އެލައިޑް އިންޝުއަރެންސުން އެ ކުންފުނީގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަކޮށް އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕެއިނެއް ފަށައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖް، އެލައިޑް.އެމްވީ އަށް ފޮލޯކޮށް، އެ ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ހަ އެކުވެރިން ޓެގްކޮށް، އަމިއްލަ އެކައުންޓްގެ ސްޓޯރީގައި އެ ޕޯސްޓު ޝެއާ ކޮށްގެންނެވެ.
ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު ހަ މީހަކު ޓެގްކުރަން ޖެހޭނެ އެވެ. އަދި ގިނައިން ކޮމެންޓު ކުރި ވަރަކަށް ގުރުއަތަށް ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެލައިޑުން ބުންޏެވެ.
މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅޭ މީހުން ސްޓޯރީއަށް ޕޯސްޓް ކުރުމަށް ފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުވުމުން ބައިވެރިވެވޭނެ އެވެ.