އާރްޓީއެލް ފެރީތަކެއް. ޒޯން 2 ގައި ހިމެނޭ ހުރިހާ އަތޮޅަކަށް އާރްޓީއެލް ފުޅާކުރަނީ -- ފޮޓޯ: އެމްޓީސީސީ
24 ޖުލައި 2025 - 11:21
މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް އަންނަ ހަފުތާގެ ހޯމަ ދުވަހު ބ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޒޯން 2 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ބ. އަތޮޅުގައި ދަތުރުތައް ފަށާ އިރު ޖުލައި 28 އިން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުން، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވޭނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި ޒޯން 2ގެ ހުރިހާ އަތޮޅެއް ގުޅާލައި، އާރްޓީއެލް ފެރީގެ ހިދުމަތް އެ ހަތަރު އަތޮޅުގައި ދެވޭނެ ކަމަށެވެ.
ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ. އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންން
24 July 2025
އެއް އަތޮޅުގަ ހުންނަ ފެރީތަށް މަދުކޮށްފަ އަނެއް އަތޮޅަށް ފެރީތަށް ގެންގޮސްގެން ކޯންޗެއް ތި ހަދަނީ
ބޮޑު ތިލަދުންމަތީގެ ރައްޔިތެއް
24 July 2025
އެހެން އަތޮޅު ތަކުގައި އަރު ޓީއެލް ހިދުމަތް ފަށާތީ އުފާވޭ. ނަމަވެސް ހިތާމައަކީ ބޮޑު ތިލަދުންމަތީގެ ރައްތަކުގެ ފެރީތައް ކެންސަލް ކުރާލެއް ގިނަކަން
އަލީމްގ
24 July 2025
ބ އަތޮޅުގައި އާރޓީއެލްގެ ޙިދުމަތް ރިސޯޓްތަކައް ކުރާކައް ނުޖެހޭ، ރިސޯޓް ސްޓާފުން ރަށައް ފޮނުވުމާއި ގެނެސްދިނުމުގެ ކަންކަން ރިށޓުން ކުރަންޖެހޭނެ
ބެޓަރ އިން ބާ
24 July 2025
މާލެ އަތޮޅު ނަގާފައި ރާއްޖޭގައި ރިސޯޓް އެންމެ ގިނަ އަތޮޅު. އާރުޓީއެލް ފަށަން ލަސްވެއްޖެ ކަމަށް ގަބޫލު ކުރަން