ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

ޕެއިން ކްލިނިކުގައި ސީ-އާމް މެދުވެރިކޮށް ތަދަށް ދޭ ފަރުވާތައް ރަސްމީކޮށް ތައާރަފްކޮށްފި

ޕެއިން ކްލިނިކުގެ ޑޮކްޓަރު ސީ-އާމް މެޝިންއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

17 ނޮވެމްބަރ 2025 - 09:36

ތަދުތަކަށް ފަރުވާ ދޭ "ޕެއިން ކްލިނިކް" ގެ ހިދުމަތް ފުޅާކޮށް، ސީ-އާމް މެޝިން މެދުވެރިކޮށް ތަދަށް ދޭ ފަރުވާތައް ރަސްމީކޮށް އިއްޔެ ތައާރަފު ކޮށްފި އެވެ.

މި ހިދުމަތް ތައާރަފު ކޮށްދެއްވީ އިންޑިއާގެ ޑަރާޑިއާ ޕެއިން ކްލިނިކްގެ ފައުންޑަރު ޑރ. ގައުޓަމް ދާސް އާއި ޕެއިން ކްލިނިކްގެ ޗެއާމަން އަލާއު އަލީ އެވެ.

އެ ރަސްމިއްޔާތުގައި އަލާއު ވަނީ، ސީ-އާމް މެޝިންގެ ހިދުމަތާ އެކު، ޕެއިން ކްލިނިކުން ތަދުތަކަށް ދޭ ފަރުވާތައް އިތުރުވެ، ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ މި ފަރުވާ ބޭނުންވެ، އެކަމަކު ރާއްޖެ އިން ބޭރުން ހިދުމަތް ނުލިބި ތިބި ގިނަ ބަޔަކަށް ތަނަވަސްވި ފަސޭހަ މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެއިން ކްލިނިކުގެ އިސްވެރިން ސީ-އާމް މެޝިން ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިއްޔެގެ ރަސްމިއްޔާތުގައި ޑރ. ގައުޓަމް ދާސް ވިދާޅުވީ ރާއްޖޭގެ ޕެއިން ކްލިނިކަކީ ޑަރާޑިއާ އިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކްލިނިކެއް ކަމަށާއި އެ ކްލިނިކުގެ ހިދުމަތްތަކަކީ ދުނިޔޭގެ އެކި ގައުމުތަކުން ލިބެން ހުރި ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއް ކަމަށެވެ.

އަދި ކްރޮނިކް ޕެއިން އަކީ ކޮންމެ ގައުމެއްގައި ވެސް ނިސްބަތުން ގިނަ ބަޔަކު ތަހައްމަލު ކުރާ ތަދުތަކަށް ވާއިރު، ސީ-އާމް ފަދަ ތަދުތަކަށް ދޭ ފަރުވާތަކަކީ ހުރިހާ ގައުމެއްގައި ވެސް ލިބެން ހުރުން މުހިންމު ފަރުވާއެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ދާސް ވިދާޅުވި ގޮތުގައި، ޕެއިން ކްލިނިކުގެ އެކި ފަރުވާތަކާ އެކު، ރާއްޖޭގައި ގިނަ ދުވަސްވީ އެކި ތަދުތައް ތަހައްމަލު ކުރާ މީހުންނަަށް އެ ތަދުތަކަށް ލުއި ލިބޭނެ މަގު ވަނީ ތަނަވަސްވެފަ އެވެ.

ޕެއިން ކްލިނިކުގައި ހުންނަ ސީ-އާމް މެޝިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެއިން ކްލިނިކުން ތައާރަފްކުރި ސީއާމް މެޝިނުގެ އެހީގައި އެ ކްލިނިކުގައި ކަށީގެ ކުދި ޕްރޮސީޖާތައް ހެދޭނެ އެވެ. އޭގެ ތެރޭގައި ޑިސްލޮކޭޝަނާއި ޖޮއިން އިންޖެކްޝަން އަދި ކަށިގަނޑަށް ބޭނުންވާ އިތުރު ފަރުވާތައް ރައްކާތެރިކަމާ އެކު ދެވޭނެ އެވެ. މި މެޝިނުގެ އެހީގައި ސީދާ ތަދު ހުންނަ ތަނަށް ބޭނުންވާ ރޭޑިއޯ ފްރީކުއެންސީ ފަރުވާތަކާއި އިންޖެކްޝަން ދޭނެ އެވެ. މިއީ ބުރަކަށީގެ ރިހުމާއި ސަޔަޓިކާއި އާތްރައިޓިސް އަދި ނާރުގެ ތަދުތައް ފަދަ މައްސަލަތަކަށް ދެވޭނެ ފަރުވާއެކެވެ.

ޕެއިން ކްލިނިކަކީ ރާއްޖޭގައި އަމިއްލަ ފަރާތަކުން މިފަދަ ހިދުމަތެއް ތައާރަފްކުރި ފުރަތަމަ ކްލިނިކެވެ.

އެ ކްލިނިކުގައި ސީ-އާމް ހިދުމަތްތަކުގެ އިތުރުން އަލްޓްރާސައުންޑް-ގައިޑެޑް ނާވް ބްލޮކިން އާއި ރޭޑިއޯ ފްރީކުއެންސީ(އާރުއެފް) އެޕްލޭޝަން އާއި ޕީއާރުޕީ އާއި ރީޖެނެރެޓިވް ޓްރީޓްމަންޓުތަކުގެ އިތުރުން ފިޒިއޮތެރަޕީ އާއި ރެހިބެލިޓޭޝަން ހިދުމަތް ދެ އެވެ. ދުވަސްވީ ތަދުތަކުގެ އެސެސްމަންޓު ވެސް ޕެއިން ކްލިނުން ހަދައިދޭނެ އެވެ. މި ކްލިނިކަށް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ކޮންސަލްޓޭޝަނަށް އިންޑިއާގެ ޑަރާޑިއާ ޕެއިން ކްލިނިކުގެ ތަޖުރިބާކާރު ޑޮކްޓަރުން ޒިޔާތް ކުރެ އެވެ.

ޕެއިން ކްލިނިކުން އާސަންދަ އާއި އެމްއެންޑީއެފް އިންޝުއަރެންސް ކަވަރޭޖު ލިބޭނެ އެވެ. އެ ކްލިނިކުން އިތުރު އިންޝުއަރެންސް ކަވަރެޖް ތައާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި، ހަތަރު ވަނަ ފްލޯގައި ހަދާފައިވާ ޕެއިން ކްލިނިކަކީ ތަދުތަކަށް ފަަރުވާ ދޭން ރާއްޖޭގައި ހުޅުވި ފުރަތަމަ ކްލިނިކު ވެސް މެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 75%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454