ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު -- ފޮޓޯ: މިހާރު
15 ނޮވެމްބަރ 2025 - 19:16
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އޮނިގަނޑުގައި 136 މަގާމު އޮތް ނަމަވެސް، ބަޖެޓް ނުލިބޭތީ އެ އިދާރާ ހިންގަން ޖެހެނީ 54 މަގާމަށް މީހުން މަދުން ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ، މިވަގުތު އެ އިދާރާގައި މަސައްކަތް ކުރަނީ 86 މުވައްޒަފުން ކަމަށާއި ސަރުކާރުގެ އެހެން މިނިވަން މުއައްސަސާތަކާ އަޅާ ބަލާ އިރު އެ އިދާރާއަށް ލިބިފައިވަނީ ވަރަށް ކުޑަ ބަޖެޓެއް ކަމަށެވެ.
ސީއެސްސީ އިން ބުނީ އަންނަ އަހަރު އެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އެންމެ މަދުވެގެން 8.8 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށެވެ.
އެ ކޮމިޝަނުގެ ބަޖެޓް ސީލިންގްއެއްގެ ގޮތުގައި 32.7 މިލިއަން ރުފިޔާ ކަމަށާއި ހުށަހެޅި އިރު 31.2 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ބަޖެޓުގެ 85 ޕަސެންޓް ހޭދަވަނީ މުވައްޒަފުންގެ މުސާރައަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އެހެންވީމަ ގާތްގަނޑަކަށް ކޮމިޝަންގެ ކޮންމެހެން ކުރަން ޖެހޭ ހަރަދު. ލިބެން ކަނޑައަޅަފައިވާ ބަޖެޓުގެ 96 ޕަސެންޓް މި ހޭދަވަނީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކަށް. ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް އަޅުގަނޑުމެންނަށް ލިބެނީ ހަތަރު ޕަސެންޓް،" ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 1.7 މިލިއަން ރުފިޔާ ގާނޫނީ ޒިންމާ އަދާކުރަން އޮތް އިރު ތަމްރީނުތަކަށް ހަތަރު ލައްކަ ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައުއައި
16 November 2025
ބަޖެޓު ނެތަސް ހެވެއްނު. ޑަބަލުކޮށް ޕެންޝަން އިނާޔަތް ދެވޭތޯ ބަލާބަލަ!
ދެރަ
16 November 2025
ބޭކާރު ހަރަދު ކުރަން އަރާ ހުރި ގައުމެއް މީ. މިކަން ކަން ހަމަ އަކަށް އަޅުވާލާނެ ވެރިޔެއް ހަމަ ނާންނާނެ ދޯ!
އާމްބެ
16 November 2025
ސިވިސް ސާވިސް ކަމިޝަނަކީ އުވާލަންވެފަ އޮތް ކަމިޝަނެއް. އަޅުގަނޑުމެން ރައީސްއޮފީސްތެރޭ ދިވަހަރަކަށް މުވައްޒަފުން ލައިގެން މެނުއަލްކޮށް އަތުންނާ ޓައިޕްރައިޓަރުން ލިޔެގެން ކުރި މަސައްކަތް ކުރަން 136 މުވައްޒަފުން ބޭނުންވެޔޭ ބުނަން ލަދުގަންނަންޖެހޭ މިއޮށްފަދަ ޓެކުނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ޒަމާނެއްގައި.
ޑރ ވާންޗޯ
16 November 2025
މިގައުމުގަތިބީ ހުސްކާޅު މުއައްސަސާތަ، އަބަދުވެސް ކާންކާން. ސިވިލް މުސާރަ ބޮޑުކުރަން ބުނާއިރަށް ފައިސާއެއްނެތް. އެއްފަހަރާނުދޭތި. އެތިކޮޅުކޮޅުންދޭންފެނޭ!!!!!!.
އަމޭރު
16 November 2025
ތިޔައޮފީހުން މުވަޒިފުންނަށް ކޮންކަމެއް ކޮށްދެނީ. މުސާރަބޮޑުކުރިއިރު މަދުންލިބޭތީއޭ ކިޔާފަ ބޮޑާހާކާ މުއައްސަސާއެއް. މުވައްޒަފަކު ވަކިކުރަންވީމާ އެއޮފީހަކުން ހުށަހަލާއިރަށް ވަކިކޮށްލާ ތަނެއްދޮރެއް ނުބަލާ. ފަހުން ބަދަލުދޭއިރު މިލިއަނުން ފަިއސާދޭންޖެހޭ. ޒިންމައެއްނުވޭ އެކަކުވެސް
ރާއްޖެ
15 November 2025
މިއީ އުވާލަން ޖެހޭ އިދާރާއެއް. މިހާތަނަަށް މި އޮފީހުން ސިވިލް ސާވަންޓަކަށް ލިބުނު ފައިދާއެއް ނެތް.
ޗަޕް
15 November 2025
މިއީ ސީދާ އުވާލަން ޖެހޭ ތަނެއް. ސިޔާސީ ވަކި މަގާމްތަކެއް ނެތް އިރު ހުރިހާ ކަމެއް ހަމަޖައްސަމުން ދިޔައީ ރައީސް އޮފީހުގައި އޮންނަ ކުޑަ ޔުނިޓަކުން. އޭރުވެސް 32 ހާސް މުއައްޒަފުން ސަރުކާރުގައި އުޅޭ. ޓްރެއިނިންގ ވެސް ހިންގާ. ޢެޕްރައިޒް ކުރުންވެސް އޮވޭ. ވަޒީފާދީ ވަކިކުރަނީވެސް އަތުލިޔުމުގެ ޗިޓަކުން. މިހާރު ކޮންމެ އޮފީހެއްގައި ސިވިލްސާވިސްއާ ލިއޭޒް ކުރާ ޒިންމާދާރު ވެރިޔަކު ހުރޭ. ކޮންމެ މިނިސްޓްރީ އެއްގައި ޕީއެސް އެއް ހުރޭ. ކޮންކަމެއްތަ ރަނގަޅަށް ކުރެވުނީ
އެބަޖެހޭ
15 November 2025
ސިވިލް ސާރވިސް އެބަޖެހޭ 2030 އަންނައިރު އެތަން އުވާލަން ނަތީޖާ އެއް ނުނެރެވޭ ރާއްޖޭގެ ސަރުކާރުގެ އެޑްމިނިސްޓްރޭޝަން އަށް ގެންނަން ޖެހޭ ބަދަލަކީ ވެލާނާގެ ބިލްޑިންގް ގައި ހުރިއްޔާ ހުރިހާ އޮފީސް ތައް ހުޅުމާލޭ ފަރުކޮޅުފުށީގަިއ ސަރުކާރުގެ އޮފީސް ޕާރކް ހަދާ އެތަނަށް ބަދަލުކޮށްހަދާ ރައީސް އޮފީހުގެ އެނެކްސް އަަށް ވެލާނާ ބިލްޑިންގް ބަދަލުކޮށް ރައީސް އޮފީސް ޕޭރޯލް ގައި 2 ހާސް މީހުން ތިބުމުން ގައުމު ހިނގާނެއޭ ވަޒީރުން ވެސް ތިބޭނީ ރައީސް އޮފީހުގައޭ..
ޑރ ވާންޗޯ
15 November 2025
މިވަނީ ކިހިނެއް، ކޮންމެ އަހަރަކު އެތަކެއްމިލިއަނުން ފައިސާއެބަ އިތުރަށް ދޭންޖެހޭ، އެއްވެސް މުއައްސަސާއެއްނެތް ބޮޑުމުސާރަދީފަ ބައިތިއްބާފަތިބިއިރުވެސް ގާނޫނީ ޒިންމާއަދާކުރެވޭ. މިދިޔަހާދުވަހު ތިޔަތިއްބެވީ ޒިންމާއަދާނުކޮށް ހަމައެކަނި މުސާރަނަންގަވަންތޯ؟. އަވަސްގޮތަކުން ތިޔަތަންތަނައް ބޮޑުބަދަލެއްގެނެސް ޒިންމާ އަދާކުރެވޭވަރުގެ ގާބިލްމީހުންނަށް ބަދަލުކުރަންޖެހޭ.!!!
ސަހަރޯއި
15 November 2025
މަލްޓިޕާރޓީ ޑިމޮކްރެސީއާއެކު އުފެދުނު މިނިވަން މުއައްސަސާތަކަކީ ގައުމަށް ޖެހިފައޮތް ބޮޑުދަރަނި ދަންތުރައެއް. ރައީސް އޮފީހުގެ ޕަބްލިކްސަރވިސް ޑިވިޜަންގެދަށުން ދައުލަތުގެ މުވައްޒަފުންގެ ކަންތައް ހިންގިއިރު ބަޖެޓްނެތިގެން މުވައްޒަފުން މަދުވެގެން ނޫޅެ. 3 ރިންގުން ފޯނުނަގަ 3 ދުވަސްތެރޭ ސިޓީތަކަށް ޖަވާބުދޭ.