ހުއްދަ ނެތް ބައެއް ފަރާތްތަކުން ވެލާނާ އެއާޕޯޓުގައި ޑޮލަރާއި ސިމްކާޑު ވިއްކާ މައްސަލަ ފެންމަތިވެފައިވޭ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ވެއިޓިން އޭރިއާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
01 ޖެނުއަރީ 2026 - 19:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިމް ކާޑު ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައި ވަނީ އެކަމާ ގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާ އެކު އެއްބަސްވުމެއް ހަދާފައިވާ ބަޔަކަށް ކަމަށް ވާތީ، އެ ހިދުމަތްތައް ދިނުމުގެ ހުއްދަ ނެތް އެހެން ފަރާތްތަކުން އެއާޕޯޓުގައި އެކަން ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއޭސީއެލް އިން މިއަދު ދީފި އެވެ.
އެމްއޭސީއެލްގެ ބެލުމުގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ބޭރުގައި ހުއްދަ ނެތް ބަޔަކު ޑޮލަރާއި ސިމް ކާޑު ވިއްކާ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ވެސް ސަމާލުކަމަށް އައިސްފައި ވެ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއޭސީއެލްއާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ނަމަ އެކަން ކުރަން ޖެހޭނީ ހާއްސަ ކައުންޓަރަކުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށެވެ. އަދި އެ ހިދުމަތެއް ދޭ ބަޔަކު ތިބެން ޖެހޭނީ އެ ބަޔަކު ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާހަގަވާނެ ފާހެއް ހިފައިގެން ކަަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
"އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށް ވެސް މަނާކަމެކެވެ،" ދެންނެވުމުގައި ވެ އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތައް ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދަ ހާއްސަ އުސޫލުތަކެއްގެ ދަށުން ދޫކުރަނީ އެ ކުންފުނިން އެކަންޏެވެ. އެހެންވެ، އެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ބަޔަކު އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނޫނީ ހިދުމަތެއް ދިނުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
"ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމުގައި ވާތީ ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ ކަމާގުޅޭ ސަލާމަތީ މުއައްސަސާތަކާ އެކު އެފަދަ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ،" އެމްއޭސީއެލުން ބުންޏެވެ.
ދެންނެވުމުގައި ބުނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އެ ބަޔަކަަށް ލިބިދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮކޭ ޓީމްލީޑަރ
01 January 2026
އެމްއޭސީއެލް އެނގޭނެ މިކަންކުރަނީ ގޭންގްމެމްބަރުންކަން. ކޮންޒަމާނެއްް މިކަންކުރާތާ؟ ޓިކްޓޮކެއްގައި ގެސްޓެއް މިކަން ބަސްޓްކޮށްލީމަ އެމްއޭސީއެލް އަށް ރޭކާލީ.
މަކަރުން
01 January 2026
ހާއްސަ ހުއްދަޔެކޭ؟…ބަލަ ގައުމުގެ އެންމެ ލާރިވަންނަ ދޮރުގާ ވިޔަފާރިކުރަން ބޭރު ފަރާތްތަކަށް ދީފާހުރީ ކޮން ގާނޫނެއްގެ ދަށުން؟ ކީއްވެ ދިވެހިންގެ އުފެއްދުންތަކަށް އިސްކަމެއް ނުދިނީ؟؟؟ ތި އާ ޓާރމިނަލް ހެދާ ހިންގަން ފެށިއިރު އިއުލާނު ނުކޮއްލާ، އެހާވެސް ވަގަށް.
ފޮނިފޮނިޓައްޕު ކުމާރު
01 January 2026
"ދެންނެވުމުގައި ބުނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އެ ބަޔަކަަށް ލިބިދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށެވެ."...... މީހަކު ނުވަތަ ބަޔަކު މަނާކަމެއްކުރީމާ އެކަމަށް ފިޔަވަޅުއަޅާމީހާ ޒިންމާނަގަންޖެހޭތަ؟ މިރާއްޖޭގާ އެހެންވެދާނެ. ކުއްވެރިޔާގެ ގައިގާ ޕޮލިހަށް އަތްލެވޭގޮތުންވެސް ފުލުސްމީހާ ކުއްވެރިވެދާނެ. އެހެންވެފާވެސް އެބަހުރި.
ވިސްނާށޭ
01 January 2026
މިކަމަކީ ކުރަން މާބޮޑަށް ލަސްވެސް ވެއްޖެކަމެކޭ އެއަރޕޯރޓަށް ދެވިގެން ނުވާނެ އަމިއްލަ ޓެކްސީ ތަކަށް ވެސް އެތަނަށް ވަދެވެން ޖެހޭނީ ސަރުކާރުގެ ޓެކްސީ ލައިންގެ ޓެކްސީ ތަކަށް އެކަނިއޭ އެނޫންނަމަ އެއަރޕޯރޓްގެ ސަލާމަތާއި ރައްކާތެރި ކަން ގެއްލޭނެއޭ މިކަން ވެސް އެމްއޭސީއެލް އިން ދަންނާށޭ އެމްއޭސީއެލް އަށް ޔަގީންކަން އޮންނަ ސަރުކާރުގެ ޓެކްސީ ލައިން ދާން ޖެހޭނީ އެއަރޕޯރޓަށް ޕަސެންޖަރުންނަށް ޚިދްމަތް ދޭން އަދި ބާދޯނި ތަކުގައި ފެރީކުރުން ވެސް ހުއްޓާލާށޭ
ބާލިދީ
01 January 2026
މިއީ ރާއްޖޭގަ އާމުކަމެއް. ހުއްދަ ދީފައިނެތް ކަމެއް ކުރުމުން ހުއްޓަލުމަސް އިންޒާރެއް ދޭކަށް ނުޖެހޭ. މާލޭގަ ޕާކިންއަށް މިއޮތީ އިންޒާރު ދެމުންދެމުންގޮސް ހަންދުންނެއްޓިފަ. މިހާރުވެސް ފުލުހުން މަގެއް ސާފް ކުރަންވީމަ ނޫސްތަކުގައި ޖަހަގެން އިއުލާނު ކުރާނެ. ކުރިއާލާ އިއުލާނު ކޮށް ނޫހުގަ ޖަހާކަށް ނުޖެހޭ.
ސަރީފްބޭ
01 January 2026
މީ ގޮތެއްފޮތެއް އޮންނަ ގައުމެއްތަ ހުއްދަނުދޭކަމަށްވަންޏާ ވަގުތުން ބޭރުކުރޭ އޭރުންނިމުނީ
މިއައު
01 January 2026
ކުށެއް ކުރީމަ އަދަބު ދިނީމަ ވީނުން. ކޮން އިންޒާރެއް
އަފްރާސިޔާބު
01 January 2026
އެއްލައްކަ ތިރީސް ޑޮލަރު ވަގަށް ނެގިމީހުން އެވިޔަފާރި ކުރާނެނުންތަ އެމްއޭސީއެލުން ކިތަންމެ އިންޒާރެއްދިނަސް. ދެން ބުނޭ އެމްއޭސީއެލް ބަނގޫޓުވީ ހުއްދަނެތްބަޔަކު އެއަރޕޯޓްގައި ވިޔަފާރި ކުރާތީއޭ. ގަވާއިދުގެ ތެރެއަށްވަނުމަށް ނަސޭހަތްތެރިވަމޭ. މުޅިންޓޫރިސްޓިން ބަލައި ގޮސް އުޅެނީ ބޭރުމި ބަންގާޅުމީހުން. ކޮންކަމެއްވެގެންތޯ ބަންގާޅީ މަސައްކަތްތެރިން އެއަރޕޯޓަށް ދާންވީ. ޢާއިލާމީހުން ބަލައެއްނޫން. ހިއުމަންރައިޓްސް ދޮއްތޮ.