މާލިއްޔަތު ކޮމިޓީ. ޕޮލްކޯގެ ކުރީގެ ވެރިން ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައި -- ފޮޓޯ: މިހާރު
08 މެއި 2025 - 15:29
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ ކުރީގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ސިއްރުކޮށްފި އެވެ.
މިއަދުގެ މެންދުރު 2:00 ގައި ބޭއްވި އެ ބައްދަލުވުން ވެސް ސިއްރު ކުރީ އިއްޔެ ބޭއްވި ޕޮލްކޯގެ މިހާރުގެ އިސްވެރިންގެ ބޭއްވި ބައްދަލުވުމެކޭ އެއް އުސޫލުން ކަމަށް ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި، އިއްޔެ ބޭއްވި ބައްދަލުވުމެކޭ ވެސް އެއްގޮތަށް އޭސީސީގެ މުވައްޒަފުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި ކަމަށެވެ.
ޕޮލްކޯގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ހަދާފައިވާ ސަބް ކޮމިޓީން އަންނަނީ އެ މައްސަލަތައް ދިރާސާކޮށް، އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. މިދިޔަ ހަފުތާގައި ބޭއްވި އެ ކޮމިޓީގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާ އިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމައިފަ އެވެ.
ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެގުނަ ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
09 May 2025
ރާއްޖޭގެ ކަންކަން ނުބައި މަގުން ދިއުމުގެ އަސްލަކީ ކަންކަން ސިއްރުކުރުން. ވަރަށް ވާހަކަ މިބުނީ.
ނުނން
08 May 2025
އެސިއްރު ؟؟؟؟؟
ޑރ ވާންޗޯ
08 May 2025
ތިޔަ ކުރައްވަނީ ބޮޑުކޮރަޕްސަނެއްގެ ތަހުގީގުތޯ؟. ނޫނީ ވީއައިޕީ ބަޔެއްގެ ޚިޔާލު ހޯއްދަވަނީތޯ؟. ތިޔަދާގޮތުން ސިއްރު ހުކުމެއްކޮށްފަ ސިއްރު އަދަބަކުން ތޯއްޗެނިމޭނީ!!!.
ކޮވެލި
08 May 2025
ވައްކަން ބަލާ ކޮމިޓީ ސިއްރުވީމަ ދެން ކޮންކަމެއް ރަނގަޅުވާނީ. މީ ހުރިހާވެސް މައްސަލައަކީ
މަބުނީ
08 May 2025
ބައިއަޅަނީ އުތަ؟
ގަބުޅިސްތާން
08 May 2025
ކޮބައިހޭ އެ "ކުށް"ވެރީންގެ ފޮޓޯ؟