ދިވެހި ފައިސާގެ ތާރީހު ކިޔައިދޭ ފޮތް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ މިއަދު އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި މިހާރުގެ ގަވަރުނަރު މުނައްވަރު.---ފޮޓޯ: އެމްއެމްއޭ
17 ނޮވެމްބަރ 2025 - 12:15
މާލީ ގޮތުން ކުރިމަތިވާ "ތޫފާނެއް" ހަމަ ކޮންމެ ހިނދަކު ވެސް އަތުވެދާނެ ކަމަށާއި އެކަމަށް މަރުކަޒީ ބޭންކުން ތައްޔާރުވެ ތިބެންޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީބޭންކް (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025" ގައި ތަގުރީރުކުރައްވަމުން އަޒީމާ ވިދާޅުވީ އާއްމު ގޮތެއްގައި، ތޫފާނު އަންނާނީ އެންމެ ހީނުކުރާ ވަގުތު ކަމަށާއި ބައެއް ފަހަރު އެއީ ނިދާފައި ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި، "ޝޮކެއް ނުވަތަ ތޫފާނެއް" އަތުވެދާނެތޯ މީހުން ސުވާލު ނުއުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ތޫފާންތައް] ބައެއް ފަހަރު އަންނަނީ އަޅުގަނޑުމެން ނިދާފައި ތިއްބާ. އަޅުގަނޑުމެންގެ ކޭޝްފްލޯ ހީނަރުވެފައިވާ ވަގުތެއްގައި، ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތަކާ އެކު އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުބަލިވެފައިވާ ވަގުތެއްގައި،" އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި ޝޮކެއް ނުވަތަ ތޫފާނެއް އަތުވެދާނެތޯ މީހުން ސުވާލު ނުއުފެއްދި ނަމަވެސް މާލީ ހާލަތާ ދޭތެރޭ އޮންނަ ކަންބޮޑުވުންތަކެއް މީހުންގެ މެދުގައި އޮންނާނެ އެވެ. މީހުން ކަންބޮޑުވާނީ އޭނާ ވިދާޅުވި ގޮތުގައި ލިބޭ މުސާރައިން އެ މީހުން ބޭނުންވާ ކާނާ ގަނެވޭނެތޯ އާއި ބޭންކް ކާޑުން ކުރަމުން އައި ކަންތައް ކުރެވިދާނެތޯ ކަމަށެވެ.
އެމްއެމްއޭގެ ރިސާޗު ކޮންފަރެންސްގައި ކުރީގެ ގަވަރުނަރު އަޒީމާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެމްއޭ
"އެއީ ހަމަ ހަގީގީ ކަންބޮޑުވުމެއް، އެމީހުން ކަންބޮޑުވާނީ ކަމެއް ދިމާވެއްޖެ ނަމަ ރުފިޔާގެ އަގު އެގޮތުގައި ހުރެދާނެތޯ. ތައްޔާރަށް ތިބެން މުހިއްމުވަނީ މިހެންވެ. ތޫފާނެއް އަތުވެދާނެ ހާލަތަކަށް އަޅުގަނޑުމެން ތައްޔާރަށް ތިބެން ޖެހެނީ މިހެންވެ،" އަޒީމާ ވިދާޅުވި އެވެ.
ތައްޔާރަށް ތިބުމުގެ މާނައަކީ ބޯމަތީގައި އޮތް ފުރާޅު [ރައްކާތެރިކަމުގެ ފިޔަވަޅުތައް] ވަރުގަދަކޮށްގެން ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،
"އަޅުގަނޑުމެންގެ ކާބަފައިން، ވިއްސާރަ މޫސުން އައުމުގެ ކުރިން ފުރާޅުފައި އާ ފަން ޖަހާ. އެހެން ނަމަވެސް ނަސީބުދެރަކަމުން، އަޅުގަނޑުމެންގެ ގިނަ މީހުން ކުރާ ކަމަކީ ފުރާޅުގައި އާ ފަން ޖެހުމުގެ ބަދަލުގައި، ފޫގޮސްފައި ހުރި ތަންތަނުގައި ޕެޗް އަޅަަނީ. އެއީ ހަގީގީ ތައްޔާރީއެއް ނޫން،" އަޒީމާ ވިދާލުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަަދަ ތޫފާނަކަށް ނުވަތަ ޝޮކަކަށް ތައްޔާރުވާން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ "ސްޓްރެޓެޖިކް ފޯ ސައިޓް" ނުވަތަ ކުރިމަގުގައި ކަންވެދާނެ ގޮތްތައް ލަފާކޮށް އެ އިން ކޮންމެ ހާލަތަކާ ގުޅިގެން ގެންނަން ޖެހިދާނެ ބަދަލަކަށް ތައްޔާރުވުމެވެ.
މި އަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ގިނަ އަދަދަކަށް ހުށަހަޅާފައިވެ އެވެ. އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅަން ހަމަޖެހިފައިވެ އެވެ. މި ދިރާސާތައް ހުށަހަޅުއްވާ ބޭފުޅުންގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދިރާސާވެރިން ހިމެނެ އެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ މިދިޔަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޫފާނު
17 November 2025
ހާދަ އަވަހަކަށް ތި ހުސްވީ ނެގިހާ ލޯނުތަކާއި ވިއްކިހާ ބިން ތަކުން ލިބުނުހާ ފާއިސާ ކޮޅު؟
އަޒީމާ މެން
17 November 2025
ޔާނު ސަރުކާރުގައި މިހާލަތަށް ޤައުމު ގެންދިއުމުގެ ޒިންމާ އަޒީމާ ނަގަންޖެހޭ. ފިއްލަވައިގެން މިއޮތްހާ ދުވަހު ހުންނަވާފައި ކޮން އިންފްލޭޝަނެކޭ ތިޔަ ކިޔަނީ. ހަމަ ހައިރާންވޭ މިމީހުން ދޯ
ޢަހަންމާ
17 November 2025
އެމްއެމްޕީއާރްސީ ވައްކަން އަދީބު އަށް މަގުފަހިކޮށްދިނީ އަޒީމާކަން އޭސީސީގެ ރިޕޯޓުން ވަރަަށް ރަގަޅަށް އެގޭ. މުނައްވަރަށް މިކަން ނޭންގުނަސް ނުވަތަ އެގޭކަމަށް ނުހެދިޔަސް ދިވެހި ރައްޔިތުންނަށް އަޒީމާއަކީ ކާކުކަން އިގޭ. މޮޅެތި ވާހަކަ ދެއްކުމުގެ ކްރެޑިބިލިޓީއެއް ނެތް. އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އިންނަންޖެހޭނީ ޖަލުގަ.
ރާވެރިބެ
17 November 2025
ކުރީގެ އެމްއެމްއޭގެ ގަވަރނަރ ޑރ. އަޒީމާއަކީ އިގްތިސާދީ ރޮގުންނާ މާލީ ރޮގުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ތަޖުރިބާކާރެއް. އެކަމަނާ އަކީ މިހާރު އ.ދ. ގެ ސީނިއަރ އެޑވައިޒަރެއްގެ މަގާމް ފުރުއްވާ ބޭފުޅެއް. މިފަދަ ޕްރޮފެޝަނަލް ބޭފުޅުންގެ ބަސްއަހާ ސަރުކާރުން އަމަލު ކުރަންޖެހޭ. ޚަރަދު ކުޑަކުރަން މަޖުބޫރު. ކޮންމެ ރަށަކުން އެދޭހާ ކަމެއް ވަގުތުން ނުކޮށްދެޥޭނެ. މުސާރަތަށް ވެސް ހިތުހުރި ވަރަކަށް ކުއްލިއަކަށް މަތި ނުކުރެވޭނެ.
ޭައަލްޓިކޯ
17 November 2025
ތީ އެއްމެންނަށް ވެސް އެގޭކަމެއްނު ލޭވެސް ހެދުނު ރަގަޅަށް ހުރެފަ ހަވީރު ވާއިރުމައްޗައްވެސްދޭ.ތިކަމުގަ ކަމެއްކުރެވޭނީ ސަރުކާރު ހިންގުން ހަރުދަނާވެގެން
ޜޯނު އެދުރު އަލަމާ
17 November 2025
ޢިންފުލޭސަން މައްޗަށްދާނީ ފައިސާ ޗާޕް ކުރީމާ. ޢެނޫން ގޮތެއް އޮތިއްޔާ ކިޔާދީ ބަލަ؟
ކައުންސެލަރު....
17 November 2025
މިކަމުގެ ހުރިހާ ޒިންމާ އެއް ނަގަންޖެހޭނީ އިބުރާހިމް މުހައްމަދު ސޯލިހާ އަމީރު، އަދި އެބައިގަނޑުގެ އައުވާނުން. ޤައުމު ގާތްގަނޑަކަށް ބަނގުރޫޓްކޮށްފާ 4 ރައީސުންނާ ނުބައްދަލު ލޯނުނަގާފާ މުޅި އުންމަތް ދަރުވާފާ ދިޔައިމާ ދެން ލިބޭ ހުރިހާ ފައިސާއެއް ލޯނު އަދާކުރަން ޖެއްސީމާ އިންފުލޭޝަނެއްނޫން ރައްޔިތުން ރުޅިވެސް އަރާނެ