ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވާހަކަ ދައްކަވަނީ: ކޯޓު މަރުހަލާތަކާ ހެދި އެއް ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
15 ނޮވެމްބަރ 2025 - 14:28
ކޯޓު މަރުހަލާތަކާ ހެދި ދައުލަތަށް ނުލިބި ތާށިވެފައި ހުރި ބިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލް މަރުހަލާއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ޓެކުހާ ގުޅޭ އެންމެ މައްސަލައެއް ނިމެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. އެހެންވެ، އެއީ ޓެކްސް ފައިސާ ހޯދަން އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ލިބެންޖެހޭ ފައިސާ ހުންނަނީ ބްލޮކްވެފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ޓެކްސްގެ 200އެއްހާ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންގުޅޭއިރު، އެ މަސައްކަތް ކުރަނީ ފަސް ވަރަކަށް ވަކީލުން ކަމަށެވެ. އަދި ކުރިން މައްސަލަތަކުގައި ކޯޓުތަކަށް އެކްސްޕާޓުންނަށް ދެވުނަސް، މިހާރު އެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ލޯޔަރުން ރީޓެއިން ކުރެވޭކަށް ނޯވޭ. އެއީ މީރާގައި މަސައްކަތް ކުރަންޏާ އެހެން އެއްވެސް ލީގަލް މަސައްކަތެއް ނުކުރެވޭ. ޓްރައިބިއުނަލް ލެވެލްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި، އީޔޫގައި ވެސް ޓެކްސްގެ ކޭސްއެއް ހޭންޑްލް ނުކުރެވޭނެ ޓެކްސޭޝަންއިން މާސްޓާސް ހަދާފައި ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގައި ޒަރީރު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ޒަރީރު ވިދާޅުވީ އެހެން ގައުމުތަކުގައި ޓެކްސްގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ޓެކްސް ލޯއިން ވަކި ހާއްސަ ކޮލިފިކޭޝަނެއް އޮތުން ލާޒިމްވާ ބަޔަކަށް ވިޔަސް، ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން ހުކުމް ކުރުމުގައި ބައެއް ގޯސްތައް ހަދާތަން ފެންނަ ކަމަށެވެ.
"ޓެކްސްގެ ދެލިގަނޑަށް ބަލައިގެން ހުކުމްތައް އަންނާތީ، މީރާގެ މުޅި ޕްރޮސެސް ދަނީ. ޓެކްސްއަކީ ވެސް ވަކި ޕްރޮފެޝަނެއް. ފަނޑިޔާރުން ވެސް އަދި ޓްރައިބިއުނަލްގައި މައްސަލަތައް ހޭންޑްލްކުރާ ފަރާތްތަކަށް ވެސް އެބަޖެހޭ ޓެކްސް އެނގެން މައްސަލަ ނިންމާއިރު،" އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ވަންނަ އާމްދަނީގެ 85 ޕަސެންޓް ބަލައިގަންނަނީ މީރާއިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ނުލިބި 13 ބިލިއަން ރުފިޔާ ހުރިއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ރިސޯޓް ކުލީގެ ގޮތުގަ އެވެ. އެއީ ފަސް ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
16 November 2025
ކޯޓްތަކުގެވާހަކަ ރަނގަޅީ ނުދެއްކިއްޔާ. ޚާއްޞަކޮށް ސިވިލްކޯޓް. މަކަރާޙީލަތުން އެގްރީމެންޓްހަދައި، ދިރިއުޅުނު ޢިމާތަޅައި ހުސްބިމަކަށްހެދުމަށްފަހު ކުލިވެސްނުދީ އެތައްމަހެއްނިމުމަށްފަހު މި އަންގަނީ ތަން ދޫކޮށްލަނީކަމަށް. އެއިރު ޢުމުރުން ދުވަސްވެފައިވާމީހުންތިބީ މަގުމަތިވެފައި. ސިވިލްކޯޓަށް މައްސަލަ ހުށަހެޅުމުން މަސްދުވަހަށްވުރެ ގިނަދުވަސްވާއިރުވެސް މައްސަލަ ރަޖިސްޓަރީވެސްކޮށްނުދޭ. ކޮންޓެކްޓަރބުނަނީ އެއްކަމެއްވެސްނުކުރެވޭނޭ. މިއޮތީޢަދުލުވެރިނިޒާމެއް.
އަބޫ
15 November 2025
އަޑުއެހުންތައް ނިންމާ 1 އަހަރުވާއިރުވެސް ހުކުމްނީއްވާ.... މިފަދަ ކަންކަން އެއްވެސް އިދާރާއަކުން ނުބަލާ ... ބުނާނެ ކޯޓުތަކާ ބެހެނީއޭ ... މިނިވަން ވުމަކީ މައްސަލަތައް ދިގުދަންމާލަން އޮތް މިނިވަންކަމެއްބާ
ކީކޭ ބުނާނީ
15 November 2025
ދެން ބުނާނޭ ކޯޓު ފުރާޅުގެ ޓިނު ނެތިގެންނޭ ޝަރީއަތް ލަސް ވަނީ
އިނބިރާ
15 November 2025
ކޮރަޕްޝަނުގެ ސަބަބުން ދައްލަތައް ގެއްލޭވަރު ހާމަ ނުކުރީ ކީއްވެ، އެކަން ނޯމަލައިޒް ވީތަ؟
ހަތަރެސްކަން
15 November 2025
ރައީސަކު އެބަހުރި މިގައުމުގެ ރައުސުލްމާލުގެ އެއްބިލިއަން ކާލި މީހަކު އޭނާގެ ކުށުގެ ވަން ޕަސަންޓް ހަމަނުވަނީސް ޖަލުން މިނިވަން ކޮށްފައި މިއާމެދު ބުނަނީ ކީކޭ!
ސަލީމާއްތަ
15 November 2025
އެއްމެ މޮޅުގޮތަކީ އަލުން 0 އިން ފެށުން. ޓެކުސް ނުދައްކާ ހުރި ވިޔަފާރިވެރިންނާއި ވާހަކަ ދައްކައިގެން މިއަހަރު ނުވަތަ މިއައްނައަހަރު ދައްކަން ޖެހޭ އަދަދުން އެއްމެ ގިަނއިން ދެވޭނެވަރު ކަޑައަޅާ ދެން ނުދެއްކި ހުރި އަދަދު މައާފްކޮއްދީ ހަދާނީ. މިހެން ހަދަމުން ގޮސް ފައިސާ ނުދައްކާ އެއްމެން ބަނދުކޮއްގެން ދެއްކޭނެ އަދަދު ކަޑައަޅަންވީ.
ތަމެންދޯ
15 November 2025
އެއް ބިލިއަން ރުފިޔާ މީރާ އަށް ނުލިބި އޮތްއިރު ކޮބާތޭ އޭޖީ އޭނާ ކިއެއްތޭ ކުރަނީ މިފައިސާ ހޯދާދޭން މީގަިއ ގިނައީ ރޭގައި ޕީއެންސީ އަށް ސޮއިކުރި ބޮޑުންނޭ އެގޮތުން ޖާބިރު އަކީ މީރާ އަށް ވަރަށް ގިނަ އަދަދަށް ފައިސާ ދޭން ޖެހޭ މީހެކޭ އެކަމަކު އޭނާ ފައިސާ ނުދައްކާ ހުރެފައި ދުވެފައި ގޮސް ޕީއެންސީ އަށް ސޮއިކުރީއޭ ދެން އޭނާ ފައިސާ ނުދެއްކި ނަމަވެސް މުއިއްޒު އެކަމާއި އަޅާ ނުލާނެއޭ އެކަމަކު އޭނާ ކޯޓަށް އަތް ނުބާނާދޯ މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތޭ
އިހުމާލު އިހުމާލު
15 November 2025
ހުރިހާ ދިމާލަކުން ފޫގޮސްސަ ވަރިހަމައެއްނޫން ނުލޮބުނަސް ބޭފުޅާ އިރުއިރުކޮޅާ އާއިލާގޮބައިގެން ރާއްޖެއިން ބޭރައް އެބަދެވޭނޫންތޯ
މީރާއިން
15 November 2025
މީރާއިން މަކަރުން ޓެކްސް އޭ ކިޔާފަ ފައިސާ ނަގަން އުޅޭ ކިތައް މައްސަލަ އެބަ އޮތް؟
މިއައު
15 November 2025
ކަލޭމެންގެ ފެންވަރަކީ ކުދި ވިޔަފާރިތައް ފުނޑުން. ވ ސަލާމް