ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. --ފައިލް ފޮޓޯ: މިހާރު
01 ސެޕްޓެމްބަރ 2025 - 09:52
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވިޔަސް، ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ ޖުލައި މަހުގެ އިގުތިސާދީ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި، ޖުލައި މަހު ރާއްޖެއަށް 186،738 ޓޫރިސްޓުން އަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ ނިސްބަތުން 11 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ޖުމްލަ އަދަދާ އަޅާބަލާއިރު، މި އަހަރު ލިބިފައިވާ ނުވަ ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
އެއީ، މި އަހަރުގެ ފުރަތަމަ ހަތް މަހު ރެކޯޑުކޮށްފައިވާ 1,294,868 ޖުމްލަ ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 1,183,057 ޓޫރިސްޓުންނާ އަޅާކިޔުމުންނެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރާ ޓޫރިސްޓު އެނދުގެ އަދަދު، ނުވަތަ ބެޑް ކެޕޭސިޓީ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އިތުރުވެފަ އެވެ.
މިގޮތުން، މިދިޔަ ޖުލައި މަހާ ހަމައަށް ޓޫރިސްޓުގެ އެނދުގެ އަދަދު 3،114 އިން އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
ޓޫރިސްޓުންގެ އަދަދު މި އަހަރު އިތުރުވެފައިވިޔަސް، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވަނީ ކުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި އެވްރެޖުކޮށް ރާއްޖޭގައި ޓޫރިސްޓުން ތިބޭ މުއްދަތު 7.6 ދުވަސް، މި އަހަރުގެ އެ މުއްދަތުގައި ވަނީ 6.9 އަށް ވެއްޓިފަ އެވެ.
އެއީ މި އަހަރުގެ މިހާތަނަށް އެވްރެޖް ސްޓޭ ޖުލައިގައި އެންމެ މަތިވި 7.5 ދުވަސް އެ ނިސްބަތް ހިމެނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަްރެ
01 September 2025
ޓެކްސްތައް މާ މަދީ. އަދި ގިނަ ކޮށްލަން ވީ.
ޑރ ވާންޗޯ
01 September 2025
ރާއްޖޭގަ ޓުއަރިސްޓުންގެ އަތުންނެގޭ ޓެކްސްތައްވެސް ބޮޑު، ޓުއަރިޒަމް ޓެކްސްގެ ގޮތުގަ 17% ، ގްރީން ޓެކްސް ދުވާލަކަށް 12 ޑޮލަރ، ސަރވިސްޗާޖް 10%. . ރެޔަކަށް 300 ޑޮލަރ ގެ ކޮޓަރިޔަށް އިތުރަށް ކޮންމެރެޔަކަށް 93 ޑޮލަރ ޓެކްސްތަކަށް ދައްކަންޖެހުނީމަ އެއީ ބޮޑުވަރު. އަނެއްކާ ރެޔަކަށް 12ޑޮލަރ ގެ ގްރީންޓެކްސްއިން ސަރުކާރުން ގްރީންކުރަން ކުރަނީ ކޮންކަމެއްތޯ؟.
ފަރަންޖީ
01 September 2025
ތި ނަމްބަރު ދާނީ ދުވެއް ދުވަހަކަށް މައްޗަށް. އެއީ ގެސްޓް ހައުސްއަށް އަންނަ މީހުން ގިނަވާތީ. ގެސްޓް ހައުސްތަކުގައި ތިބޭ މުއްދަރު ކުރު.
ހުސެންް
01 September 2025
ރާއްޖޭގަ ކުރާނެ ކަމެއްނެތޭ... ހަމަ އެކަނި ބީޗް ވިއްކާއިގެން މިހާރަކު ނުހިގާނެ... މިހާރު ދަތުރުކުރަނީ ޒުވާނުން އެމީހުން ބޭނުންވާނެ އެންޓަޓައިންމެންޓް... ބީޗްގަ ފޮތްކިޔަން ތިބޭ މުސްކުޅިން މިހާރު ހުސްވެއްޖެ..
އުދުހޭ
01 September 2025
ނުނިމޭ ޓާމިނަލެއް ހުޅުވުމުން އޭގެ އަސަރު ޓޫރިޒަމަށް ކުރާނެ. އަންނަ އަހަރު ބޮޑުތަނުން ދައްވާނެކަމަށް ބެލެވޭ.
އިނގުރައިދޫ ޒުހޭރު ޖޭޖޭ
01 September 2025
ކެތްރީނާ ކައިފް ކަހަލަ ދެތިން މީހުން އެމްބަސަޑަރަށް ލާންވީ ރާއްޖެ ޕުރޮމޯޓް ކުރަން. ސަޅި ސަޅި
ލާރި ލިބޭ މިންވަރު މުހިއްމީ
01 September 2025
މުއްދަތު ކުރަސް ކުރާ ޚަދަރު ގިނަކަމަށް ވަންޏާ އޯކޭ. ލިބޭ ޖުމްލަ ގިނަވާ ކަމަށް ވަންޏާ ތީ ބޭކާރު ދިރާސާއެއް.
ރަނގަޅުވާހަކައެއް
01 September 2025
ތީ ހަމަ އެއްވަނައިގެ ވާހަކައެއް. ލިބޭ މިނަވަރު ުހިއްމީ
ސެމި
01 September 2025
އެހެންގައުމުތަކުން ޓެކްސްކުޑަކުރަނީ މިތާ ބޮޑުކުރަނީ، މިހާރު ޔޫރަޕުންވެސް އަންނަނީ 4-6 ނައިޓްސްއަށް. ރާއްޖެ މާއަގުބޮޑީ!
ސަންޗޯ
01 September 2025
އެއްފަހަރަކު ދުބާއީއަށް ދިޔަދަތުރެއްގަ ދިމާވިގެސްޓަކާ އަހަރެން ތިސުވާލުކުރިން ތިއީ މިއަދަކު ހިގާކަމެއްނޫން ރާއްޖޭގެ ޓޫރިޒަމްގެ އަގުދަނީ ދައްވަމުން މިހާރުގެސްޓުން އަންނަނީ 5 ވަރަކަށް ދުވަހަށް ދެންދަނީ ދުބާއީއަށް އެތަނުން އެމީހުންނަށް ހުރިހާއެއްޗެއް އެކްސްޕީރިއަންސް ކުރަން ލިބޭ،
ކޮރަލް
01 September 2025
ގައުމުގެ ދަރަނި ބޮޑު ވާވަރަކަށް އެހެން ވާނެ އެވެ. ކޮރަޕްޝަން އުޅެނީ ބިލިއަނުންނެވެ. ދެން ހުރިހާ ކަމެއް ރަނގަޅު ކުރަން ދެ އަހަރުން އެއް އަހަރު ޓީޖީއެސްޓީ ފަދަ ޓެެކްސް ތައް ބޮޑު ކުރީމަ އޭގެ އަސަރު ޓޫރިޒަމް އަށް ކުރާނެ އެވެ.