މާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކް ކަމަށްވާ ޓީޓީއެޗް ކްލިނިކަށް އެ ހޮސްޕިޓަލުގެ އެންޑޯކްރޮނޮލޮޖީ ހިދުމަތްތައް ތައާރަފްކޮށްފި އެވެ. 

އެންޑޯކްރޮނޮލޮޖީއަކީ އެންޑޯކްރީން ސިސްޓަމުގައި ހިމެނޭ ހޯމޯން އުފައްދާ ގްލޭންޑުތަކާއި ގުނަވަންތަކާއި ގުޅުންހުރި އެކި ބަލިތަކުގެ ފަރުވާއަށް ހާއްސަ ދާއިރާއެވެ. އެއީ ހަކުރު ބައްޔާއި ތައިރޮއިޑް އާއި ހޯމޯން އިމްބެލެންސްތަކަށް ފަރުވާދޭ ދާއިރާ އެވެ. 

ޓްރީޓޮޕްއިން ބުނީ އެ ކްލިނިކަށް އެންޑޯކްރޮނޮލޮޖީގެ ޑައިގްނޯސްޓިކް އާއި ފަރުވާތައް ތައާރަފްކުރީ މާލޭގައި އެފަދަ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި އެ އެތަނުން އެންޑޯކްރޮނޮލޮޖީގެ ދާއިރާއިން ޑައިގްނޯސްޓިކް އާއި ޓްރީޓްމަންޓުތައް ދޭ ބަލިތަކުގެ ތެރޭގައި ހިމެނެނީ: 

  • ހަކުރު ބައްޔާއި މެޓަބޮލިޒަމް: އޭގެ ތެރޭގައި ޓައިޕް 1 އަދި ޓައިޕް 2 އަދި ޖޭސްޓޭޝަނަލް ހަކުރު ބަލި ހިމެނެ އެވެ. 
  • ތައިރޮއިޑް ޑިސްއޯޑާސް: އޭގެ ތެރޭގައި ހައިޕާތައިރޮއިޑިޒަމް އާއި ހައިޕޯތައިރޮއިޑިޒަމް ހިމެނެ އެވެ. 
  • ހޯމޯނަލް އިމްބެލެންސަސް: އޭގެ ތެރޭގައި ޕީސީއޯއެސް، ޓެސްޓޯސްޓަރޯން ދަށްވުން އަދި އެޑްރެނަލް ގްލޭންޑުގެ މައްސަލަތައް ހިމެނެ އެވެ. 
  • ކަށީގެ ދުޅަހެޔޮކަމާއި ގުޅޭ މައްސަލަތައް: އޭގެ ތެރޭގައި އޮސްޓިއޯޕޮރޯސިސް އާއި ކެލްޝިއަމް މެޓަބޮލިޒަމް ޑިސްއޯޑާތައް ހިމެނެ އެވެ. 
  • ހެދިބޮޑުވުމާއި ޑިވަލޮޕްމަންޓާއި ގުޅޭ މައްސަލަތައް: އޭގެ ތެރޭގައި ގްރޯތު ހޯމޯން އާއި ޕުޓިއުޓަރީ ފަންކްޝަންތަކާއި ގުޅޭ މައްސަލަތައް ހިމެނެ އެވެ. 

ޓްރީޓޮޕްއިން ބުނީ އެ ހޮސްޕިޓަލުން އެންޑޯކްރޮނޮލޮޖީ ބަލިތަކުގެ ފަރުވާ ދިނުމުގައި އެ ބައްޔަކާ ގުޅޭ ސްޕެޝަލިސްޓުންގެ އެކި ޑޮކްޓަރުންގެ ޓީމެއް ހިމެނޭ ކަމަށެވެ. އެގޮތުން އެ ބައްޔަކާ ގުޅިގެން ނިއުޓްރިޝަނުންނާއި ގައިނޮކޮލޮޖީ ނުވަތަ ޑާމަޓޮލަޖީ ފަދަ ބައްޔަކަށް ފަރުވާ ބޭނުންވާނަމަ، ފަރުވާ ޕްލޭން ހެދުމުގައި އެ ޑޮކްޓަރުންގެ އިރުޝާދު ހޯދާނެ އެވެ. 

ޓްރީޓޮޕްއިން ބުނީ އެ ހޮސްޕިޓަލުން ހަކުރު ބަލި މެނޭޖް ކުރުމާއި ޕީސީއޯއެސް ފަރުވާއަށް ހާއްސަ ޕްރޮގްރާމްތަކެއް ހަދާފައިވާ ކަމަށާއި އަދި ކޮންމެ ޕޭޝަންޓަކަށް ވެސް އެ ޕޭޝަންޓަކަށް ހާއްސަކޮށް ޕާސަނަލައިޒްކޮށްފައިވާ ކެއާ ޕްލޭނެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ކްލިނިކުގައި އެންޑޯކްރޮނޮލޮޖީގެ ސުޕަ ސްޕެޝަލިސްޓް ޑރ. ޕަންކާޖް ޓިވާޓްރީއަށް ދެއްކުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އެ ޑޮކްޓަރު ބައްލަވާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށެވެ.