ދިރާގު "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ހިލޭ ސްމާޓް ކެމެރާއެއް ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަށް ލިބޭނެ އެވެ. އޭގެ އިތުރުން 65 އިންޗީގެ ޓީވީއެއް ނަސީބުވެރި އެކަކަށް ކޮންމެ ހަފުތަކާއަކު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ހަތަރު ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން، ހިލޭ އިންޑޯ ސްމާޓް ކެމެރާ ލިބޭނީ "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް އިން މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށްށެވެ. އަދި 50 އެމްބީޕީއެސް އިން މަތީގެ ޕެކޭޖެއް ހިޔާރުކުރާ މީހުންނަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ލިބޭނެ އެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް އިން މަތީގެ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލެއް' ދޫކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
"ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުންނަށް އަޕްގްރޭޑް ކޮށްގެން އަދި އަލަށް މި ހިދުމަތް ހޯދައިގެން ބައިވެރިވެވޭ މި ޕްރޮމޯޝަނަކީ ހަލުވި ސްޕީޑުގެ އިންޓަނެޓާ އެކު، ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ލިބޭނެ ފުރުސަތެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ.