ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ ބިލްޑް އެކްސްޕޯ 2026 ގައި އެލިއާ އިން ގާއިމު ކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ސްޓޯލްގައި އެލިއާ އިން ވިއްކާ އުފެއްދުންތައް ބަލާލައި، ހިދުމަތްތަކާއި ބެހޭ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށް ބުނެފި އެވެ.
އެލިއާ އިން ބުނީ އިމާރާތްކުރުމުގެ ދާއިރާގެ ގިނަ ފަންނީ މާހިރުންނާއި ކުންފުނިތަކުން ބައިވެރިވާ މި އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލުން އެލިއާ ސްޓޯރާއި އެލިއާ ސޯމިލުން ފޯރުކޮށްދޭ މުހިންމު ސާމާނުތައް އެއްފުރާޅެއްގެ ދަށުން ބަލައިލެވޭނެ ކަމަށެވެ.
މި ފަހަރުގެ އެކްސްޕޯގައި އެލިއާގެ ސްޓޯލުން އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ރާއްޖޭގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޓޯޓަލް ޓޫލްސްގެ އުފެއްދުންތަކަށެވެ. އެލިއާއަކީ ރާއްޖޭގައި ޓޯޓަލް ޓޫލްސްގެ ރަސްމީ އެޖެންޓެވެ.
ޓޯޓަލް ޓޫލްސް ބްރޭންޑަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނާއި އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދާ ފަރާތްތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަގުހެޔޮ އަދި އެހާމެ ފެންވަރު ރަނގަޅު ބްރޭންޑެކެވެ.
ބިލްޑް އެކްސްޕޯގައި އެލިއާ ސޯމިލްގެ ފަރާތުން ފެންވަރު ރަނގަޅު ލަކުޑީގެ ބާވަތްތައް ވެސް ވަނީ ޝޯކޭސް ކޮށްފަ އެވެ.
އެލިއާ އިން ބުުނީ އެ ކުންފުނިން ބޮޑެތި މަޝްރޫއުތަކަށާއި އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ވަރުގަދަ ލަކުޑީގެ ބާވަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯގެ ޒަރީއާއިން ކަސްޓަމަރުންނަށް ބޭނުންވާ ލަކުޑީގެ މައުލޫމާތާއި އެންމެ އެކަށީގެންވާ ބާވަތްތައް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެލިއާ އިން ބުންޏެވެ.
ފެންވަރު ރަނގަޅު މެޝިނަރީ އާއި ކަރަންޓު ސާމާނާއި އިމާރާތްކުރުމަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ފޯރުކޮށްދިނުމުގައި އެލިއާ އިން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށާއި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި 60 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ދެމުން އަންނަ އެލިއާއަކީ ލަކުޑި އާއި ހާޑްވެއާގެ ކުޑަ ވިޔަފާރިއަކުން ފެށި ކުންފުންޏެކެވެ. އެ ކުންފުނި އަންނަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ބިލްޑް އެކްސްޕޯ ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 ޖެހުމާ ހައަކަށެވެ. މި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް އެލިއާގެ ސްޓޯލުން އާ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އިމާރާތް ކުރުމުގެ ދާއިރާގައި ހުރި އެންމެ ފަހުގެ ވަސީލަތްތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ.