ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ހަމަޖައްސައި، އެލީޓް ކްލަބް މެމްބަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ތައާރަފްކޮށްފި އެވެ.
މި ޕާޓްނަޝިޕްގެ ދަށުން، ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތައް ލިބޭ ހިދުމަތްތަކުގެ ތެރޭގައި، އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ ހިމެނެ އެވެ. އަދި ބީޗް ޑިނާ، ބީޗް ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ، ގްރިލް ހަޓްގެ އިތުރުން 'އެކްސްޕްލޯ ވަށްމާފުށި' ހަރަކާތްތައް ވެސް ހިމެނެ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ހިދުމަތްތަކުން ފަސް ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.
މި ޑިސްކައުންޓުތައް ހޯދުމަށް ވަށްމާފުށިން ބުކިން ހައްދާއިރު، ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދެއްކުމަށް މި ޑިސްކައުންޓްތައް ލިބޭނެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް އެކުންފުނިން ބުންޏެވެ. އަދި ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންކަން ވެސް އެކުންފުނިން ފާހަގަކުރެ އެވެ.