މާފުށި. އެކައުންސިލްގެ އާމްދަނީން 12 މިލިއަންގެ ބޮޑު ފަރަގެއް ފާހަގަކުރެވޭ -- ފޮޓޯ: މިހާރު
25 މެއި 2025 - 10:40
މާފުށީ ކައުންސިލް އިދާރާ އަށް 2022 ވަނަ އަހަރު ލިބުނު އާމްދަނީގެ ހިސާބުތަށް ސައްހަ ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުން އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މާފުށީ ކައުންސިލުން 2022 ވަނަ އަހަރު ލިބުނު ފައިސާގެ ގޮތުގައި 14 މިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. ލޯކަލް ގަވަންމެންޓް އޮތޯރިޓީން ކައުންސިލްތަކަށް އަންގާފައިވަނީ ކައުންސިލް އިދާރާތަކުގެ ހުރިހާ ފައިސާއެއް ޖަމާކުރަން ޖެހެނީ "ވިޔަ މޮޑިއުލް" އަށް ކަމަށް ވިޔަސް އެކަމަކު އެ ކައުންސިލުން އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.
ގެސްޓް ހައުސް އާއި ހޮޓާތައް ހިންގުމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ރަށުގެ ކައުންސިލުން ވިޔަ މޮޑިއުލްގެ އިތުރުން މައިކްރޯސޮފްޓް އެކްސެލްގައި ރެކޯޑު ކޮށްގެން ވެސް ފައިސާ ބަލައިގަނެފައިވެ އެވެ. އަދި ވިޔަ މޮޑިއުލްގެ ރެކޯޑުތައް ދައްކާ ގޮތުން އެ ކައުންސިލުން 2022 ގައި ބަލައި ގަނެފައިވަނީ 141،000ރ. އެވެ. އަދި މައިކްރޯސޮފްޓް އެކްސެލް މެދުވެރިކޮށް 1.6 މިލިއަން ބަލައިގަނެފައިވެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، 1.6 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ކައުންސިލްގެ ރެކޯޑުތަކުން ދެއްކި ނަމަވެސް "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ވާ އަދަދާ ދެމެދު 12.2 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށެވެ. އެހާ ބޮޑު ފަރަގެއް ފެންނަ އިރު ހިސާބުތައް ރީކޮންސައިލްކޮށް ތަފާތު އައި ސަބަބު ބަޔާންކޮށްފައި ނުވާތީ، އެ ހިސާބުތަކުގެ ސަހައްކަން ކަށަވަރު ނުވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އާމްދަނީގެ އިތުރުން، ހަރަދުތައް ކުރުމުގެ ހިސާބުތަކުގައި ވެސް މައްސަލަތައް ހުރިކަން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ. މާފުށީ ކައުންސިލްގެ މާލީ ހިސާބުތަކުގައިވާ ގޮތުން 2022 ވަނަ އަހަރު ހަރަދުގެ ގޮތުގައި 10 މިލިއަން ރުފިޔާ ރެކޯޑުކޮށްފައި އޮތަސް ވިޔަ މޮޑިއުލްގެ ހިސާބުތަކުން ހަރަދުގެ ގޮތުގައި 14 މިލިއަން ރުފިޔާ އަރަ އެވެ. އެހެންވެ، ކައުންސިލްގެ ހަރަދުތަކުގައި 4.2 މިލިއަން ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ.
އޮޑިޓް އޮފީހުން ބުނީ، ހަރަދުތަކުގެ ހިސާބުތަކުގައި ވެސް ވިޔަ މޮޑިއުލްގައި ހުރި ބައެއް ހަރަދުތަކުގެ މާލީ ބަޔާންތައް ނެތުމުން އެ އަހަރު އެ ކައުންސިލުން ކުރި ހަރަދުތަކުގެ ސައްހަކަން ވެސް ނުބެލޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭޔަރުންގެ ޖީބުން
25 May 2025
އައްޑޫ ސިޓީކައުންސިލްވެސް ބަލާލަބަލަ.
ބަރަކޫޑާ
25 May 2025
މަބުނީ ރަސް"މާލެ" އިން ގޯތި ބޮޑަށް ހައްގުވާނީ ހަތަރުފައިކަށި މާލޭ މީހުނަށްތަ ނޫނީ ގުޅި، މާފުށީ މީހުނަށްތަ.
އޮނަރަބަލް އަފީފު ދީދީ ގެ ބަކުރުބެ
25 May 2025
ރަށް ކުރިއަރުވަން ރަށު ގޯތީގައި ގެސްޓު ހައުސް އަޅަން ރަށަށް ދޭބަލަ
މުޑަހަންޖާ
25 May 2025
ކ.މާފުށީގައި އިންޓަނޭސަނަލް އެއާޕޯޓެއް އަޅާފައި ލަސްނުކޮށް ޑައިރެކްޓް ފްލައިޓް ބާއްވަންޖެހޭ، އެއާޕޯޓުގެ ހަރަދު ހަފްތާއަކުން ލިބިފަ އަނެއްހަފްތާގަ ފައިދާވާންފަށާނެ.
ވަން
25 May 2025
ފިޔަވަޅު ނާޅަންޏާ ދައްކާ ވާހަކައިގެ ބޭނުމެއް ނެތް... ލާރިކޮޅު ދަވާލައިގެން ދާންވީ. އެހެންނު.
އޮނަރަބްލް އަފީފު ދީދީ
25 May 2025
ކ.މާލޭގެ ބޮޑުން ތަކެއް އެރަށުގައި ހިންގަމުންދިޔަ 30 އަހަރުގެ ވެރިކަން ވައްޓާލަން އައްޑޫސިޓީ އިން ތުރާކުނަށް ހިމެނޭ ރަށްތަކުގެ ރައްޔިތުން ތެދުވެ ޤާނޫނުއަސާސީ އިސްލާޙް ކޮށް އެ ޤއ ގައި ލާމަރުކަޒީ ބާބެއް ހިމެނި ދުވަހުވެސް މާލޭގެ ބޮޑުން ދިޔައީ އެކަމަށް ހުރަސް އަޅައި މިއީ ރާއްޖޭގައި ހިންގޭނެ ނިޒާމެއް ނޫން ކަމަށާއި މީގެ ސަބަބުން ޤައުމު ބައިބައިވާނީ ކަމަށް ބުނެ އެމީހުންގެ ރަށުގައިއޮތް ބާރު އެހެންރަށްތަކާއި ޙިއްސާކުރަން ދެކޮޅުހަދަމުންކަން އެންމެނަށް އިގޭ.
އޮނަރަބްލް އަފީފު ދީދީ
25 May 2025
ތިއީ ކޮންމެ އަހަރަކު ފާސްކުރާ 60 ހަކަށް ބިލިޔަން ރުފިޔާގެތެރެއިން %80 ކ.މާލޭގެކަންކަމަށް ކަޑައަޅާފައި ބާކީއޮތް ލާރިކޮޅު އެހެން ހުރިހާ ރަށްރަށަށް ބަހާލީމާ އައްޑޫސިޓީ ފަދަ އާބާދީބޮޑު ތަންތަނަށް ލިބޭ އަދަދަށްވުރެންވެސް ބޮޑުއާމްދަނީ އެއް ހިންމަފުއްޓާއި މާފުށި ފަދަ ރަށްރަށަށް ލިބޭތީ އެކަން ހުއްޓުވާލާނެ މަގެއް ހޯދަން މާލޭސަރުކާރު ހިންގަންތިބި އެރަށު މީހުން ކުރާ ކަންކަން. އެއުޅެނީ އާމްދަނީ އެމީހުންގެ ރަށަށް ދަމައިގަންނާނެ ގޮތެއް ހޯދަން.
ޔަގީންޓާރ
25 May 2025
އޮޑިޓްތަކާއި ގުޅިގެން ފިޔަވަޅުއެޅުމަކީ ވ މުހިންމުކަމެއް!
ބޮޑުމީހާ2
25 May 2025
އަހަރުން އަހަރަށް އޯޑިޓްކުރެވޭނެ ކެޕޭސިޓީ އޯޑިޓް އޮފީހުގައި ހުންނަންވާނެ. 2022 ގަ ހިނގާ ކަމެއް 2025 ގަ ބެލީމަ ވާނެ އެއްކަމެއްވެސް ނޯންނާނެ. ތިހާވަރަށް މައްސަލަ ހުއްޓަސް ތިކަމުގައި ޝާމިލުވާ މީހުން ބަރާބަރަށް އޮފީހަށްވެސް އަންނާނެ އަދި މުސާރަވެސް ނަގާނެ. ތި އޯޑިޓްތަކުގެ ބޭނުމަކީ ކޮބާ؟
ވާއު
25 May 2025
ކީއްވެހޭ ތިކަމާ ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު ނޭޅެނީ. އެބަޔަކާ ދޭތެރޭ ފިޔަވަޅު އަޅާ ވަޒީފާއިން ވަކިކުރާނަމަ ތިކަހަލަ ކަންކަން މަދުވާނެ. އޯޑިޓަށްވެސް އަދި އެންމެންނަށް ވެސް އެނގި ޔަޤީންވާ ކަމަކީ އެލާރިއަށް ޚިޔާނާތްތެރިވާކަން. އެކަމުގައި ކައުންސެލަރުންނާއި އެކައުންޓް ބަލަހައްޓާ ފަރާތްތައް ޝާމިލުވާކަން. ރައްޔިތުން އިންތިޚާބު ކުރި މަޤާމެއް ނަމަވެސް ޚިޔާނާތްތެރިވާނަމަ މަޤާމުން ވަކިކޮށް ގެއްލުނު ފައިސާ ހޯދެންވާނެ.
ދަގަތްފާނު
25 May 2025
ކައުންސިލްތަކުގެ އޮޑިޓުތަކުން ފާހަގަވާކަމަކީ ކ.މާލޭގަ އެހުންނަ ސަރުކާރު އޮފިސްތަކާއި އެރަށުގަ އެހުންނަ ސަރުކާރު ކުންފުނިތަކާބަލާފަ ފައިސާ ގެންގުޅުން ކައުންސިލްތަކުގަ ހާސްބައި ކުޑަކަން. ހަމަގައިމުވެސް އެއްވެސް ކައުންސިލަކުން 4 ބިލިއަން ބަނޑުއަޅާފައެއްނެތް، ކޮންޓެކްޓަރަށް ފައިސާދީފަ އިތުރަށް 250 މިލިއަން ރުފިޔާގެ ގެއްލުމުގަ ރަށުގަ ފުލެޓު އިމާރާތެއް ނެތް.