ރަންވޭއަށް ފްލައިޓެއް ޖައްސަނީ. ގިނަ އަދަދެއްގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ވަނީ ޑިލޭވެފައި
27 ޖުލައި 2025 - 00:24
ވެލާނާ އިންޓަނޭޝަލްގެ އާ ޓާމިނަލް ހުޅުވި، ރަސްމިއްޔާތަށް އެ ސަރަހައްދުގެ އެއާ ސްޕޭސް ބަންދުކުރުމުގެ ސަބަބުން، ގިނަ ފްލައިޓްތަކެއް ޑިލޭވެ، ބައެއް ފްލައިޓުތައް ޑައިވާޓް ވެސް ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލްގެ ފްލައިޓުތަކުގެ މައުލޫމަތު ފެންނަ، ވެބްސައިޓުން އެނގޭ ގޮތުން، ސިންގަޕޫރު އެއާލައިނާއި އެމިރޭޓްސް އާއި އިންޑިގޯ އަދި ބަޓިކް އެއާގެ ފްލައިޓެއްގެ އިތުރުން ބައެއް ޑޮމެސްޓިކް ފްލައިޓުތައް ވެސް ވަނީ ވަރަށް ބޮޑަށް ޑިލޭވެފަ އެވެ.
ރަންވޭއަށް 11:35 ހާއިރު ފްލައިޓުތައް ޖައްސަން ފެށި އިރު ސިންގަޕޫރު އެއާލައިނާއި އެމިރޭޓްސްގެ ފްލައިޓަށް އެއް ގަޑިއިރުގެ ޑިލޭއެއް އައެވެ. އަދި މެލޭޝިއާގެ ބަޓިކް އެއާލައިންގެ ފްލައިޓެއް ޑައިވާޓް ކުރި އިރު ޑޮމެސްޓިކް ދެ ފްލައިޓެއްގެ ވެސް ވަނީ ޑައިވާޓުކޮށްފަ އެވެ. ފްލައިޓް އިންޕޮމޭޝަން ސާވިސް ވެބްސައިޓުން އެނގޭ ގޮތުން އިންޑިގޯ އިން ކޮޗިން އިން އައި ފްލައިޓެއް ވެސް ވަނީ ޑިލޭވެފަ އެވެ. އަދި މޯލްޑިވިއަންގެ ޑޮމެސްޓިކް ފަސް ފްލައިޓެއް ވެސް ޑިލޭވެފައިވެ އެވެ.
އެނގިފައިވާ ގޮތުން ރަންވޭ ބަންދުކޮށް، އެހާ ގިނަ އިރުވީ، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯ ބޭއްވުމަށް ބޭނުން ކުރި ބައެއް ޑްރޯންތަކެއް ރަންވޭ މައްޗަށް ވެއްޓުމާ ގުޅިގެން، ކްލިއާ ކުރަން ވަގުތު ނެގުމުންނެވެ.
އެމްއޭސީއެލް އިން ބުނީ، މިހާރު ރަންވޭ ހުޅުވާލާފައިވާ އިރު، ޑިލޭވި ފްލައިޓުތައް މަޑުމަޑުން ޖައްސަމުން އަންނާނެ ކަމަށެވެ.
ޑްރޯން ޝޯ އާއި ހަވާ އެރުމުގެ ހަރަކާތްތައް ބޭއްވީ މިރޭ 9:20 އިން 9:50 އާ ހަމަ އެވެ.
އާ ޓާމިނަލް ހުޅުވާލި އިރު އެތަނުގެ ހިދުމަތް ފުރަތަމަ ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުކުރާ ފަރާތްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 July 2025
މަތީގައި ދެންނެވިގޮތަށް GAN International Airport އަޕްގުރޭޑް ކޮށްލުމަށްޓަކާ އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ޑިޕާޗަރ ބިޒިނެސް ލައުންޗާއި އެކު ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް ⭐️ ⭐️ ⭐️ ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އެކަނި ހަދައިގެންވެސް މިވަގުތަށް އައްޑޫ އެއަރޕޯޓަކީ ހުޅުލެއަށް ކަމެއް ދަމެއް ދިމާވެއްޖެ ޙަލަތެއްގައި ރާއްޖޭގެ އޯލްޓަނޭޓިވް އެއަރޕޯޓްގެ ގޮތުގައި އޮޕަރޭޓް ކޮށްލެވޭ ގޮތަށް އޮތް A-380 ވެސް ޖެއްސޭނެ ރަންވޭއެއް އޮތް ތަނެއް.
ވިލްދާނު
27 July 2025
އެހެންވީމާ ޑްރޯން ޝޯ ނިިިމުމުން މާލެއާ ދިމާއަށް ބުރައިގެން އެ އައީ ކޮންޓްރޯލުން ނައްޓައިގެން އައި ޑްރޯންތަކެއް ތާ ދޯ؟
މިއުމިއު
27 July 2025
މިއީ ދެން ހުރި ހުރިހާ ރައީސުންގެ މައްސަލަ. ޝުކުރިއްޔާ ޑރ މުއިއްޒު
އެންމެން ހެޕީ
27 July 2025
ލޮލް
ކިމޮސް
27 July 2025
މިސްމެނޭޖް މަންޓް.......