ގަވަރުނަރު އަހުމަދު މުނައްވަރު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން. އޯއެމްއޯގެ ތެރެއިން 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދާފައިވޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
07 އޯގަސްޓް 2025 - 11:23
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، އެ ތަނަށް 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.
އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.
ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފަ އެވެ.
ބޭންކުތަކުން ޓީބިލާއި ޓީބޮންޑުގެ ގޮތުގައި އިންވެސްޓްކުރުމާއި ރުފިޔާއިން ދޫކުރާ ލޯނު އިތުރުވުމުގެ ސަބަބުން، މިދިޔަ އަހަރު ބޭންކިން ނިޒާމުގައި އިތުރަށް ހުރި ރުފިޔާގެ ލިކުއިޓީ ކޮންމެ ވެސް ވަރަކަށް ދަށަށް ދިޔަނަމަސް، މި އަހަރު އަނެއްކާ ވެސް ރުފިޔާގެ އެކްސެސް ލިކުޑިޓީ މައްޗަށްދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ އެވެ. އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއެމްއޭ. މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ --- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައި ފައިސާގެ އަދަދެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން ފެށީ ކޮވިޑު ދުވަސް ދުވަރު ދިމާވި، ކޭޝް ފްލޯގެ ތާށިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުންނެވެ. ނަމަވެސް، އެކަން ވަނީ 2023 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ. ޕަބްލިކް ބޭންކް އެކައުންޓު (ޕީބީއޭ) އިން އޯވަޑްރޯ ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރަށް އިތުރު ޕްރެޝާތައް ކުރިމަތިވި އެވެ.
ދިވެހިރާއްޖޭގައި ސަބްސިޑީ އާއި ޓެކްސް އަދި ޓެރިފް ފަދަ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަނަށް ބޮޑު އަސަރެއް ކުރެ އެވެ،"--- އެމްއެމްއޭ
އެމްއެމްއޭ އިން ބުނީ އޭޕްރީލް 2020، ފެށިގެން ޕީބީއޭ އޯވަޑްރޯ ކުރަން ފެށުމާ އެކު ރުފިޔާގެ ޑިޕޮސިޓްތައް ވަރަށް ބޮޑުތަނުން އިތުރުވި ކަމަށެވެ.
"އަދި ރުފިޔާ ޑިޕޮސިޓްސް މިހާރުވެސް އިތުރުވަމުން ދާއިރު، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފަދަ ޑިޕޮސިޓްސް ވަނީ އަހަރުން އަހަރަށް ބަލާއިރު 18 ޕަސެންޓަށް އިތުރުވެފަ އެވެ. އެހެންނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ ޑިޕޮސިޓްސް އިތުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ." އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
އެމްއެމްއޭއިން އެ މުއްދަތުގައި ބޭރު ފައިސާއިން ލޯނު ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. ރުފިޔާގެ ޑިޕޮސިޓާއި ލޯނު އަދި އެކްސެސް ލިކުއިޑިޓީ އިތުރުވުމާއި، ބޭރު ފައިސާގެ ޑިޕޮސިޓް އަދި ލޯނު ދޫކުރާ މިންވަރު މަޑުޖެހުމުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް ވެސް ކުރަމުން ދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖޭގެ ބާޒާރުގެ އަގުތައް ބޮޑަށް ބިނާ ވަނީ ބޭރުގެ ބާޒާރުގެ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާއި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކަށެވެ.
"ދިވެހިރާއްޖޭގައި ސަބްސިޑީ އާއި ޓެކްސް އަދި ޓެރިފް ފަދަ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަނަށް ބޮޑު އަސަރެއް ކުރެ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށްފައިވާ އެންމެ ފަހުގެ އިންފްލޭޝަން ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގަ އެވެ،" މަރުކަޒީ ބޭންކުން ލިޔުމުން ނެރުނު ބަޔާނުގައިވެ އެވެ. "އަދި ވޭތުވެ ދިޔަ ބާރަ މަސް ދުވަހުގެ އެވްރެޖް އިންފްލޭޝަން ރޭޓްގެ ހުރީ 3.6 ޕަސެންޓުގަ އެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބ.މައިކް
08 August 2025
މުނައްވަރު ކިތަންމެ ހެޕީވިއަސް އާދައިގެ ރައްޔިތުންގެ މޫނުހުރީ ތިޔަހެނެއްނޫން
ޢެޑްމުންޑޯ
08 August 2025
ޥަރަށް ރަގަޅު ، ތިހުރިހާ ކަމެއްކުރާއިރުވެސް 20 ރ އަށް ޑޮލަރެއްލިބެނީ ، ތިވަރުގެ ގާބިލް ހަރުދަނާ ބަޔަކު ހީނުވޭ ތިބޭނެހެން ، ޝުކުރިއްޔާ ތިޔަ ކުރައްވާ ބުރަ މަސައްކަތްތަކަށް
ކޮބާތަ ލިކުއިޑިޓީ އަކީ
08 August 2025
ކޮބާތަ ލިކުއިޑިޓީ އަކީ ކިޔާދީބަލަ. އަހަރުން ގަމާރުންނަކަށް ނޭގޭ މޮޅު ނަމެއް ކިޔަސް
ކަޅު ސައި
08 August 2025
ލިކުއިޑް ޓީ .. މާނައަކީ ދިޔާ ސައި! އެނގިއްޖެ؟ :)
ހުސީނު
08 August 2025
މަހުވެއި. މީ މުއުޖިޒާތައް. އަބަދައް އަރަނި. ބެންކާއި އެމް.އެމް.އޭ ފުރިގެން ބަންޑުންވަނީ. ރައްޔިތުން ހަނާވަނީ. އަދިވެސް ކުރީ ސަރުކާރު.
ޙައްގުބަސް..
07 August 2025
މިހާ ބޮޑައް އަޑި އަޅާލީ އެމްޑީޕީގެ ސަބަބުން.
ރާއްޖޭން ބޭރުގައި އުޅޭ ރާއްޔިތުން
07 August 2025
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ކާޑު ބޭނުން ކުރުމެކޭ ރާއްޖޭގެ ބްލެކް މާކެޓުން ޑޮލަރު ގަނެގެން ގެންދިއުމެކޭ މިއަދު ތަފާތެއް ނެތް. 1542 އަށް ލިބެނީ މިހާރު 80 ޑޮލަރަށް ވާވަރަށް ބޭރު ފައިސާ. ބައެއް އޭޓީއެމްތަކުން 75 ޑޮލަރަށް ވާފައިސާ އޭގެ އިތުރުން ބީއެމްއެލް އެކައުންޓުން ކަނޑާ ފައިސާގެ އަދަދު ރަސްމީ ރޭޓުން ބޮޑުތަނުން ބޭރުވޭ. ގައުމުތަކުގެ ރޭޓަކަށް ބަދަލެއް ނާދޭ. ބީއެމްއެލް އިސްވެއޮވެ ރައްޔިތުން ފަގީރުކުރުމަށް މިކުރާ ކަންތައް ހާދަހާ އަނިޔާވެރި ވެއްޖެއޭ
މެލޭޝިއާ މޭ ބޭންކް
08 August 2025
ތެދު ވާހަކައެއް. މިވީ 48 މަސް ރާއްޖޭން ބޭރުގަ ދިރިއުޅޭތާ. މިހާރު ބޮޑު ދުއްތުރާލަކަށް ވެއްޖެ. ވައްކަންކޮށްގެން ހޯދާ ފައިސާއަކުންނެއް ނޫން މިއުޅެނީކީ. ތިވަރު ފުކަކަށްވުރެ ބޮޑު ވެއްޖެ މިހާރު.
ރަށު މޮހޮނަ
09 August 2025
ތީ ދޮގެއް މިހިރީ މެލޭޝިޔާގަ، ކާޑުން ހުރިހާ ކަމެއް މިކުރަނީ، ލާރި ކޮޅެއްގެ ތަފާތެއް އުޅެނީ ބުނެފަ އިން ރޭޓާ.
ދޮގުޕާޓީ
07 August 2025
ތީގެ މާނައަކީ ސަރުކާރުން އާންމު ފަރުދުންނަށް ދޭންޖެހޭ ފައިސާވެސް ނުދީ ގެންގޮސް އެމް.އެމް.އޭ އަށް ވެއްދީއޭތަ. ކިހާ ދެރަކަމެއް 2 އަހަރުވެފަ ހުރި ފައިސާތައް ދޫކުރާށޭ.
ގަމާރުންގެ ކޮޕީކުރުން
07 August 2025
ގަވަރުނަރަށް ނޭގުނު އެއްކަމަކީ ޓެކްސްޓް ފޮތްތަކާ ގައުމެއްގެ ކޮންޓެކްސްޓާ ތަފާތުވާކަމެވެ. ތިކުރީ ޓެކްސްޓް ފޮތުން ކޮޕީ. ތީގެ ހިތި ފެންނާނީ ހަމަ ރައްޔިތުންނަށް. އާބާދީ 379،000 އިގްތިސޯދުގަ ވަރު އެބަހުރި އަހަރަކު މަދުވެގެން 4 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ނެރެން އެވެސް މިވަގުތު މާބޮޑު ބުރައެއް ނެތި. ރައްޔިތުންނަށް ވީގެއްލުމަކީ މުދަލާ ހިދުމަތުގެ އަގު މަތިވެފަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުން. އަގު ދެނެއް ތިރި ނުވާނެ. ތިޔަ ގެއްލުމަށް 10 އަހަރު ނަގާނެ.
ޖަލީލަ
07 August 2025
2.1 ބިލިއަން ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދޭތާ އަހަރުތަކެއް ވަނީ! ލަދުނުގަނޭތަ މަނިކުފާނު ތިޔަހެން ވިދާޅުވާން؟؟
މާބޮޑަށް ވިސްނިގެން އުޅޭ ބަޔަކަށް
07 August 2025
ސާފު ގޮތަކަށް ބުނާނަމަ ތިއޮތީ ކަރަންޓު ބިލު 4 ގުނައަށް ބޮޑުކޮށް ރައްޔިތުން ފަގީރު ކުރިކަމަށް އެއްބަސްވެފަ. އިމްޕޯރޓް ކްލިއަރ ކުރުން ލަސްކުރުމާ، ތަފާތު ފީތަކާ ޖޫރިމަނާތަކުން ރައްޔިތުންގެ އަތްމަތި ދިތިވާނެ ހުރިހާކަމެއް ގަސްދުގައި ކޮށް މުދަލުގެ އަގު ބޮޑު ކުރެވުނު ކަމަށް. ޑޮލަރުން ދޭ ލޯނަކީ ވަރަށް މަތީ ފަންތީގެ ވިޔަފާރިތަކާ ގުޅޭ އެއްޗެއް. ރައްޔިތުންނަށް އަސަރުކުރީ ބެންކު ބޭނުންކޮށް ސަރުކާރުން ބްލެކް މާކެޓް ޑޮލަރުތައް ބްލެކް ރޭޓުގަ ދަމާގަތުމުން