ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ކޮމިޓީގައި ވާހަކައްދަކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
12 ނޮވެމްބަރ 2025 - 15:21
އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެހެން އިދާރާތަކެކޭ އެއްގޮތަށް އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ގާނޫނު 2011 ވަނަ އަހަރު ވުޖޫދުވި ފަހުން މުސާރައަށް ބަދަލެއް ނާންނަތާ 13 އަހަރުވެއްޖެ އެވެ.
ކަސްޓަމްސްގެ އިސްވެރިންނާ، ބަޖެޓް ރިވިއު ކޮމިޓީން ބައްދަލުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާ ކުރުމަށް އިތުރަށް 270 މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ މުވައްޒަފުންގެ މުސާރަ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ބަޖެޓުން އުނިކޮށްފައިވާ އަދަދަށް އިތުރު 70 މިލިއަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކަސްޓަމްސްގެ މަސައްކަތާ ބެހޭ ގޮތުން ދެކެވުނު ވާހަކާގައި ކޮންޓެއިނާ ސްކޭނާ ބެހެއްޓުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ކޮންޓެއިނާ ސްކޭނާ ބެހެއްޓިއްޖެ ނަމަ، ޕޯޓުގައި ހިންގާ ސްމަގްލިން އާއި އެނޫން ވެސް ކަންތައްތައް އޭގެ ތެރެއިން ޑިއުޓީ ވެސް އެހެނިހެން ކަންކަން ވެސް އިތުރުވެގެންދާނެތީވެ އެބައިތައް ހުންނާނެ މަޖިލީހަށް ހުށަހަޅާފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ކޮންޓެއިނާ ސްކޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ކަމަށާއި އެކަން ކުރުމަށް ގިނަ މަސައްކަތްތައް ރާވަމުން އަންނަ ކަމަށެވެ.
ދިޔާނާ ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރަށް އެ އިދާރާއަށް ލިބިފައި އޮތީ ފިނޭންސް މިނިސްޓްރީއާ އެކު އެއްބަސްވި ބަޖެޓަށް ވުރެ 19 މިލިއަން ދަށް އަދަދެއް ކަމަށެވެ. އެއީ 297 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓްރުތް
14 November 2025
ތިހެން ކިޔާތާ އެތައް ދުވަހެެއް. ތިދުވަހެއް ދުވަހަކުވެސް ނާންނާނެ. މުއައްސަސާގެ ބަޔަކު ވައްކަން ކުރީމަ، މުޅި މުއައްސަސާ ބަދުނާމުވެ، ނުވިތާކަށް ކޮމިޝަނަރު އައިސް މަސައްކަތް ކުރާ މުއައްޒަފުުންނާ ދިމާލަށް ކަލޭމެންނަށް ބޮޑު މުސާރަ ހައްގެެއް ނޫނޭ ބުނެފަ އޮތީ. އެހެންވީމަ ތިކަން ކުރިއަށް އޮތް އަހަރު ދުވަސްތެރޭވެސް ނުވުން ގާތީ. އާ ކުދިންނަށް ބުނެލަން އޮތީ ކެނޑޭށޭ. ގްރެބް ދަ ނެކްސްޓް ބެސްޓް އޮޕޮޗުނިޓީ ޔޫ ގެޓް. ނޯ ފިއުޗަރ އިން ކަސްޓަމްސް.
ޙަހަހަހ
13 November 2025
އެންމެ މުސާރަ ކުޑަ ތަން ކަސްޓަމްސް މީ! ބޮޑު ކުރަނީ ކިޔާލަ ކިޔާލަ. ދުވަހަކު ބޮޑެއް ނުވޭ
ފަލަމަޑި އަލަމާ
13 November 2025
ކަސްޓަމަކަށް ނޫންޥަނީ. އިހުސާންއަށް ތިޔަ މުސާރަ ބޮޑުވާނީ. މިވީހާތާކަށް އިހުސާނުގެ މިނިސްޓަރުގެ ދަށުން ކަސްޓަމްސްއަށް ކުރި ރަނގަޅު ކަމެއް ނެތް. އޮތީ ހުސް ކަސްޓަމްސް ބަދުނާމު ކުރުން. އިހުސާނުގެ ކަންކަން ހުރިގޮތް.
އެހެން ނުހަދާ.
13 November 2025
މޕލ ގަ ވެސް ހައިރިސްކް މަސައްކަތް ކުރާ ކުދިންގެ މުސާރަ ބޮޑުކޮށްލަދިނިއްޔާ ހާދަ ރަނގަޅޭ. ފުރާނައެއް ދިޔައީމަ ކޮންމެވެސް ޗަރުކޭހެއް ކުޅެލާ ނިންމާލަނީ.
ބޭސްދޯ
13 November 2025
ބޭސް ހައިކައިގެން ތިތަނުގެ މުސާރަ ބޮޑު ކުރަން ޖެހޭނީ. އެނޫން ގޮތަކަށް ނުވާނެ.
ބަޑިތަކުރު
13 November 2025
މުސާރަ ބޮޑުކުރިއްޔާ ފޮރުވިގެން ތިބެގެން ހިންގާ އަމިއްލަ ވިޔަފާރިތަކާއި، މަންފާ ލިބޭ އެހެން ވިޔަފާރިތަކުގެ މަސްލަޙަތުގައި އެނޫން ވިޔަފާރިތަކަށް ޖެއްސުންކުރުން ހުއްޓާލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ތެފައާސާ.
13 November 2025
މިސާލަކަށް އެމެރިކާގައިވެސް ވެއިޓަރުން "ޓިޕްސް" ނަގާތީ، މުސާރަ ހުންނަނީ އެއަށް އެޖެސްޓް ކޮށްފައި ކުޑަކޮށްފައި.
އިތްބާރު ގެއްލިއްޖެ
13 November 2025
2025 ވަނަ ގެ ބަޖެޓަކީ މިސަރުކާރުން ހުށައަޅާ ބަޖެޓެކޯ މިއަހަރު މުސާރަ ބޮޑުވާނެޔޯ އޭރު ބުނީ ފުލުހުންނަށް ބޮޑުކުރާއިރު ވާނެކަމަށް ބުނީ އަދި އެހެނިހެން އެލެވެންސް ވެސް ބޮޑުވެގެންދާނެކަމަށް ހުފެންދެއްކީ އާޚީރުގައި ސިވިލް ސާރވިސް އަށް ބޮޑުވާއިރުވެސް ނުވޭ ކޮށްތު ފައިސާ އަދި ވެސް ދެނީ 60 ރުފިޔާ ދުވާލަކަށް ހެލްތު އިންޝުއަރެންސް ވެސް ހަމައެއް ނުޖެއްސުނު ބޮޑުތަނުން ވަނީ ފެއިލް ވެފައި ހަމަ ހީނުވަނީ 2026 ނޮވެމްބަރުގެ ކުރިން ތިކަން ވާނެހެން ....
މަތި
12 November 2025
މުސާރަޔާވުރެ މައްޗަށް ލިވިން އެކުސްޕެންސެ އަރާ. ހަމަ ޖެހެނީ އެއްތާކު. ސޭވް ކޮލެވޭންގޮތެއް ނޯވޭ. ވަޒީފާއަށް ދަމިން އަމިއްލަ ކަމެއް ކިރުމަށް އެހާމެ ދަތި. ދެން އޮންނަނީ ކޮންމެސް ކޮރަޕްސަނެއް ނޫނީ ހަކިރެއް ވިކައިގެން ދިރިއުޅެވޭވަރު ކުރުން.
ހުތރެ
13 November 2025
ތި ދެން އަޖައިބެއް...ލިބޭ މިންވަރަށް ޝުކުރު ނުކޮށް އެންމެ މުއްސަނދިކޮށް އުޅެނީ...50% ސިނގިރޭޓަށް ހޭދަކުރަނީ...ދެން ކޮން ސޭވްއެއް ކުރެވޭނީ..
އައްޕަތުރޭ
12 November 2025
އިހުސާނު ބުނީ 12 މަސް އެބަ އޮތޭ. ދެން ބާރަށް އަތްޖަހާ.
އާމްބެ
13 November 2025
ބާރަ މަސް އޮތަސް އަންނަ އަހަރެއްނު އެއީ. ޢެހެންމަ އޯކޭ ވާނެ. ކޮފީ މަދުކޮށް މަސައްކަތް އިތުރުކުރޭ.