ދައުލަތުގެ މި އަހަރުގެ ބަޖެޓުން ހައުސިން މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 15 މިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ޕަބްލިކް ހައުސިން އަށް ކުރި ހޭދަވަނީ މިދިޔަ އަހަރަށް ވުރެ 71 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހައުސިން މަޝްރޫއުތަކަށް 53 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ކަނޑައަޅާފައިވަނީ ހައުސިން މަޝްރޫއުތަކަށެވެ. އެގޮތުން އެއް ބިލިއަން ރުފިޔާ އެފަދަ މަޝްރޫއުތަކަށް ހޭދަކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. 

މި އަހަރުގެ ބަޖެޓުގައި 8.3 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވެ އެވެ. އަދި އޭ ގެތެރެއިން 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ބަޖެޓުން 19 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ނުވަ ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަ އާއި އޮފީސްތައް ހިންގުަށެވެ.