ކޮންމެ އަހަރެއްގެ ރޯދަ މަހު ދިރާގުން ބާއްވާ "ގުޑި ފެސްޓް"ގެ މިއަހަރުގެ ފުރަތަމަ ހަރަކާތް އަންނަ ހުކުރު ދުވަހު ބާއްވަން ދިރާގުން ނިންމައިފި އެވެ.
މި ހަރަކާތް ބޭއްވުމަށް ދިރާގުން ނިންމާފައި ގިނަ ބަޔަކު މާލޭގައި ގުޑިއަރުވަން ދާ އުސްފަސްގަނޑުގަ އެވެ.
ދިރާގު "ގުޑި ފެސްޓް" ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު 5 އިން 6 އަށެވެ. އެ ހަރަކާތުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި އެ ހަރަކާތުގެ ބައިވެރިންނަށް ދިރާގުން ގުޑި ހަދިޔާކުރާނެ އެވެ.
"ގުޑި ފެސްޓް" އަކީ ރޯދަ މަހު ރާއްޖޭގައި އޮންނަ ގުޑި އެރުވުމުގެ ޒަމާންވީ އާދަ ދިރުވުމުގެ ގޮތުން ދިރާގުން 2023 ވަނަ އަހަރު ފެށި ހަރަކާތެކެވެ. އެ ހަރަކާތުގެ ދަށުން އެކުންފުނިން ކޮންމެ އަހަރަކު ވެސް މާލޭގެ އިތުރުން އެކި ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދެ އެވެ. މި އަހަރު ވެސް އެ ހަރަކާތް އެކި ރަށްރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ރޯދަ މަހަށް ހާއްސަކޮށް މިފަދަ ތަފާތު އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ރޯދައަށް ހާއްސަ އެކި އޮފާތަކާއި ރޯދަ މަހު ސަދަގާތްކުރުމަށް ބާރުއަޅައި، އެކަކު އަނެކަކަށް އެހީވުމުގެ ސަގާފަތް ދިރުވުމުގެ ގޮތުން ދިރާގު ޕޭ މެދުވެރިކޮށް ޑޮނޭޓުކުރެވޭނެ އެކި ހަރަކާތްތައް ވެސް ދަނީ ހިންގަމުންނެވެ.