އެއާ އިންޑިއާގެ މަތިންދާބޯޓުތަކެއް: މޯލްޑިވިއަން އާއި އެއާ އިންޑިއާއާއެކު ވަނީ އެގްރިމެންޓެއްގައި ސޮއިކޮށްފައި
05 ޑިސެމްބަރ 2025 - 18:05
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއާއެކު ކަނެކްޓިވިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އާ އެގްރީމެންޓާ އެކު ދެ ގައުމުގެ ދަތުރުތައް މިހާރަށް ވުރެ ފަސޭހައިން ގުޅުވާލެވޭނެ ކަމަށެވެ. އަދި އެއާ އިންޑިއާއިން އަންނަ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް ކުރުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެގޮތުން އެއާ އިންޑިއާ މެދުވެރިކޮށް ނިއުދިއްލީ އާއި މުމްބާއީ އިން އަންނަ ފަރާތްތަކަށް ރާއްޖޭގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް އަންނަނީ ދަތުރު ކުރަމުންނެވެ.
މޯލްޑިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އެއާ އިންޑިއާއާ އެކު ހެދި އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތައް ދިނުމަށް އެއާލައިންއިން ކުރާ މަސައްކަތަށް އިތުުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއަށް ވެސް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއަން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ނިފުން އަގަރްވާލް ވިދާޅުވީ އެ އެއާލައިން އިން އަންނަ ފަރާތްތަކަށް ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކާ ދިމާކޮށް ފްލައިޓްތައް ބުކް ކުރެވޭނެ ކަމަށެވެ.
މޯލްޑިވިއަން އިން އަންނަނީ ބޭރުގެ ގިނަ އެއާލައިންތަކާ އެކު އެފަދަ ކަނެކްޓިިވިޓީ އެގްރީމެންޓްތައް ހަދަމުންނެވެ. އަދި އެފަދަ އެގްރިމެންޓްތަކާއެކު އިންޓަނޭޝަނަލް އެއާލައިންތަކުން އަންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ޑޮމެސްޓިކް ދަތުރުތައް ރާއްޖޭގައި ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެމެރިކާ.
06 December 2025
ތި އުޅެނީ އިންޑިޔާއިން މޮލްޑިވިޔަން ތެރެޔައް ދަޑި ބާނަން.
އޮނަރަބްލް އަފީފު ދީދީ
05 December 2025
ތިންވަނަ ޕެރަޤްރާފުގައި އޮތީ "އެގޮތުން އެއާ އިންޑިއާ މެދުވެރިކޮށް ނިއުދިއްލީ އާއި މުމްބާއީ އިން އަންނަ ފަރާތްތަކަށް ރާއްޖޭގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރު ކުރެވޭނެ ކަމަށް" މޯލްށިވިއަންގެ ވެރިންނަށް "ރާއްޖެ" ކަމަށް ހީވެފައި އޮތީ ހަމަ އެކަނި ކ.އަތޮޅު މާލެ ތޯ؟ ދެން ތިޔަ އެއްބަސް ވުމުގެ ދަށުން (ތިއީ ކޯޑް ޝެއަރ ކުރާ އެއްބަސް ވުމެއް ނަމަ) މޯލްށިވިއަންގެ ޓިކެޓްގައި އެއަރ އިންޑިޔާގައި ދަތުރު ކުރެވޭނެ ތޯ؟!
ރަނާވަތު
05 December 2025
ތިކަމުން ފައިދާ ތިވަނީ އިންޑިއާއަށް ދޯ
އޮނަރަބްލް އަފީފު ދީދީ
05 December 2025
މިއީ މޯލްޑިވިއަންގެ ފަރާތުން ޙަބަރު ދީގެން ލިޔެފައިވާ ލިއުމެއްނަމަ ފުރަތަމަ ކަމަކަށް އެއަރ އިންޑިއާ އަކީ އިންޑިޔާގެ ނޭޝަނަލް ފުލޭގް ކެރިއަރެއް ކަމަށް ވިޔަސް އެއީ އިންޑިޔާގެ ޤައުމީ އެއަރ ލައިނެއް ނޫން. އިންޑިޔާގެ މަޝްހޫރު ވިޔަފާރި ކުންފުނި TATA Group އިން 2022 ވަނަ އަހަރު އެއަރ އިންޑިޔާ ސަރުކާރުގެ އަތުން ގަނެ ޓާޓާ ޤުރޫޕްގެ ވިޔަފާރިއެއްގެ ގޮތުގައި ހިންގާކަން މޯލްޑިވިއަންގެ ވެރިންނަށް އަދިވެސް ނޭގޭތީތޯ އެއީ ޤައުމީ އެއަރ ލައިން ކަމަށް ބުނަނީ؟!
އެއާއިންޑިޔާ
06 December 2025
ތި ހުރިހާ ކަމެއް އިނގޭ އިރު އިގެންވާނެ މިހާރު ޤައުމީ އެއާލައިން އެއް ގޮތުގައި އޮތީ އެއާއިންޑިޔާ ކަން. ތަފާތަކީ ސަރުކާރުން ސީދާ އޮޕަރޭޓް ކުރާ އެއާލައިނެއް ނެތުން.