ދިރާގުން އަޟްހާ އީދަށް ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން 'ބޮޑުމަސް ބޭނުން'ގެ ނަމުގައި މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ގޭމެއް ދިރާގުއެޕަށް ވަނީ ތައާރަފުކޮށްފަ އެވެ. މި ގޭމުގައި ބައިވެރިވެގެން، ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
މި ގޭމުގައި ބައިވެރިވެވޭނީ، ދިރާގު އެޕްގައިވާ 'ބޮޑުމަސް' ބެނާއަށް ވަދެގެންނެވެ. މި ގޭމުގައި ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެންނަން ހުންނާނެ އެވެ. އަދި މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު އަދި އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތާއި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ ޓިކެޓް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖާ، މާކޮމްސް އެންޑް ޕީއާރް، ޒީން މުހައްމަދު ވިދާޅުވީ ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފޯރިގަދަ އެއް ހަރަކާތް، 'ބޮޑުމަސް ބޭނުން' ރަމްޒުކޮށްދޭ ގޮތަށް ތައާރަފްކުރި ޑިޖިޓަލް އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުވުން ކަމަށެވެ.
ދިރާގުގެ 'ބޮޑު މަސް ބޭނުން' ގޭމުގެ އިތުރުން ދިިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި 'އީދު ޑޭޓާ ކޮމްބޯ' އާއި 'އީދު ބޯނަސް ޑޭޓާ' ހިމެނެ އެވެ. 'އީދު ޑޭޓާ ކޮމްބޯ' އަކީ ޕްރިޕެއިޑް ކަސްޓަމަރުންނަށް 45ޖީބީ ޑޭޓާ، ހިލޭ ދިރާގު ކޯލްތަކާއި އިތުރު ފައިދާތައް ލިބޭ ގޮތަށް 650ރ. އަށް ލިބޭ 28 ދުވަހުގެ ޕެކޭޖެކެވެ. 'އީދު ބޯނަސް ޑޭޓާ' އަކީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އެޑް-އޯންތަކާއެކު 25 ޕަސެންޓު އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބޭ އޮފާއެކެވެ.
މި ޕެކޭޖުތަކާއި ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ. ދިރާގުން ދަނީ މިފަދަ އެކި ޕްރޮމޯޝަންތައް އެކި މުނާސަބަތުތަކަށް ހާއްސަކޮށް ތައާރަފްކުރަމުންނެވެ.