އޮރެންޖްތަކަކާއި އާފަލުތަކެއް. ފައިލް ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2025 - 11:13
މޭވާގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ވިކޭ އެއް ބާވަތް ކަމަށްވާ އާފަލަށް އޮންނަ، ބަދަލެއް ނާންނަ ޑިމާންޑާ އެކުގައި ވެސް އިހަކަށް ދުވަހާ ޖެހެންދެން އަގު ހެޔޮ ބާވަތްތަކެވެ. ސަޕްލައި އިތުރުވުމުގެ ސަބަބުން ބައެއް ފަހަރު އަގު ވެއްޓޭ ފަހަރު ވެސް ކުރިން އާދެ އެވެ.
ނަމަވެސް މޭވާ އާއި ތަރުކާރީގެ އަގު ޖުމްލަ ގޮތެއްގައި ބޮޑުވާން ފެށުމާ އެކު އެންމެ އަގުބޮޑުވީ އޮރެންޖާއި އާފަލެވެ. މިކަމުގެ ސަބަބު އެންމެ ފަސޭހައިން ގުޅުވާލަނީ ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމާ އެވެ.
ކަންމަތީ ފިހާރަ ސޭޓުން ވެސް ބުނަނީ ތަކެތީގެ އަގު ބޮޑުވެފައި ވަނީ ޑޮލަރުގެ އަގު ބޮޑުވުމުން ކަމަށެވެ. ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މީހުން ވެސް ބުނަނީ އެހެންނެވެ.
ކޮވިޑަށްފަހު މިވޭތުވެދިޔަ ދެތިން އަހަރަށް ބަލާއިރު އެސްއެމްއީތަކާއި ވިޔަފާރިތަކަށް ބޭންކުތަކުން ދޭ ޑޮލަރުގެ އެހީތެރިކަން ހުރީ ޓީޓީ އަދަދުގެ އެންމެ 5-10 ޕަސެންޓާ ދޭތެރޭގަ އެވެ. ގިނައިން ވިޔަފާރިވެރިންނަށް ލިބިފައިހުރީ ވެސް ފަސް ޕަސެންޓެވެ. ވިޔަފާރިތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް އެއީ އެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް މިދިޔަ ޖުލައި މަހުން ފެށިގެން އެސްއެމްއީތަކަށް 30 ޕަސެންޓާ ހަމަޔަށް ބީއެމްއެލް އިން ވަނީ ޑޮލަރު ސަޕޯޓް ދޭން ފަށައިފަ އެވެ. އަދި މި ފަހުން ވިޔަފާރިތަކަށް 50 އާ ހަމަޔަށް ވެސް އަންނަނީ ހަމަޖައްސައިދެމުންނެވެ.
ކުރިން ނަމަ، 5,000 ޑޮލަރުގެ ޓީޓީއެއް ފޮނުވުމަށް ވިޔަފާރިއަކުން ހޯދަންޖެހޭ ޑޮލަރުގެ ހަމަ އަގު ހިސާބުކޮށްލާނަމެވެ. ޓީޓީއަށް ބޭނުންވާ ޑޮލަރުގެ އަގަށް އައި ބަދަލު ބަލައިލަން މި ގޮތަށް ހިސާބު ޖަހަން ހިނގާށެވެ.
• ބީއެމްއެލްއިން 5 ޕަސެންޓް ރަސްމީ ރޭޓުގައި، 95 ޕަސެންޓް ބްލެކް މާކެޓުން 18.5 ރުފިޔާގެ ރޭޓުގައި
• ބީއެމްއެލްއިން: 5،000 ޑޮލަރުގެ 5 ޕަސެންޓް (250 ޑޮލަރު، 15.42 ރުފިޔާގެ ރޭޓުގައި ) = 3,855 ރުފިޔާ
• ބްލެކް މާކެޓުން: 5،000 ޑޮލަރުގެ 95 ޕަސެންޓް (4,750 ޑޮލަރު، 18.50 ރުފިޔާގެ ރޭޓުގައި) = 87,875 ރުފިޔާ
• 5،000 ޑޮލަރަށް ހޭދަކުރި ޖުމްލަ ދިވެހި ރުފިޔާ: 3,855 ރުފިޔާ + 87,875 ރުފިޔާ = 91,730 ރުފިޔާ.
• ޑޮލަރަކަށް ޖެހޭ އަދަދު: 5،000 / 91,730 = 18.35 ރުފިޔާ
• ބީއެމްއެލްއިން 50 ޕަސެންޓް ރަސްމީ ރޭޓުގައި، ބްލެކް މާކެޓުން 50 ޕަސެންޓް، 20 ރުފިޔާގެ ރޭޓުގައި)
• ބީއެމްއެލްއިން: 5،000 ޑޮލަރުގެ 50 ޕަސެންޓު (2،500 ޑޮލަރު، 15.42 ރުފިޔާގެ ރޭޓުގައި ) = 38,550 ރުފިޔާ
• ބްލެކް މާކެޓުން: 5،000 ޑޮލަރުގެ 50 ޕަސެންޓް (2،500 ޑޮލަރު، 20 ރުފިޔާގެ ރޭޓުގައި) = 50،000 ރުފިޔާ
• 5،000 ޑޮލަރަށް ހޭދަކުރި ޖުމްލަ ދިވެހި ރުފިޔާ: 38,550 ރުފިޔާ + 50،000 ރުފިޔާ = 88,550 ރުފިޔާ.
• ޑޮލަރަކަށް ޖެހޭ އަދަދު: 5،000 / 88,550 = 17.71 ރުފިޔާ
މި ހިސާބުތަކަށް ބަލާއިރު ވިޔަފާރިތަކުން ޑޮލަރު ހޯދުމަށް ކުރާ ހަރަދު ވޭތުވެ ދިޔަ ދެ އަހަރަށް ބަލާއިރު ހަގީގަތުގައި ވަނީ ކުޑަވެފަ އެވެ.
އެންމެ ގޯސް ހާލަތުގައި އެއްވެސް މިންވަރަކަށް ބޭންކުން ޑޮލަރު ނުލިބޭ ހާލަތަށް ބަލައިލަން ހިނގާށެވެ. ޓީޓީ ހަދަން ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ނުލިބުމުގެ ސަބަބުން ވިޔަފާރިތަކަށް 20 ރުފިޔާ އަށް ޑޮލަރު ގަންނަން ޖެހެނީ އެވެ. އެހެން ކަމަށްވާ ނަމަ 18.50ރ. ތެރެއަށް 1.50ރ. އިތުރުވީ އެވެ. އޭރުން 8 ޕަސެންޓު ބޮޑުވީ އެވެ.
ނަމަވެސް، އެއްކަލަ އާފަލަށް ބަލާއިރު ކަސްޓަމަރުންނަށް ވިއްކާ އަގު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. މިހާލަތުގަައި ޓީޓީ ހައްދަން ބްލެކް މާކެޓުން ޑޮލަރު ހޯދުމަށް ހޭދަކުރި ހަރަދަށް ބަލާއިރު ކުރިން 7ރ. އަށް ލިބުނު އާފަލެއްގެ އަގަށް އިތުރުވާން ވާނީ ގާތްގަނޑަކަށް 50 ލާރި އެވެ. މާނައަކީ ޑޮލަރުގެ އަގު އުފުލުމާ ގުޅިގެން ނިސްބަތުން އާފަލެއްގެ އަގު ބޮޑުވާން ޖެހޭނީ 7.50 ރުފިޔާއަށް ކަމެވެ.
5000 ޑޮލަރުގެ ޓީޓީއަކަށް ފައިސާ ހޯދާގޮތް
އެކްސްޗޭންޖް ރޭޓަކީ، ޝައްކެއްނެތް ގޮތުގައި އިމްޕޯޓް މުދަލަށް މުހިންމު އަސަރެއް ކުރުވާ ކަމެކެވެ. ކާބޯތަކެތީގެ 90 ޕަސެންޓަށްވުރެ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ޑޮލަރުގެ އަސަރު ކުރެ އެވެ. ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ، މިހާރު ޑޮލަރު ބޭންކް ރޭޓްގައި ހޯދުމަށް މި ލިބޭ ފުރުސަތުތަކަށް ބަލާއިރު ތަކެތީ އަގު ބޮޑުވުމަކީ ހުރިހާ ކަމެއް ޑޮލަރާ ގުޅިފައިވާ ކަމެއް ނޫންކަމެވެ.
ކޯވިޑްގެ އާލަމީވަބާ ތެރޭގައި، ޑޮލަރުގެ އަގު 20ރ. އެރިއިރު ވެސް މިހާރު އެންމެ ބޮޑަށް ވާހަކަދެކެވޭ އާފަލުގެ އަގު އެންމެ މަތިވެގެން ދިޔައީ 6-7 ރުފިޔާއަށެވެ. މިއަދު، އާފަލުގެ އަގު 14ރ. އަށް ވަނީ ބޮޑުވެފަ އެވެ. މި ބޮޑު ތަފާތުން ދައްކުވައިދެނީ ޑޮލަރުނޫން އެހެން ސަބަބުތަކެއް މިކަމުގައި ހިމެނޭ ކަމެވެ.
5000 ޑޮލަރުގެ ޓީޓީއަކަށް ޑޮލަރު ހޯދާ ގޮތް
ކުރިން މި ޖެހި ހިސާބަށް ބަލާއިރު ރާއްޖޭން ބޭރުން މުދާ ގެންނަ ޑޮލަރަށް އައީ ނިސްބަތުން ކުޑަ އިތުރުވުމެކެވެ. ބްލެކް މާކެޓް ރޭޓަކީ ނަފްސާނީ ގޮތުން ވަރުގަދަ ހަތިޔާރެކެވެ. އެއީ ބިރުވެރިކަމާއި ޖަސްޓިފިކޭޝަންގެ ފަރުދާއެއް އުފައްދައި، އިތުރު ސުވާލަކާނުލައި އަގުތައް މައްޗަށް ޖެއްސުމުގެ ފުރުސަތު ލިބޭ ބާރެކެވެ. ވިޔަފާރިތަކަށް އެކިއެކި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ގައުމުގެ އިގްތިސާދީ ދަތިކަމެއް ބޭނުންކޮށްގެން ވިޔަފާރިތަކުން އަގުތައް ދެ ގުނަ ކުރުމަކީ ރައްޔިތުންނަށް އުފުލަންޖެހޭ ބޭއިންސާފު ބުރައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
09 September 2025
ކަލޯ ކޮވިޑްގެ ހާލަތަށްވުރެ މިހާރުނުބައި...... ބޮއިހަލަކި
ހުޒޭމު
08 September 2025
އޮށްޓަރު އެކުލެވިގެންވާ އާރޓިކަލެއް. މިއީ އާޓިކަލް ލިޔަންވީ ގޮތަކީ، ރަނގަޅު ދިރާސާތަކަށްފަހު ގެނެސްދެވޭ މި ބާވަތުގެ އާޓިކަލް ގިނަވުމީ ނޫސްވެރިކަން މުއްސަނިދި ކުރުވާނެ ކަމެއް.
ޙުސޭން
08 September 2025
ގަންނަ ކޮންމެ އާފަލަކަށް -/7ރ ގެ ސަބްސިޑީ އެއް ސަރުކާރުން ދޭންވީ. އޭރުން މައްސަލަ ހައްލުވީ! އޭރުން -/5ރ ނުވަތަ -/4ރ އަށް އާފަލް ލިބޭނެ. އަނެއް ގޮތަކީ އާސަންދަ އިން އާފަލް ލިބޭގޮތް ހެދުން. އޭރުން އަދި މިއަށްވުރެންވެސް ރަނގަޅުވާނެ.
ގުދުގުދާބެއްޔާ
08 September 2025
ތިޔައީ ހަމަ ހުސްވާހަކަ! ޑޮލަރެއް ބޭންކަކުން ނުލިބޭ! ލިބެނީ ވަކިބަޔަކަށް %50 އާދައިގެ މީހުންނަށް ދެނީ ސިޕްމަންޓަކަށް އެއްފަހަރު ދެން އޭގެ ފަހުން ހަމަ %5 ޑޮލަރ ބާކީބައި ބޮޑުއަގުގަ ގަނެގެން ދެވަނަ ސިޕްމަންޓް ގެންނަނީ!
ޓޯކްޓްމައިހޭންޑް
08 September 2025
އޯކޭ މައްސަލައެއްނެތޭ އާފަލާ އޮރެންޖު ދޫކޮށްލަބަލަ. ދެން ކަރަންޓް ބިލު ބޮޑުވަނީ ކީއްވެ؟ ކިރު ދަޅާއި ކޮފީ އަދި ޑޮލަރު އަގުބޮޑުވަނީ ކީއްވެތަ؟ ކީއްވެގެންތަ ސަރުކާރު ސްކޯލަރޝިޕްގައި އުޅޭ ކުދިންގެ ފައިސާކޮޅު ޖަމާނުވަނީ؟ ކީއްވެތަ ޕްރައިވެޓް ސެކްޓަރ މީހުންގެ ފައިސާކޮޅު ފިނޭންސުން ދޫނުކުރަނީ؟
ތިކުދީންގެ ދޮންބެ
07 September 2025
ތިކަމުގެ ހައްލަކީ އާފަލާއި އޮރެންޖު ކެއުން ހުއްޓާލަން އަހަރެންގޮތަށް, ފަރުމަސް ގަރުދިޔަ އާދައިގެ ބައި އަގު ބޮޑުނަމަ ލޮނުމެދު ނުލާ, ބަލާތި ކޮންމެހެންވެސް ލުބޯކެޅެއް ލިބޭތޯ, ޗަންޕާ ކަރި ބުނެލެނިކޮށް ލޮބޯ އެއް ލިބިދާނެ. ވަރަށް މީރުވާނެ.
ލޮއްލަ
07 September 2025
މައްޗަށް އެރިއްޔާ ތިރިޔަށް ނުފައިބާ އެއްޗެއް ކޯޗެއް.؟ ޑޮލަރާއި ތަކެތީގެ އަގު. އޮންލީ އިން މޯލްޑިވްސް.
އެމްސް
07 September 2025
ތަކެތީގެއަގު ބޮޑުވުމުގައި ކުއްޔާއި ކަރަންޓްބިލް ވެސް ހިމެނެއެވެ! ޑޮލަރުވެސް ޑޮލަރުވެރިން ދޫކޮށްލަނީ ބްލެކްމާކެޓް އަށެވެ!
ނިކަމެތިރައްޔިތުމީހާ
07 September 2025
ތިވަރަށް ވިޔަފާރިވެރީންނަށް ޑޮކަރު ލިބިފަ އެސްއޯއީތަކަށް ޑޮލަރު ދެންޏާމުން ދެން ކަޅު ބާޒާރުގައި ޑޮލަރެއް 20.20 އަށް މި ލިބެނީ ޑޮލަރު ފަހަތުން ޖިންނިތަކެއް ދުވާތީ؟
އަހުމަސީ
07 September 2025
އަސްލު މައްސަލައަކީ އިންފުލޭސަން. ކާބޯ ތަކެތީގެ އަގުބޮޑުވަނީ ރައްޔިތުން އަތުގައި ފައިސާ ނެތީމަ.