ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މެރިން އެކްސްޕޯގައި ހުންނަ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. 

މި ޕްރޮމޯޝަނުގައި އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ޑައިވާ ބްރޭންޑުގެ ޖިގިން ފިޝިން ކިޓެކެވެ. ދެ ވަނަ އިނާމަކަށް ޔަމަލޫބު އޮއިލް ޕެކޭޖެއް ލިބޭއިރު ތިން ވަނަ އިނާމަކީ ޓޯޓަލް ޓުލްސް އިމްޕެކްޓް ޑްރިލް އަކާއި އިމްކެޓް ޑްރައިވާ ކޯޑްލެސް ކޮމްބޯ ސެޓެކެވެ.

މި ޕްރޮމޯޝަނަކީ އެ ސްޓޯލަށް ޒިޔާރަތްކޮށް، އެލިއާގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކުރުމުން ލިބޭ ކޫޕަން ފުރައިގެން ބައިވެރިވެވޭ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެކެވެ. 

މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ ސްޓޯލް
މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ ސްޓޯލް

އެލިއާގެ އެސިސްޓަންޓް މެނޭޖަރު، ސުހާ މަހުމޫދު ވިދާޅުވީ އެލިއާގެ ސްޓޯލުން ޔަމަހާ އެކި އިންޖީނުތަކުގެ މައުލޫމާތުތަކާއި ޔަމަހާ "ވޭވްރަނާ" ޖެޓްސްކީގެ އެންމެ ފަހުގެ މޮޑެލްތައް ބަލާލައި، އޭގެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ. އަދި އެތަނުން ޔަމހާގެ އިންޖީނު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށާއި އެ ފަރާތްތަކަށް ހުންގާނު ސިސްޓަމެއް މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ސްޓޯލްގައި މިހާރު އެލިއާއިން ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރަމުން އަންނަ 350 އާއި 400 ހޯސްޕަވަރުގެ އިންޖީނުތައް ވެސް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ އިތުރުން މިހާރު ވިއްކާ އެކި ސައިޒުތަކުގެ އިންޖީނުތައް އެތަނުން ބަލާލެވޭނެ ކަމަށާއި އެއާ ގުޅޭ މައުލޫމާތުތަކާއި، ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮފާތަކާއި އިންސްޓޯލްމަންޓް ޕްލޭންތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެލިއާއިން ރާއްޖެއަށް ތައާރަފްކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު ތައާރަފްކުރާ އަދި އެއަށްފަހު ވެސް ގެންނަންޖޭހޭ ކޮންމެ ބަދަލެއް ގެނެސް ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ އިންޖީނުތަކެއް ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާ އަކީ ރާއްޖޭގައި ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އެލިއާއިން ޔަމަހާ ޕްރޮޑަކްޓުތަކުގެ ސްޕެއާ ޕާޓްސް ލިބެން ހުންނާނެ އެވެ. އަދި އެލިއާއިން ޔަމަހާ ޕްރޮޑަކްޓުތަކަށް އާފްޓާ ސޭލް ސާވިސް ވެސް ދެ އެވެ.