ސަރުކާރުގެ ޓީބިލާއި ޓީ ބޮންޑުތަކުގައި ބީއެމްއެލް އިން އިންވެސްޓްކޮށްފައިވާ އަދަދު 15.4 ބިލިއަން ރުފިޔާއަށް އަަރައިފި އެވެ.
ބީއެމްއެލް އަހަރީ ރިޕޯޓުގައިވާ ގޮތުން އެއީ 2024 ވަނަ އަހަރަށްވުރެ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބީއެމްއެލް އިން 2024 ވަނަ އަހަރު ވަނީ ސަރުކާރުން އިޝޫކުރި 13.2 ބިލިއަން ރުފިޔާގައި އިންވެސްޓްކޮށްފަ އެވެ.
ސަރުކާރުގެ ޓީބިލްގެ އިތުރުން ރިވާސް ރީޕާޗޭސް އާއި ކޯޕަރޭޓް ބޮންޑާއި ވަކާލާ އިންވެސްޓްމެންޓްތަކުގައި ޖުމްލަ 20 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އެއީ 2024 ވަނަ އަހަރަށް ވުރެ ހަ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 56 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ 100 ބިލިއަން ރުފިޔާ ޑޮމެސްޓިކް މާކެޓުގައި އިންވެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން 90 ބިލިއަން ރުފިޔާއަކީ ޓީބިލްގެ އިންވެސްޓްމެންޓެވެ.