ދިރާގުން ރޯދަ މަހަށް ހާއްސަކޮށް ހިންގާ ޕްރޮމޯޝަންތަކުގެ ދަށުން ކޮންމެ ރެއެއްގެ ވެސް ތަރާވިސް ދަމުގެ ވަގުތުގައި އަންލިމިޓެޑް ޑޭޓާ ތައާރަފްކޮށްފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 9 އިން ފެށިގެން މެންދަމު 1 ޖަހަންދެން ހާއްސަ އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބޭނެ އެވެ. އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު އެ ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.

އެ އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް 35ރ. އަށް އެއް ދުވަހުގެ މުއްދަތަށް އަދި 199ރ. އަށް 28 ދުވަހުގެ މުއްދަތަށް އެ އެޑް އޮން ހިޔާރު ކުރެވޭނެ އެވެ. އެ އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ ރަމަޟާން ބެނާ ސިލެކްޓް ކުރުމުން އޮފާ އާއި ރޯދަ މަހަށް ހާއްސަ އެކި އޮފާތައް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. 

ދިރާގުން ރޯދަ މަހަށް ހާއްސަކޮށް މިފަދަ ގިނަ އޮފާތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.