ފެން ބިލް އެޕް. ބިލަށް އަރާފައިވާ ޖޫރިމަނާ މާއަފްކޮށްދިނުމުގެ ޕްލޭނެއް ހަދައިފި -- ފޮޓޯ: އެމްޑަބްލިއުއެސްއީ
09 މެއި 2025 - 11:54
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދައްކައި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މި ޕްރޮގްރާމްގައި މާފުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މަހުގެ 1 އިން ފެށިގެން ޑިސެމްބަރު 31، ގެ ކުރިން ބިލްތައް ދައްކާ ނިންމާ ނަމަ އެވެ.
އެއްބަސްވުމެއްގެ ދަށުން، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ނިންމަން ކަސްޓަމަރުންނަށް އެދުމުގެ ފުރުސަތު އެމްޑަބްލިއުއެސްސީ އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ނަމަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި 1050 އަށް އެސްއެމްއެސް ފޮނުވައިގެން ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
09 May 2025
ނުދައްކާތިބި މީހުންނާއި ވިޔަފާރިތަކަށް މޮޅުގޮތް. ދެއްކި މީހުންނަށް ޝުކުރިއްޔާ
ބިލްޕޭ
09 May 2025
ބިލްތައް ބަރާބަރަށް ދައްކާ މީހުންނަށް ނެތްތަ ޑިސްކައުންޓެއް؟
ލައިޓް
09 May 2025
ހުކުރު ދުވަހު 3 ވަނަ ފްލޯ އަށްވެސް ފެނެއްނާރާ! ހިދުމަތުގެ ފެންވަރުގެ ވާހަކަ ދައްކަބަލަ!
މައްކޫ
09 May 2025
ތިޔާ ކަމަކީ އޯނަރުން ކުރަންޖެހޭ ކަމެއް، ބޫސްޓަރ ހަރުކޮށްލާ
ރަންކޮޅާ ބުނަންތަ!
09 May 2025
މަތީ ފްލޯރ ތަކަށް ފެން ނާރަނީ ތި ޢިމާރާތަށް ފެން ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުރި ފެން ޕަމްޕް ގެ ކޮލިޓީ ދަށްވީމަ އެވެ. މާލޭގެ އެހެން ބިލްޑިންގ ތަކުގެ ފްލޯރ ތަކަށް ފެން ނުލިބޭ ނަމަ، އިތުރު ބަޔަކު އެވާހަކަ ދައްކާނެ އެވެ. އެކަމަކު ނުދައްކައެއް ނޫންހެއްޔެވެ! އެހެންވީމައި އެއީ އެމްޑަބްލިޔޫއެސްސީ ގެ މައްސަލައެއް ނޫނެވެ. ތި ޢިމާރާތުގެ ފެން ޕަމްޕް ގެ މައްސަލަ އެކެވެ.