މިނިސްޓަރު ޒަމީރުއާ ހަވާލާ ދެއްވައި ސަލީމް ވިދާޅުވީ، ކޮންޓެއިނަރު ސްކޭނަރު ބަހައްޓަން ފުރަތަމަ ބޭނުންވާ 15 މިލިއަން ރުފިޔާ ހަމަޖެހޭނެ ކަމަށް.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކަސްޓަމްސްގެ އިސްވެރިން ޖަވާބުދާރީވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
16 ނޮވެމްބަރ 2025 - 17:40
ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމުން، ރަނގަޅު ވިޔަފާރިވެރިންނާއި ސުވާލު އުފެއްދޭ ވިޔަފާރިވެރިން ސާފުވާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު އިންސްޓޯލް ކުރުމުން، ކަސްޓަމްސްގެ މަސައްކަތްތައް ފޯކަސް ކުރަން ޖެހޭ ކަންކަން ވެސް އިތުރަށް ސާފުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އެތެރެކުރާ ހުރިހާ މުދަލެއް ސަތޭކަ ޕަސެންޓު އެ އިދާރާ އަށް ނުބެލޭނެ ކަމަށާއި އެކަން އެ ގޮތަށް ނުވެސް ވާނެ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ޗެލެންޖަކީ، އެންމެންގެ އެކްސްޕެކްޓޭޝަނަކީ އަޅުގަނޑުމެން ހުރިހާ އެއްޗެއް ޗެކް ކުރަން ޖެހޭނެއޭ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން. އެހެންވެ، އިތުރު ރިސޯސަސްގެ ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
މަފާޒް ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ތަމްރީނާއި ތަކެތި ބޭނުންވެ އެވެ. އެކަންކަން ފަހިކުރަން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިސާބު އަކުރުތައް ޖެހި ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ކަންކަމަށް ބޭނުންވާ ބަޖެޓު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަފާޒް އެ ކޮމިޓީގެ މެމްބަރެއްގެ ވާހަކަ ކަނުލައި އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސްކޭނަރު ބެހެއްޓުމަށްޓަކައި ކަސްޓަމްސްއިން މަސައްކަތް ފެށި އިރު، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ބަޖެޓު ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި ފަހަރު ދެއްވި ކަމަށް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރުއާ ހަވާލާ ދެއްވަމުން ސަލީމް ވިދާޅުވީ، އެ މަސައްކަތަށް ފުރަތަމަ ބޭނުންވާ 15 މިލިއަން ހަމަޖައްސައިދޭނެ ކަމަށާއި ފިނޭންސް މިނިސްޓްރީން ނުވަތަ އެމްޕީއެލް މެދުވެރިކޮށް ވެސް އެ ފައިސާ ހޯދޭނެ ގޮތެއް ފަހިކޮށްދެއްވާނެ ކަމަށެވެ.
މަފާޒް ވިދާޅުވީ، ކަސްޓަމްސްއާ ގުޅޭ ގޮތުން ގޯސް އަޑުތައް އިވުނަސް ގިނަ މުވައްޒަފުންނަކީ އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި މުވައްޒަފުންނަކީ ގަދަރުވެރި މަސައްކަތްތަކެއް ކުރަން ބޭނުންވާ ބައެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ވެސް އޮންނަން ޖެހޭ. މި ޒަމާނުގައި އެކްސްރޭ މެޝިނެއް ނުބެހެއްޓޭނެ. ބައެއް މޯބައިލް ވަސީލަތްތައް ވެސް ބޭނުންވޭ. އަޅުގަނޑުމެން ސާވޭ ހަދާފައި، ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް ހުންނާނެ ބުނެފައި. އެކަމަކު ޒިންމާއާ ނުބައްދަލު ބަޖެޓެއް މި ލިބެނީ،" އޭނާ ވިދާޅުވި އެވެ.
މަފާޒް ވިދާޅުވި ގޮތުގައި، ކަސްޓަމްސްގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ، އެގޮތުން އެ އިދާރާއިން އެންމެ ބޮޑަށް މަސައްކަތް ކުރަނީ، މީހުން އިނގިލި ދިއްނުކުރާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުން ކަމަށް ވިދާޅުވި އެވެ. އަދި ގޯސްކޮށް އަމަލު ކުރާ މީހުންނާ މެދު މީގެ ކުރިން ފިޔަވަޅުތައް ވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށް މަފާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜިޒާ
17 November 2025
މަފާޒު ކަލޭ އުޅެނީ މަގާމް ދިފާއު ކުރަން..ތަން ރަގަޅު ކުރަން މަސައްކަޠް ކުރާ ނަމަ ސ.ހިތަދޫ ކަސްޓަމްސްގެ ޕޯޓް ހިންގަން އެތަނުގަައި އެންމެ ބޮޑެތި ޖަރީމާ ހިންގި މީހުން އަނެއްކާ ވެރިންންނަ ލާއިގެން ނޫއުޅޭނެ..ކޮންކަހަލަ ކަންތަކެއް އެމީހުން ހިންގީ....ކާރު ޕިކަޕަށް ބަދަލު ކޮއް ދޫކުރީ ހަމަ މިހާރު ތިބި ވެރިން
ޥަންޗޫ
16 November 2025
ގައުމުގެ ދަރިންނޭ ކިތަންމެ އަގުބޮޑު ސިސްޓަމެއް ބެހެއްޓިޔަސް ކަންކުރަންތިބޭ މީހުންގެ އިޚްލާސްތެރިކަމާއި ނަޒާހާތްތެރިކަން ނެތިއްޔާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުތެވޭނެ.
ޚަރާލް
16 November 2025
ފުރަތަމަ ބަހައްޓަންވީ ތިތާއުޅޭ ،،، ޑިޓެކްކުރާނެ މެޝިންތަކެއް.
ޞަލަމް
16 November 2025
ސުކޭނަރާ ޓީވީ މޮނީޓަރު ބެހެެއްޓިޔަސް ވައްކަން ނުހުއްޓުވޭނެ. ކަރަޕްޝަންގެ ނިއު ލެވެލްއަކަށް ތިގެންދަނީ މިހާރު. ހެހެހެ. ކުރާކަމެއް ކުރޭ އެކަމު ތިކަހަލަ މޮޅެތި ހެޑިންގ ނުދީ ނޫސްތަކަށް. މިއުޅެނީ ސްކޭނަރު ނެތިގެން ނޫން. އެއޮށް ބޮޑެތި ކޮންޓެއިނަރތައް ކަސްޓަމްސްއިން ގައިބުވިއިރު ތިކަހަލަ ސްކޭނަރަކަށް ބޭނުންވާ ކިތައް ކޮންޓައިނަރ އޮޅުވާލެވޭނެތޯ؟ ހަމަ ތި އޮޕަރޭޓުކުރާނީވެސް ކަސްޓަމްސްއިން ސިގިރޭޓު މައްސަލައިގަ ހައްޔަރު ކުރިކަހަލަ ހަމަ އިންސާނުން.ހެހެެ.
ثولً٣
16 November 2025
ތިބޭފުޅުން ތިޔަވިދާޅުވަނީ އަދިވެސް މަސައްކަތް ކުރަނީ 80 ގެ އަހަރުތަކުގެ ޓެކުނޮލޮޖީގައޭތަ؟ ބަލަ އެހެންތޯވާނީ ސީނިއަރ ލެވެލްގަ ގިނައިންތިބީ ކާތިބުކަމުގެ ސަނަދުނަގައިގެން ތިބި މީހުން ދެންކިހިނެއްތޯ ފައިހަމަކުރާނީ ޒަމާނީ ޓެކުނޮލެޖީއާ ފުރަތަމަ ޖެހެނީ ތަން އޯވަހޯލްކުރަން އޭގެ ފަހުން އެހެންކަމެއް ކުރެވޭނީ
ފަނޑިޔާރު
16 November 2025
ޑީސީ ގެ ވާހަކަ އިން ވަރަށް ރަނގަޅަށް ކަސްޓަމްސް ހާލަތު ށަފު ވެއްޖެވެ. ސަރު ކާރު ތަކުން ގިނަ އޮފީސް ތަކަށް އިހްމާލު ވެފައިވާ މިންވަރު ވަރަށް ރަނަގަަށް މަފާޒުގެ ވާހަކަ ފުޅުން އިނގިޖެވެ.. އަޅުގަނޑަކީ ކަސްޓަމްސް އަށް ފާއިތުވި 14 އަހަރު ހިދުމަތް ހޯދަންދީޔަ މީހެކެވެ. ދުވަހަކުވެސް އޮފިސަރެއް ފައިސާއަކަށް ނުކިޔަ އެވެ. ޚޮށްނެތަނެއް ގައިވެސް ގަވާއިދާ ހިލާފް ކަންތައް ކުރާ މީހުން އުޅޭނެވެ. ޢޭގެ މާނައަކީ މުޅި މުއައްސަސާ ބަދުނާމް ވާންޖެހޭ ކަމެއް ނޫނެވެ.
ثولً
16 November 2025
ކަސްޓަމް ކުދިން ބުނެދީފާނަންތަ ރާއްޖެއަށް އެތެރެވާ ކަޅު ޱަސްބިންކޮތަޅު ކަސްޓަމް ތެރެއިން ފޭދިގެން ދާގޮތެއް އަނެއްކާ އެވިއަފާރީގަ މުޅިންވެސް އުޅެނީ ސީނިއަރ ކަސްޓަމް އޮފިސަރެއްގެ ބޭބެ ނޫންނަމަ ކޮށްކޮއެއް ކޮންކަހަލަ އިއްތިފާގެއްތޯ؟
ޑުބްލިކޭޓް
16 November 2025
ރަގަޅު ވިޔަފާރިވެރިން ދޯ ސާފުނުވެގެން މި އުޅެނީ... ތިތަނުގަ ތިބި %95 ވަގުން ސާފު ކުރަންވީ.
ޢަރުތަ
16 November 2025
ނިކަން ފައިސާވެރި ކަސްޓަމް މުވައްޒަފުން އުޅޭ ކަމަށް ހަބަރުތައް ބުނޭ އަބަދުވެސް، އެފަދަ މުވައްޒަފުން ސްކޭން ކުރެވޭނެ ނޫނީ ދެނެ ގެނެވޭނެ ސްކޭނަރެއް ނަމަވެސް ބަހައްޓަން ނުވިސްނަންތޯ، މުވައްޒަފުން ތިތާ އެބައުޅޭ އަނބިދަރިން ރަށުގަ ބައިތިއްބައިގެން މާލޭގަ ހުންނަން އެޕާޓްމެންޓް ކުއްޔަށް ހިފައިގެން، އަނބިދަރިން ބޭސްފަރުވާ އަށް މެލޭޝިއާ އަށް ފޮނުވައިގެން އުޅޭ މުވައްޒަފުންވެސް، އެހެންވެ ހަމަ ބުނެލީ.
ލޮލްސް
16 November 2025
ކޮމެންޓް ކުރަން ތީ ހަމަ އަލިފެއް
ثولً
16 November 2025
ރާއްޖެއަށް ފޭކު މުދާ އެތެރެ ކުރުން ހުއްޓްވޭނެތޯ؟ މިސާލަކަށް މާމާ ލެމަން. އަދި ބައެއްބާވައްތަކުގެ ކާނާވެސް މިބުނަން އުޅެނީ ހަމައެކަނި ކަސްޓަމްސް ގެ ވާހަކއެއްނޫން