ގަވަރުނަރު މުނައްވަރު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން -- ފޮޓޯ: މިހާރު
10 އޯގަސްޓް 2025 - 10:36
ބޭންކް ކާޑު ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފްކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
އެ ބޭންކުން ބުނީ، އަންނަ އަހަރު އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށައި އޭރުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ގެ ތެރެއިންނެވެ.
އެ ހިދުމަތާ އެކު، ފަސޭހައިން އަދި ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
"އޭރުން ކިއުއާރް ކޯޑު ސްކޭން ކޮށްގެން އިންޑިއާއަށް ވެސް ޕޭމެންޓް ހެދޭނެ އަދި އަޅުގަނޑުމެން ޔޫޕީއައި [އިންޑިއާގެ ޕޭމެންޓް ސިސްޓަމް] އާ އިންޓަގްރޭޓްވީމާ،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ.
ނެޝަނަލް ކިއުއާރް ކޯޑާ އެކު ހުރިހާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. އޭރުން ބޭންކް ކާޑުތަކުން ފައިސާ ދައްކާއިރު މިހާރު ނަގާ ފީ ވެސް ނުނަގާނެ އެވެ.
އެފަދަ ކާޑުތަކަށް ވިޔަފާރިތަކުން މިހާރު 2.5 ޕަސެންޓުގެ ފީއެއް މީހާރު ދައްކަ އެވެ.
"މާރުކޭޓުގައި ހުންނަ ފިހާރަތަކުން ވެސް އެމީހުން ވެސް ބޭނުންކުރާނީ ކިއުއާރް ކޯޑު. އޭރުން ވަގުތުން ފައިސާ ދެއްކޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި ހިދުމަތަށް ހާއްސަކޮށް، ރާއްޖޭގެ ބޭންކްތަކާ ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. މިކަމަށް އެމްއެމްއޭ އިން އަންނަނީ ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަސައްކަތްކުރަމުންނެވެ.
އެ ކުންފުނީގެ ބޭނުމަކީ، ޕޭމަންޓްތައް ހެދުމުގައި އާންމުންނަށް ލުއިފަސޭހަ އާ ޒަމާނީ ހިދުމަތްތައް ތައާރަފް ކުރުމެވެ. އެ ކުންފުނި މަސައްކަތްކުރާނީ ދުނިޔޭގެ އެހެން ނެޝަނަލް ޕޭމަންޓްތައް ހިންގުމަށް ހަދާފައިވާ ކުންފުނިތައް މަސައްކަތްކުރާ އުސޫލުންނެވެ. އެއާ އެކު އޯޕަން ބޭންކިން އާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެ އެވެ.
ކިއުއާރް ކޯޑު ޕޭމަންޓް ނިޒާމަކީ، ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ހިދުމަތެވެ. ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުންކުރާ މިންވަރު ދުނިޔޭގައި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު 2023 އިން 2030 އެ ދާއިރާ 17 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެ އެވެ. ދުނިޔޭގެ ކިއުއާރް ކޯޑު މާކެޓު ސައިޒުގެ އަގު މިހާރު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަވަރަ އިންސްޓަންޓް އޭ
10 August 2025
ފަވަރައިން ޑޮލަރު ޕޭމަންޓެއް ނުހެދޭ، ހޮޅިވާހަކަ ދައްކަނީ
އަހުމަދުބޭ
10 August 2025
އަޕަލް، ޕޭ ޕޭޕާލް މި ޕުލެޓްފޯމްތަކުގައި އަހަރުމެންގެ ކާޑް ބޭނުންކޮއްލެވޭގޮތް އަދިވެސް ހަމަ ހަދާލެވޭވަރ ގަވަރުނަރަށް ނުވޭދޯ ؟ ތިޔައީ ކިއުއާރކޯޑް ބޭނުންކުރާގޮތް އަދި ރައްކާތެރިކަމާއެކު އެކަން ކުރާނެގޮތް ކަންމަތީ ފިހާރަތަކަށް ބުނެދޭތި ނޫނީ މިއުޅޭ ސުކޭމަރުން އެމީހުން ހަލާކް ކޮއްލައިފާނެ، މިހާރުވެސް އިންޑިއާއިން އެއުލޭނީ ސުކޭމަރުންގެ ކިބައިން ސަލާމަތް ނުވެގެން
ބަދަލި
10 August 2025
ބޭނުން ކުރެވޭތާ މިހާރު 15 އަހަރު ވެދާނެ. މައްސަލައަކީ ރިސީވް ނުކުރެވޭތީ
މުސާ
10 August 2025
މާތް ކަލާކޯ ދެން އަހަރުން ބައްތި ފޯނު ގެންގުޅޭ މީހުން ކިހިނެއް ތަނަކުން ވިޔަފާރި ކުރާނީ. ސަރުކާރަށް ނޭންގެނީ ދޯ އެންމެން އަތުގަ އައިފޯނެއް ނޯންނާނެކަން. ތަންދޮރު ނޭންގޭ މަމޮޅުން ވެރިކަމާ ހަވާލުވީމާ ހަދާނެ ކަހަލަ ގަވައިދު މި ހުންނަނީ.
ޕިކްސް
10 August 2025
ބައްތިފޯނުން ކޮމެންޓު ކުރެވެންޏާ ވިޔަފާރިވެސް ކުރެވޭނެ.
ޑރ ވާންޗޯ
10 August 2025
ކަސްޓަމަރ އުޅޭތަނެއް ވީހިސާބެއް ބެލުމެއްނެތި ސްކޭމަރުންނޯ...އީސިމްއަކަށް ރިކްއެސްޓްކޮށްލާއިރަށް އީސިމްލިބޭ، އެކައުންޓުދޮވެލައިގެން ދިޔައީމަ ސަރވިސްޕްރޮވައިޑަރ ޒިންމާނުކުރެވޭގައުމެއްގަ ހަމައެއްގޮތެއްވެސް ރަނގަޅުނުވާނެ. ސްކޭމަރުންނާ ޑްރަގްޑީލަރުންނާ ޕާޓޭންނާ ގުންޑާއިންގެ ލިސްޓް ޕޮލިސްގައޮވޭ އެމީހުން ހައްޔަރެއްނުކުރެވޭ، ދެންވެސްބުނަންވީ ހުރިހާ ބޮޑުން ގުޅިގެން ކުރާވައްކަމެއްނޫނޭ...
އަދިކިރިޔާ
10 August 2025
ތިކަން ވެއްޖެނަމަ ރަނގަޅު. ހީނުވޭ ވާނެހެން.
ބެންދާޅީސް
10 August 2025
މިހާރު ރާއްޖެއަށް ބޭނުންވަނީ ސިންގަލް ޕޭމެންޓް ސިސްޓަމެއް، ރާއްޖޭގައި އިޝޫކުރާ ހުރިހާ ކާޑެއްގައި އެ ސިސްޓަމް ބޭނުންކުރެވެންޖެހޭނެ، އޭރުން ކޮންމެ ފިހާރައެއްގައި ތިން ހަތަރު ޕީއޯއެސް މެޝިން ނުބަހައްޓާ އެންމެ މެޝިނެއް ބަހައްޓައިގެން އުޅެވޭނެ، އަދި ހުރިހާ އޭޓީއެމް ތަކެއް އެއް ނެޓްވޯކަކުން ގުޅާލާ ކޮންމެ ބޭންކެއްގެ ކާޑު ބޭނުންކޮށގެންވެސް ހުރިހާ އޭޓީއެމްގެ ޚިދުމަތްވެސް ހިލޭ ލިބިގަނެވޭނެ،
ހިޔާ
10 August 2025
ފައިސާ ފޮނުވަން އުދަގޫ ނުވެއެވެ. ބީއެމް އެލް ގައި ހުންނަ ފައިސާގެ ރައްކާތެރިކަން ނެތީ. ފައިސާ ފޮއްޗެއް އެކައުންޓަށް ޖަމާ ވާއިރަށް ބޭންކުން ގުޅާ. އެކަމަކު އެކަުންޓުން މީހަކު ކިތަންމެ ގިނައިން ކެނޑި ނަމަވެސް ބޭންކުން ކިތަންމެ ގިނައިން ކެނޑިޔަސް ކަހާތަން ހިރުވާވެސް ނުލާ ބޭންކު އޮފް މޯލްޑިވްސް އިން
މާލެ މީހާ
10 August 2025
އެޕަލް-ޕޭ، ގޫގަލް-ޕޭ ފަދަ ކާޑުން ޓެޕް-ޓު-ޕޭ ހަދާ ފަދައިން ފޯނުން ޕޭ ކުރެވޭ މާ ފަސޭހަ ގޮތް ތަކެއް ހުއްޓާ ފޯނު ނަގާ، ކެމެރާ ހުޅުވާ، ސްކޭންކޮށް، އެޕޭމަންޓް އެޕްރޫވްކުރަން ޖެހޭ މާ އުނދަގޫ ގޮތެއް މި "ތަޢާރަފު" ކުރަނީ
ޑޮކްޓާރ. ބަނާނާ
10 August 2025
ރިސޯޓް ތަކުން ޑޮލަރު ތައް ނަގައިގެން ފޮނުއަރުވާ 2.0 ސައިޒުގެ ގެވޯޓާމެލަން ތައް ފަޅާލާއިރު މިއަދު ޑޮލަރެއްގެ އަގަކީ 20ރ! ވ . ސަލާމް!
ބުރަސޫރަ
10 August 2025
ކޮބާހޭ ކުރި އަހުދުތަކާ ވައުދުތަކާ ޕޭޕަލް ގެންނާނެމޭ ކިޔާފަ. ވެރިކަމަށް އަޔީމަ ހިތުމިސާލަށް ވެރިކަން ކުރާބަޔެއް ނޯންނާނެ މި ނޫނީ.
ބީއެމްއެލް
10 August 2025
އޭރުން މަށޯ؟. އަހަރަކު ފައިދާއަށް މިނަގާ 2 ބިލިއަން ކޮންތާކުން ހޯދާނީ،؟.