11 ނޮވެމްބަރ 2025 - 11:22
އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ދައްކަން އޮތް ޔޫރޯ ބޮންޑު ރޯލްއޯވާކޮށް، ސުކޫކު ދެއްކުމުގެ ހުރިހާ ޕްލޭންތަކެއް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބަޖެޓް ކޮމިޓީގައި ޒަމީރު ވިދާޅުވީ، ޔޫރޯ ބޮންޑު ރޯލްއޯވާ ކުރުމުގެ މަސައްކަތް ޔޫއޭއީއާ އެކު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޮންޑަކީ، 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ.
"މި ފަހުން ރައީސް ޔޫއޭއީ ސަރުކާރުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ރޯލްއޯވާކުރުމުގެ ކަންތައް، އަޅުގަނޑުމެން މިނިސްޓްރީގައި އެބަހުރި އެކަމުގެ އިންފޮމޭޝަން ވެސް، ތިން މަސް ކުރިން އެޕްރޯޗްކޮށްގެން އެކަން ކުރެވޭނެ ކަމުގެ ހުރިހާ ކޮންފަމޭޝަންތަކެއް ލިބިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިނިސްޓަރު ޒަމީރު މެންބަރުންނަށް ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ، މިދިޔަ ދެ އަހަރު ތެރޭ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އޭޕްރީލް މަހުގެ ސުކޫކު ޕޭމަންޓް ދެއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ސުކޫކަށް ބޭނުންވާ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރާ އިރު ބާކީ 150 މިލިއަން ޑޮލަރު ދައްކާނީ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދަރަނިތައް ނެގި އިރު އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއް ކަމަށް ނުވިސްނާ ކަމަށާއި ދަރަނި ކުޑަ ކުރުމަށް އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.
"250 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަންވެގެން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ. އެއީ އަސްލު ވެފައި އޮތް ގޮތަކީ. އަނެއްކާ ބައެއް ފަހަރު އެބަހުރި ދަރަނި ނަގާފައި އޮފީސް ސްޓާފުން ކައިރީ އެބަ ބުނޭ، ތިމަންނައަކަށް ނޭނގެއޭ މި ދެއްކޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ، ދަރަނި މެނޭޖްކުރުމާއި އިގްތިސާދީ ގޮތުުން ލިބޭ ކުރިއެރުންތައް ބަލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
ދައުލަތުގެ ޖުމްލަ ދަރަނި އަންނަ އަހަރު ނިމޭ އިރު ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 128 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރީގެ
12 November 2025
ކުރީސަރުކާރުގެ ދެއަހަރު ތެރޭގައި މުޅިދުނިޔެއަށް އާލަމީ ވަބާއެއް މެދުވެރިވެ ރާއްޖެއަށް އެއްވެސް އާމްދަނީއެއް ނުލިބި ދިޔަކަން އެނގޭތެ. އޭރު ލޯނު ނުނަގައި ފައިސާ ހޯދާނީ ބިންކޮނެގެންތަ. ބަނޑަށްނުޖެހި ސަލާމަތްވެފައި މިތިބީ އެމީހުންގެ މަސައްކަތުން. ޝުކުރުވެރިވާން ނޭނގޭ ހާލު ހަނު ތިބެންވެއްޖެނު.
ގަސީހު
12 November 2025
ތަންދޮރު ނޭގޭ އެކަމަކު ވާހަކައިން މީހުން ހައްދައިގެން އުޅޭ ސާއިދު ތީނީ ކައިރީގަ. އަދި މިހާތަނަށް ސަރުކާރަކުން ހުށަހެޅި އެންމެ ދޯދިޔާ ބަޖެޓް. އެކަމަކު ވެސް ވާހަކައިން މީހުންނަށް ހީވާނެ ވަރަށް ކަންތައްވާނެއޭ.
ގާދިރު
11 November 2025
100 މިލިއަން ގެ ބޮންޑް އެއް އަތުގަ އޮވެ ކޮސް ގޮވަނީ ކީއްވެބާ؟ މުޅި ޤައުމުގެ ދަރަނި އެއްކޮށް އަދާކުރެވޭ ވަރުގެ ފައިނޭންޝިއަލް ޕްރޮގްރާމް ތައްހުރި އިރު ރޯފިލާފަ ހުރި އެކަކު ވެސް ޤައުމުގަ ނެއް
ހުތުރު
11 November 2025
"އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ." މިވަރަށް ގައުމު ދަރުވާލައިފަ، އެހެން ބަޔަކަަށް އައިސް ދަރަނިދެއްކުން ނޫނީ އެހެންކަމެއް ނުކުރެވޭވަރު ކޮށްފަ ތިބެގެން އިދިކޮޅުން ހަޅޭއްލެވީމަ ވަރަށް ހުތުރު
ޙހހހހ
11 November 2025
ގައުމު އިނދަގައްސާލާފަ ނުކުމެ ދެން ތިބި އެންމެނަށް ވަގަށް ގޮވީމަ ނިމުނީކަމަށް އެމީހުން ބެލީ.
ފެކްޓްް
11 November 2025
ތިބުނީ ޕޕމ ޕނސ ވާހަކަ ދޯ! އަދީބު ލައްވާ ހަޑިހާވާ، އެންމެން ކައިގެންތިބެ ކޮން ވާހަކައެއް ދައްކާކަށް. ދަރުވާލިވަރު އެނގުނޭ ހަނިމާދޫގަ ކުރިންރޭ ބޭއްވި ޖަލްސާއިންވެސް. "އުމްރާނީ ތަރައްޤީއޯ" "އިއްޒަތްތެރި މުއިއްޒުގެ ދުރިވިސްނުމޯ" ލަދުން ހަލާކު.... ދުރުވިސްނުމުން ހިޔާ ފްލެޓުގައި ބޭނުންވަނީ ކިތައްލިފްޓު ކަމެއް ނުވިސްނުނު. ބުރިޖުން ނުގުޅޭ ފަޅެއް ހިއްކަން ހިފާފަ އެހެރީ. ސިނަމާލެ ބުރިޖާގުޅޭ ހުރިހާ ތަނަކަށް އިހުމާލުވެފަ...
މަދަނީ
11 November 2025
ބޮންޑުތައް ރޯލްކޮށް ބޯލްކޮށް މޯލްކުރިޔަސް ތިޔަ ކުރަނީ ހަމަ އެއްކަމެއް.