ފަރެސްމާތޮޑާ އެއާޕޯޓް: ރީޖަނަލް އެއާޕޯޓްސްގެ އެއާޕޯޓުތައް ހިންގުން އެމްއޭސީއެލްގެ ދަށަށް ވަނީ ބަދަލުކޮށްފައި. -- ފޮޓޯ | މިހާރު
02 ސެޕްޓެމްބަރ 2025 - 12:41
ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ހާމަކުރައްވައިފަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމަކާ އެމްއޭސީއެލްއިން ހަވާލުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލް އިން ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެ އެވެ.
"އަޅުގަނޑުމެން ޓޯޓަލް ޓޭކްއޯވާ ކުރިތާ ދެހަފުތާ ވަރު މިވީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރީޖަނަކް އެއާޕޯޓްސް އިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލް އިން ހަވާލުވި އިރު އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށެވެ. އެގޮތުން ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އެމްޑީ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެެހެންވެ، އެ އެއާޕޯޓްތަަކަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމުގެ މަސައްކަތް އެމްއޭސީއެލް މިހާރު ވަނީ ފަށައިފަ އެވެ.
ޝަރީފު ވިދާޅުވީ، ފުވައްމުލަކު އެއާޕޯޓްގެ ފަޔަ ޓްރަކް ހަލާކުވެ، އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓުނީ ވެސް އިކްއިޕްމެންޓް ގަތުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށެވެ.
"އެ ތަންތަނުގެ އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. ދެން އަޅުގަނޑުމެން އިމަޖެންސީކޮށް އެއްޗިހި ގަތުމުގެ ޕްރޮސެސް އެއް ފަށްޓައިފިން،" އޭނާ ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ހުރިހާ އެއާޕޯޓެއްގެ ގްރައުންޑް އޮޕަރޭޝަންތައް މިހާތަނަށް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ.
"ނަމަވެސް މި ނުވަ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަނާ ވެސް މި ހަވާލުވީ އަޅުގަނޑުމެން އެމްއޭސީއެލް އިން. ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންގެ ކަންކަން ވެސް މިހާރު ވާނީ އެމްއޭސީއެލް އަށް ބަދަލުކޮށްފައި،" ޝަރީފު ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް އެއްކޮށްލަން ވެސް އޭރު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެއްސޯ ހުތާ
03 September 2025
ކާޑެއްދޫ އެއާރޕޯރޓް އެއޮތީ އަދިވެސް ފަސްދޮޅަސް އަހަރު ފަހަތުގައި. ލަދުން ބޯހަލާކު!!
ހޯރަ ހަރީރާ
02 September 2025
ހޯރަފުށީ އެއާޕޯޓް ހުޅުވިއިރުވެސް ގެނެސް ހުރީ ބާމުދާ އަލަށް ގެނައި ފަޔަރު ޓުރަކުވެސް އޮތީ ބާދަބަރަށް ވުރެ ދެރަކޮށް. ޓާމިނަލްގަ ފުރާޅެއް ނެތްފަދަ. އިބޫ އާއި ސަލީމު ވަނީ ވަރަށްބޮޑަށް އިހުމާލުވެފަ.
ކަޅުޗި
02 September 2025
ކޮބާތޯ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރި 9 އެއާޕޯޓަކީ؟
އެޑްމުންޑޯ
02 September 2025
ސިޔާސީ ބޭނުމަށް އެއަރޕޯޓް ހެދުން ހުއްޓާލާފައި ދެމެހެއްޓެނެވި ތަރައްގީގެ ޕްލޭން އެއްގެ ދަށުން މިކަން ކުރަން ނުވޭތޯ ؟ މިހާރުވެސް ބައެއް އެއަރ ޕޯޓްތަކަކީ މަހަކު 3 ދަތުރު ނުބޭއްވޭ އެއަރޕޯޓް ، މިފަދަ ބޮޑެތި އިސްރާފް ކޮއްގެން ދުވަހެއްގައިވެސް ގައުމު ތަރައްގީ އެއްނުކުރެވޭނެ ،
އޮނަރަބްލް އަފީފު ދީދީ
02 September 2025
ފަންސާހަކަށް އަހަރުތެރޭ 25 ބިލިޔަނެއްހާ ޑޮލަރު ޙަރަދުކޮށްފައިވާ ކ.މާލޭ އެއަރޕޯޓްގެ ދަށަށް ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓް ތައް ގެނައުމުގެ ބޭނުމަކީ މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި އެރަށު ބިންވެރިން މީގެ ކުރިންވެސް ކަންކުރިގޮތަށް ޑޮމެސްޓިކް އެއަރޕޯޓް އަޕްޤުރޭޑް ކުރާ ނަމުގައި ނަގާ ލޯނާއި، މިތަންތަން ދައްކާފައި ހޯދާ މާލީ އެހީތައް ބޭނުން ކޮށްގެން މާލޭ އެއަރޕޯޓް ޒީނަތް ތެރި ކުރުން. އެހެންނޫންނަމަ ތިކަން ތިހެން ކުރާކަށް ނުޖެހޭނެ.
މުހަންމާ ދީދީ
02 September 2025
ދެން ބާރައް އަތްޖަހާ
އޮނަރަބްލް އަފީފު ދީދީ
02 September 2025
ތިން ވަނަ ގޮތަކީ މިދެންނެވި ގޮތަށް ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރާ ނަމުގައި ނަގާ ލޯނާއި، ލިބޭ އެހީ މާލޭ އެއަރޕޯޓަށް ބޭނުން ކޮށް އަދި ބޭރުގެ ފަރާތަކުން އިކްއިޕްމަންޓް ލިބުނު ކަމަށ ވިޔަސް އެތަކެތިވެސް އެމީހުންގެ ރަށު އެއަރޕޯޓަށް ބޭނުން ކޮށްފައި "ކުނި އުކާލާ ގޮނޑެއްގެ ގޮތުގައި" ކ.މާލޭ އެްަރޕޯޓުން އުކާލަންޖެހޭ ބާދަގަނޑު ރީޖަނަލް އެއަރޕޯޓްތަކަށް ފޮނުވުން. މިއީ މިކަން ހިގާނެގޮތް. ކިއުންތެރިންނާއި ނޫސްްވެރިން ބައްލަވަން ތިއްބަވާ މިނޫން ގޮތެއް ވޭތޯ.
ހުސެން ދީދީ
02 September 2025
އިބޫ ނޫންގޮތެއް ފެނިޖެދޯ.....ދެން ލަލަލާ
އޮނަރަބްލް އަފީފު ދީދީ
02 September 2025
އެއިރޯ ބްރިޖް ބަހައްޓައިގެން ކ.މާލޭ އެއަރޕޯޓް ހަދާފައި އޮތްއިރު އެންމެފަހުން އިންޑިޔާއިން ހިލޭހަދިޔާކުރި 27 ބަހުގެތެރެއިން އެންމެ ބަހެއްވެސް ހަނިމާދޫ ނުވަތަ ގޭން އެއަރޕޯޓަށް ނޫންނަމަ ރީޖަނަލް އެއްވެސް އެއަރޕޯޓަކަށްވެސް ނުފޮނުވާ ހުރިހާ ބަސްތަކެއް ނެގީ ކ.މާލޭ އެއަރޕޯޓަށާއި އެރަށު ޑިފެންސް ފޯހަށް. ސްރީލަންކަން އޮންނަދުވަހަކީ ވިއްސާރަދުވަހެއްނަމަ އަހަރުމެން އައްޑޫމީހުން ބޯޓަށް އަރަންޖެހެނީ ތެމިގެން. މިހިރީ މާލޭސަރުކާރުގެ ތަފާތުކުރުން ހުރިވަރު.
ލަބީދު
02 September 2025
އަފީފު ދީދީ އިބޫ ނޫންގޮތެއް ހޯދައިގެން ނު ތިޔަހުރީ.
އަސްތާ
02 September 2025
އަސްތާ .. ދައުލަތަށް އެންމެ ފަައިދާވާކުންފުނީގެ ދުވަސްތިދިޔައީ.. ގެއްލުންވާ ވައިބަލްނޫން ސިޔާސީ މުއައްޒަފުންގިނަ ރީޖަނަލް އެއާރޕޯޓުތަކުގެ ގެއްލުން ފަސްއަޅަ ފޮރުވާލަން އެމްއޭސީއެލް އަށް ލުމުން ދެން ފެންނާނީ އެމްއޭސީއެލް ބަނގުރޫޓުވާތަން. ވަރައްސަލާން
ޕޯޓް
02 September 2025
ހާދަރީތި އެއަރޕޯޓެއްގެ ފޮޓޯއެކޭ
ބުލޭ
02 September 2025
ޢެކްސްޕާޓް މަލިކޫ ހުއްޓައެއް ހަމަ ހިލާ ބަގުރޫޓް ވިއަކަ ނުދޭނެ.