17 ޖުލައި 2025 - 19:07
ފިނިކުރި ކަނޑުމަހާއި މިފްކޯ އިން އުފައްދާ ދަޅުމަސް ގަތުމުގެ އެމްއޯޔޫއެއްގައި އިނގިރޭސި ވިލާތުގެ ބަޔަކާ އެކު މިފްކޯ އިން އިއްޔެ ސޮއިކޮށްފި އެވެ.
އެ ގައުމުގެ ޕްރިންސަސް ގުރޫޕާ އެކު އެއްބަސްވީ މިފްކޯ އިން ބުނިގޮތުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުއާމަލާތްތައް ކުރާށެވެ. އޭގެ ތެރޭގައި އެއްބަސްވާ މިންގަނޑެއްގެ ދަށުން ފިނިކުރި ކަނޑުމަހާއި ދަޅުމަސް ޕްރިންސަސް ގުރޫޕުން މިފްކޯ އިން ގަތުން ހިމެނެ އެވެ.
މިފްކޯ އިން ބުނީ، މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
ޕްރިންސަސް ގުރޫޕާ އެކު މިފްކޯގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ ފަރުހަތު ޝަހީރެވެ. ޕްރިންސަސް ގުރޫޕުން ސޮއިކުރެއްވީ އެ ގުރޫޕުގެ ޗީފް ޕާޗޭސިން އޮފިސަރު ނީލް ބޮހަނަން އެވެ.
މި އެމްއޯޔޫގައި ސޮއިކުރިއިރު، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުޅުއްވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކަކަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވެ. އެ މަނިކުފާނު މިއަދު ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / މަތީ
17 July 2025
''މަތީ ފެންވަރުގެ ބައްދަލުވުންތަކަކަށް'' ކިހާ މައްޗެއް ބާ؟؟ ރައްޔަތުންގެ ޖީބަށް އެއްޗެއް ވަންނަ ނަމަ ރަނގަޅު.