަޅަސް، ރާއްޖެ އަށް ކުރިމަތިވެފައިވާ ހިރާސްތައް ބޮޑުކަމުގެ ކަންބޮޑުވުން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މިދިޔަ އަހަރު ހުރި 1.4 ޕަސެންޓުން މި އަހަރު 4.3 ޕަސެންޓަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފަ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން، ދައުލަތުގެ ދަރަނި 134.2 ޕަސެންޓުން 2027 ވަނަ އަހަރާ ހަމައަށް 135.7 ޕަސެންޓަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ، މިދިޔަ އަހަރު ހުރި 424.3 މިލިއަން ޑޮލަރުން، އެއް ބިލިއަން ޑޮލަރަށް މި އަހަރު އަރާނެ ކަމަށް ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކަ އެވެ.
މި ހިރާސްތަކުން އަރައިގަތުމަށް، ސަރުކާރުން މިހާރު ފަށާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވޯލްޑު ރިޕޯޓުގައި ވަނީ އަލިއަޅުވާލައިފަ އެވެ.
ޓީޖީއެސްޓީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކްސްތަކަށް މިދިޔަ އަހަރު ގެނައި ބަދަލުތައް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރަން ގެންނަން ރާވާފައިވާ ސަބްސިޑީ އާއި އާސަންދަ ދިނުމުގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރަން ވޯލްޑް ބޭންކުން އިލްތިމާސްކޮށްފައިވެ އެވެ.
ސަރުކާރުން އަންނަނީ އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުހުޅުވޭ
28 April 2025
ޑިސެމްބަރ 2024 ވަނަ އަހަރު ތިޔަ ޓާރމިނަލް ހުވަން ހުރިހާ ކަމެއް ނިމަފައޭ ހުރީ ކިޔާފަ އެއަރޕޯޓް ހިންގަން ތިބި ވެރީން ނޫސްތަކަށް މަޢުލޫމާތުދީ އުޅުނު. އަދި ޑިސެމްބަރ މަހަކީ ވެލާނާ އެއަރޕޯޓަށް ބާރު ބޮޑު މަހެކޭ ކިޔާފަ، އެއަލައިން އޮޕަރޭޓާރސް ކޮމިޓީން ސިޓީއެއް ހޯދައިގެން އެއަރޕޯޓަށް ލުއި ދުވަހެއްގަ، 2025 މާރޗް މަހު ހުޅުވާނަމޭ އޭރު ކީ. ނޫސްވެރީން ނިިކަން ބަލާލަ ދީބަލަ ނިމިފަ ހުރިތަނެއް ނުހުޅުވި މިހުންނަނީ ކީއްވެތޯ.
އެމްސް
27 April 2025
ދުވަހެއް ދުވަހަކަށް ޢާއްމުން ވަނީ ނިކަމެތްޗެވެ! %90 ވަޒީފާ އޮންނަމުންދަނީ އަދިވެސް ބޭރުމީހުންނަށެވެ! ވަކިން ޚާއްސަކޮށް މުސާރަ ރަގަނޅު، ދިވެހީންވެސް ލިބެން ހުރި ހުރިހާ ދާއިރާތަކުގަ މުޅިންހެން ތިބީ ބިދޭސީންނެވެ! 5 އަހަރަށްވުރެ ގިނަ ދުވަހު ބޭރުމީހުންނަަށް ރާއްޖޭގަވެސް ވަޒީފާ އަދާނުކުރެވޭގޮތް ނުހަދައި ބޭރުމީހުން މަދުކުރެވިދާނެކަމަކަށް ނުބެލެވެއެވެ!
ވަރަށް ފޮނިކަނޑައިފަ ފެށީ؟
27 April 2025
ބަންކަރިންއަށް ދުއްވާނުލާތި !!!
ޓޭސީ
27 April 2025
ވޯލްޑުބެންކަށް އެނގޭބާ މި މާލޭގެ ގުދަނެއްގެ ފުރާޅުމައްޗަށް މީހަކު ވެއްޓިގެން މުޅި ދައުލަތް އެކަމުން ސަލާމަތް ނުވެގެން އުޅޭކަން. މި ކަމަށް ހަދާނެ ގޮތެއްވެސް ނޭނގިގެން އެތެރެ ކޮއެލުމީހުން މި ތެޅި ފޮޅެނީ
އަފްރާސިޔާބު
27 April 2025
ވޯލްޑް ބޭންކުން ބުނެދޭންވީނުން އާޓާމިނަލް ހުޅުވީމާ މިވެނި ގައުމަކުން މީހުން އިތުރަށް އަންނާނެޔޭ. އެމީހުން ނައިސްތިބީ އާޓާމިނަލެއް ނުހުޅުވައިގެންނޭ. މިރާއްޖެއަށް ޓޫރިސްޓުން އާދޭ އަދި އެމީހުންގެ އަތުން ލިބޭ ރާއްޖޭގެ ރައްޔިތުންނަށް ވާވަރަށް ޑޮލަރު. އެކަމަކު ދައުލަތާ ޙަވާލުވާ ފަރާތްތަކުން ވަގަށް ދަމަންޏާ އެވަރަށް ޓޫރިސްޓުން ފައިސާދޭނީ ކިހިނަކުން. ކޮން ރިސޯޓެއް އަލަށް ހުޅުވައި ތިބުނާ ވަރަށް މީހުންގެނެސް އިގްތިސާދަށް ޑޮލަރުވައްދަނީ.
އަރަފަ
27 April 2025
ޝުކުރިއްޔާ ރައީސް ޔާމީން
ތަފާތު ރައީސެއް؟
27 April 2025
ރައީސް ޔާމީން ވަރެއް ހަމަނެތޭ ދެއްތޮ؟
އިބުއްކޮ
27 April 2025
އިބޫ އައިގޮތަށް އައިސް މަސައްކަތް ހުއްޓުވީ..
ކޮލަމާހުއްޓާ
27 April 2025
މުއިއްޒުގައިމު ވެރިކަމާ ހަވާލުވެފަ ބުނި ތިމަންނަ ތިތަން ހުޅުވާނަމޭ ހުސްވި އަހަރު މެދުތެރޭ. މިހާރު މިދާގޮތުން ހުޅުވެނީ ހަމަ ކުރިންވެސް ރޭވިފަ އޮތްގޮތަށް މިއަހަރުގެ ފަހުކޮޅުގަ.
ރަންނަ
27 April 2025
ކާކު ބުނީ ތިތަން މިއަހަރު ހުޅުވައޭ؟ ހުޅުވާނަމަ މިހާރު އެތެރެ އޮތްގޮތަށްއޮތަސް އައުޓްލެޓްތަކަށް ބިޑަށް ހުޅުވާނެ. ބިޑްތައްނިންމާ ތަންތަން ހަވާލުކޮށް އެތަންތަން ބިނާކޮށް ހުޅުވުމަކީ ހަފްތާއަކުން ނިމޭކަންތަކެއް ނޫނޭ
ކޮލަމާހުއްޓާ
27 April 2025
އެކަންއޮންނާނީ މިހާރު އަޑިއަޑިން ނިންމާފަ. މީ މޯލްޑިވްސް. ތަފާތުވާނެ.
އިބުރާ
27 April 2025
ތިަސްވުރެ މަ ބޮޑި ކަންތައްތައްެސް ބިރަކާއި ނުލައި ބިޑަކާއި ނުލައިދޭއިރު ތިދެން ކޯއްޗެއް. ދޭނެ ބަޔަކަށް ދީ ނިމިފައި ހުންނާނީ. ނޭނގޭ މިހާރު ހަދައި ނުނިމޭ ކަމެއްވެސް