ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް، ދިރާގު 3X3 ޗެލެންޖް ފޯރިއާ އެކު ނިންމައިލައިފި އެވެ.
މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގަ އެވެ. ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީން އިންތިޒާމް ކުރި މި މުބާރާތުގެ ބޭނުމަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
ބޮޑު ތަރުހީބެއް ލިބުނު މި މުބާރާތުގައި މިއަހަރު 112 ޓީމަކުން ޖުމްލަ 448 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.
މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:
އަންހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސްވިޝް
- 10 އަހަރުން ދަށް: ބްލޫ ޕެންތާސް
- 12 އަހަރުން ދަށް: ވޮރިއާސް
- 14 އަހަރުން ދަށް: ދި ލޭކާސް
- 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
- 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
ފިރިހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސުޕަ ސްޓްރައިކާސް
- 10 އަހަރުން ދަށް: ހޮޓްވީލާސް
- 12 އަހަރުން ދަށް: ސިލްވާ ބްލޭޒާ
- 14 އަހަރުން ދަށް: އާޗާސް ބީސީ
- 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް
- 18 އަހަރުން ދަށް: ލޭޒާ
އަންހެން ޑިވިޝަން
- އަންހެން އޯޕަން: ސެސަމޭ
- ޕޭރަންޓްސް: އަންރޭންކްޑް
ފިރިހެން ޑިވިޝަން
- ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗާސް
- ފިރިހެން ޑިވިޝަން 2: ލައްޓި
- ޕޭރަންޓްސް: ބޯލް ބަޑީސް
ދިރާގަކީ ބާސްކެޓް ބޯޅަ ފަދަ އެކި ކުޅިވަރުތައް ތަރައްގީކުރުމުގައި އެކި ފަރާތްތަކާއި އެކު މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.