ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ "ރޯދަ ރެޑީ" ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.

ދިރާގުން ބުނީ މިއީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވާ ތަކެތި ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގައި ހޮވުނު ނަސީބުވެރިންނަށް ދިރާގުން ވަނީ ރެޑްވޭވްގެ 5،000ރ. ގެ ޝޮޕިން ވައުޗަރެއް ކޮންމެ މީހަކަށް ހަދިޔާކޮށްފަ އެވެ. 

"ދިރާގު ރޯދަ ރެޑީ" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ހޮވުނީ: 

  • ޒާހިރާ އަލީ
  • ފާތިމަތު ލީނާ
  • މުހައްމަދު ޝިމާލް ނާޒިމް   
  • މުހައްމަދު ފައިޝާން ފައިސަލް      
  • އަޒްރަފް މުހައްމަދު
  • އިބްރާހިމް ރަޝީދު

މި ޕްރޮމޯޝަނުގެ ދަށުން 21 ނަސީބުވެރިއަކަށް، 5،000ރ. ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ވައުޗަރުތަކުން ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ އެވެ. އޭގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި  ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި އެ މީހަކަށް ނެގޭ ހުރިހާ އެއްޗެއް ހިލޭ ލިބުމުގެ ފުރުސަތު ވެސް ދެ އެވެ. 

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 50ރ. އިން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ. އޭގެ އިތުރުން 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި 20 ޖެނުއަރީން ފެށިގެން މި މަހުގެ 9 ގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެ އެވެ. އެންރޯލްކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.