03 ނޮވެމްބަރ 2025 - 11:54
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީ އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި އެ ފްލައިޓުން ފުރަތަމަ ފުރި 108 ފަސިންޖަރުންނަށް ވަނީ ހަދިޔާ ވެސް ދީފަ އެވެ. އޭގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާލައިނެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ޔޫއެސް-ބަންގްލާއާ އެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަލާށޭ
03 November 2025
ވެލާނާ އެއަރޕޯރޓަކީ އެއީ އެތަނަށްދާ ޕެސެންޖަރުންނާއި އެމްއޭސީއެލް ޔުނިފޯރމް ގައި ތިބޭ މުވައްޒަފުން ސިޔާސީ ބަހުސްކޮށް ގެރި ޒުވާބު ކުރާ ތަނެކޭ އެއަރޕޯރޓަކީ އެއީ ޓެކްނިކަލް ތަނަކަށް ވުމުން އެތަނުގައި ސިޔާސީ ހަރަކާތް ތަކާއި ސިޔާސީ ޕްރޮޕެގެންޑާ ފެތުރުން އެއީ އެތަނުން ޕަރސެންޖަރުންނަށް ދޭން ޖެހޭ ޚިދްމަތް ތަކަށް ލޮޅުން އަރާކަމަކަށްވާއިރު އެއަރޕޯރޓް ގައި ތިބި އެފަދަ ބީތާ މުވައްޒަފުން ޖެހޭނީ ކަނޑާ އެއްލާލަން މީހުން ލިބޭނެއޭ މިހާރު އެއްލާލާ އެއްލާލާ
ތަމެންދޯ
03 November 2025
މިއަހަރު ނިމޭއިރު ވެލާނާ އެއަރޕޯރޓްގެ އާ ޓާރމިނަލް ބޭނުން ކުރަން ޖެހޭނީ ކުދިކުދި ކޮއްޓުން ކޮއްޓާލަ ކޮއްޓާލާ އެމްއޭސީއެލް ތިބެނީ ދެން އޮތީ އެއަރޕޯރޓްގެ ސެކިއުރިޓީ ދަށްކަން އެއަރޕޯރޓްގެ ޓާރމިނަލް ތެރޭން ވަޅިން ބިރުދައްކާ ފޭރިގަތުން އެއީ ވަރަށް ނުރައްކާތެރި ކަމެކޭ އެއަރޕޯރޓްގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމުގެ އަލިގަދަ ދަލީލު ތަކޭ އެއީ އެމެން ކަމަކީ ހޮޓަލަަށް ވަދެ ދެބަނޑަށް ކައިގެން ފޭސްބުކް ބެލުމޭ އެއަރޕޯރޓްގައި ސިޔާސީ ހަރަކާތް ތަކޭ ހިންގަނީ